ސްޕެއިނުގެ ލެޖެންޑް ވިޔާ އިންޑިއާ ފުޓްބޯޅަ ކްލަބެއްގެ އިސް މަގާމަކަށް

May 18, 2021, 5:06 AM
2020 ވިސެލް ކޯބޭގެ މެޗެއްގެ ތެރެއިން ވިޔާ.-- ފޮޓޯ: އޭއެފްޕީ

2020 ވިސެލް ކޯބޭގެ މެޗެއްގެ ތެރެއިން ވިޔާ.-- ފޮޓޯ: އޭއެފްޕީ

ބުބަނޭޝްވަރު، އިންޑިއާ (މެއި 18) - އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ ކްލަބް އޮޑިޝާ އެފްސީގެ ހެޑް އޮފް ގްލޯބަލް ފުޓްބޯލް އޮޕަރޭޝަންސްގެ ގޮތުގައި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ވިޔާ ހަަމަޖައްސާފައިވާއިރު، ކްލަބްގެ ހިންގާ ކޮމިޓީގެ އެޑްވައިޒަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަން ފަށައިފި އެވެ.

މީގެ ދެ އަހަރު ކުރިން ފުޓްބޯޅައިން ރިޓަޔާކުރި ކުރީގެ މަޝްހޫރު ފޯވާޑް ވިޔާ، އޮޑިޝާ އެފްސީގެ މަގާމަށް ހަމަޖެއްސީ މި މަހުގެ ކުރީކޮޅުގަ އެވެ. އައިއެސްއެލްގެ އެންމެ ފަހު ސީޒަނުގައި އޮޑިޝާ ނިންމާލީ ލީގުގެ އެންމެ ފުލުގައި އޮވެ އެވެ. އެހެންވެ އެ ކްލަބްގެ ހިންގުމުގެ މޮޑެލް ބަދަލުކުރަން އެ ޓީމުން މަސައްކަތް ފެށީ އެވެ. ފުރަތަމަ ކަމަކަށް މަޝްހޫރު ފަރާތަކާ ގުޅިގެން ޑިވެލޮޕްމަންޓް މަސައްކަތްކުރަން ނިންމައި ވިޔާއާ ގުޅުން ބަދަހިކޮށް އޭނާ އިސް މަގާމަކަށް ހަމަޖެއްސީ އެވެ.

ވިޔާ ބުނީ އޭނާ ފުޓްބޯޅައިގެ މަތީ ފަންތީގައި 20 އަހަރު ހޭދަކުރިއިރު، އޭގެއިން ލިބުނު ތަޖުރިބާގެ އެހީގައި އޮޑިޝާ އަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދޭން ބޭނުންވާ ކަމަށެވެ.

"އަހަރެން އިންޑިއާގައި ނުކުޅެން. އެކަމަކު ޕްރޮފެޝަނަލް ފުޓްބޯޅައިގައި 20 ވަރަކަށް އަހަރު ކުޅެފައި ވަރަށް ގިނަ ކަންކަން ހާސިލްކުރިން. އެކެޑަމީ ލެވަލްގައި ގިނަ ކަންކަން ދަސްކުރިން. އަހަރެންގެ މި ހުރި ތަޖުރިބާގެ އެހީގައި އޮޑިޝާ އަށް އެހީވެދޭނަން،" ސްޕެއިނަށް ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުގައި މުހިއްމު ދައުރެއް އަދާކުރި ވިޔާ ބުންޏެވެ.

ސްޕެއިންގެ މެޗެއްގެ ތެެރެއިން ލަނޑު ޖެހުމަށް ފަހު ވިޔާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރިޕޯޓްތައް ބުނާގޮތުން އޮޑިޝާ އިން ޒުވާން ކުޅުންތެރިން ޑިވެލޮޕްކުރުން ކުރިއަށްގެންދާނީ ވިޔާގެ ޑީވީ7 (ޑޭވިޑްވިޔާސެވަން) ގްރޫޕް މެދުވެރިކޮށެވެ. އަދި އޮޑިޝާ އަށް ބިދޭސީ ކުޅުންތެރިން ރެކްރޫޓްކުރުމުގައި ދެން ވިޔާގެ އެހީ ވަރަށް ބޮޑަށް ހޯދާނެ އެވެ. އޭޖެންޓުންނާ މަަޝްވަރާކުރާއިރު މެދުވެރިއެއްގެ ރޯލު އަދާކުރާނީ ވިޔާ އެވެ.

އޮޑިޝާގެ ސީއީއޯ ރޯހަން ޝަރްމާ ބުނީ ޑީވީ7 ގްރޫޕާ އެކު މި ގާއިމްކުރެވުނު ގުޅުމަކީ ހަަމައެކަނި އޮޑިޝާ އަށް ފައިދާކުރާނެ ކަމެއް ނޫން ކަމަށެވެ. މީގެ ސަބަބުން އިންޑިއާ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ވެސް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ރޯހަން ގަބޫލުކުރެ އެވެ.

އުމުރުން 39 އަހަރުގެ ވިޔާ އަންނަނީ އެމެރިކާގައި އޭނާ އިންވެސްޓްކުރާ ޓީމެއްގެ މަސައްކަތް ކުރަމުންނެވެ. ކުއީންސްބޮރޯ އެފްސީގެ ނަމުގައި ފަށާ އެ ޓީމު އަންނަ އަހަރު އެމެރިކާ ލީގުގައި ވާދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުއީންސްބޮރޯގެ މެޖޯރިޓީ ހިއްސާދާރަކީ ވިޔާގެ ޑީވީ7 ގްރޫޕެވެ.

ސްޕެއިން ގައުމީ ޓީމަށް 98 މެޗު ކުޅެދީފައިވާ ވިޔާ އަކީ 59 ގޯލާ އެކު އެ ގައުމުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ސްޕެއިނުގެ ރަން ޖީލުން 2008 އިން 2012 އަށް ދުނިޔޭގެ ފުޓްބޯޅައިގައި ހޯދި ބޮޑެތި ކާމިޔާބީތަކުގައި ވިޔާގެ ދައުރު ބޮޑެވެ.

ސްޕޯޓިން ގިޔޯން އިން 2000 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި ވިޔާ ދެން ބަދަލުވީ ޒަރަގޯޒާ އަށެވެ. އޭނާ ގިނަ ބަޔަކަށް ފާހަގަވާން ފެށީ 2005 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވެ ދައްކަން ފެށި ކުޅުމުގެ ސަބަބުންނެވެ. އެ އަށް ފަހު ބާސެލޯނާ އަށް ބަދަލުވެ އެ ޓީމުގައި ތިން ސީޒަން ހޭދަކޮށް ފަހުން ވިޔާ ފެނުނީ އެތުލެޓިކޯ މެޑްރިޑުންނެވެ. އޭގެ ފަހުން އެމެރިކާ ލީގު (އެމްއެލްއެސް)ގެ ނިއުޔޯކް ސިޓީ އާއި އޮސްޓްރޭލިއާގެ މެލްބަން ސިޓީ އަށް ކުޅުނެވެ. ވިޔާ ރިޓަޔާ ކުރުމުގެ ކުރިން އެންމެ ފަހުން ކުޅުނީ ޖަޕާނުގެ ވިސެލް ކޯބޭ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox