ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އަވަހާރަވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) މިރޭ އަވަހާރަވެއްޖެ އެވެ.

ޒާހިރު އަވަހާރަވެއްޖެ ކަން އާއިލާގެ މެމްބަރަކު "އަދަދު"އަށް ކަށަވަރު ކޮށްދެއްވި އެވެ.

އެނގިފައިވާ ގޮތުގައި ޒާހިރު ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ މިދިޔަ އަންގާރަ ދުވަހެވެ. ޖެހިގެން އައި ދުވަހު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ޒާހިރަށް ފަރުވާ ދިނެވެ. އިއްޔެ ގެއަށް ބަދަލުވެވަޑައިގަތް އިރު، ބަލިން މުޅިން ފަސޭހައެއް ނުވެ އެވެ.

ބަލީގައި ހައި ރިސްކް ޒާހިރު ކޮވިޑަށް ނެގެޓިވް ނުވަނީސް ގެއަށް ދޫކޮށްލި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އުމުރުން ދުވަސްވެފައިވާ ޒާހިރަކީ ހަކުރު ބަލި އަދި ކިޑްނީގެ އޮޕަރޭޝަނެއް ކުރައްވާފައި ހުންނެވި ބަލީގައި ބޮޑުވަރުވާ ކެޓަގަރީގެ ބޭފުޅެއް ކަމަށް "އަދަދު"އާ މައުލޫމާތު ހިއްސާކުރެއްވި ބޭފުޅާ ވިދާޅުވި އެވެ. އެކަމަކު ޕޮޒިޓިވްވެ ފަރުވާ އަށް ހޮސްޕިޓަލަށް ވަޑައިގަތްއިރު ބަލީގެ އެއްވެސް އަލާމާތެއް އަދި އުނދަގުލެއް ވެސް ކުރިމަތިނުވާ ކަމަށް ވެ އެވެ.

ހޮސްޕިޓަލުން ގެއަށް ވަޑައިގަތުމަށް ފަހު ހާލު ސީރިއަސްވީ މިރޭ ކުއްލި ގޮތަށެވެ. އަލުން ހޮސްޕިޓަލަށް ގެންދިޔައީ 10 ޖަހަން އުޅެނިކޮށެވެ.

ޒާހިރު ފުރުއްވި މަގާމްތައް:

2009-2005 އަށް ގދ. އަތޮޅު މެމްބަރުކަން

2008-2005 އަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން

2014-2009 އަށް ގައްދޫ ދާއިރާގެ މެމްބަރުކަން

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީ ޓިކެޓުގައި ޒާހިރު އިންތިހާބުވެވަޑައިގަތުމަށް ފަހު، 2010 ގައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެ ދައުރު ނިންމަވައި އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަށް ފަހު ނަން އަނބުރާ ގެންދެވީ އެވެ.

މަޖިލިސް މެމްބަރުކަމަށް ފަހު މިހާތަނަށް އުޅުއްވީ އަމިއްލަ ވިޔަފާރީގަ އެވެ. ސިޔާސީ ކަންކަމުގައި ހަރަކާތްތެރިކޮށް ނޫޅުއްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވަނީ ޒާހިރުގެ ދަރިކަލުން އަހްމަދު ޒާހިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox