ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) ރޭ ވަނީ އަވަހާރަވެފަ.

ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) ރޭ ވަނީ އަވަހާރަވެފަ.

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) ރޭ އަވަހާރަވުމާ ގުޅިގެން މަޖިލީހުގައި މިއަދު އެއް މިނެޓުގެ ސުކޫތެއް ގެނެސްފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޒާހިރަކީ ގިނަ އަހަރުތަކެއް ވަންދެން މަޖިލީހަށް ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

މިގޮތުން، ގދ. އަތޮޅު މެމްބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން، ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ކަން އީވާ ފާހަގަކުރެއްވި އެވެ. އެއާއެކު ޒާހިރުގެ ހަނދާނުގައި މެމްބަރުން ވަނީ ކޮޅަށް ތެދުވެވަޑައިގެން އެއް މިނެއްޓުގެ ސުކޫތެއް ގެނެސްފަ އެވެ.

އެނގިފައިވާ ގޮތުގައި ޒާހިރު ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ މިދިޔަ އަންގާރަ ދުވަހެވެ. ޖެހިގެން އައި ދުވަހު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ޒާހިރަށް ފަރުވާ ދިނެވެ. އިއްޔެ ގެއަށް ބަދަލުވެވަޑައިގަތް އިރު، ބަލިން މުޅިން ފަސޭހައެއް ނުވެ އެވެ.

ބަލީގައި ހައި ރިސްކް ޒާހިރު ކޮވިޑަށް ނެގެޓިވް ނުވަނީސް ގެއަށް ދޫކޮށްލި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އުމުރުން ދުވަސްވެފައިވާ ޒާހިރަކީ ހަކުރު ބަލި އަދި ކިޑްނީގެ އޮޕަރޭޝަނެއް ކުރައްވާފައި ހުންނެވި ބަލީގައި ބޮޑުވަރުވާ ކެޓަގަރީގެ ބޭފުޅެއް ކަމަށް "އަދަދު"އާ މައުލޫމާތު ހިއްސާކުރެއްވި ބޭފުޅާ ވިދާޅުވި އެވެ. އެކަމަކު ޕޮޒިޓިވްވެ ފަރުވާ އަށް ހޮސްޕިޓަލަށް ވަޑައިގަތްއިރު ބަލީގެ އެއްވެސް އަލާމާތެއް އަދި އުނދަގުލެއް ވެސް ކުރިމަތިނުވާ ކަމަށް ވެ އެވެ.

ހޮސްޕިޓަލުން ގެއަށް ވަޑައިގަތުމަށް ފަހު ހާލު ސީރިއަސްވީ މިރޭ ކުއްލި ގޮތަށެވެ. އަލުން ހޮސްޕިޓަލަށް ގެންދިޔައީ 10 ޖަހަން އުޅެނިކޮށެވެ.

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީ ޓިކެޓުގައި ޒާހިރު އިންތިހާބުވެވަޑައިގަތުމަށް ފަހު، 2010 ގައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެ ދައުރު ނިންމަވައި އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަށް ފަހު ނަން އަނބުރާ ގެންދެވީ އެވެ.

މަޖިލިސް މެމްބަރުކަމަށް ފަހު މިހާތަނަށް އުޅުއްވީ އަމިއްލަ ވިޔަފާރީގަ އެވެ. ސިޔާސީ ކަންކަމުގައި ހަރަކާތްތެރިކޮށް ނޫޅުއްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވަނީ ޒާހިރުގެ ދަރިކަލުން އަހްމަދު ޒާހިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox