ރޮނާލްޑޯ ސްޕޯޓިން އަށް ގެންދަން އޭނާގެ މަންމަ ބޭނުން

May 14, 2021, 5:03 PM
ރޮނާލްޑޯ (މ) އޭނާގެ މަންމަ ޑޮލޯރޭސް (ކ) އާއި ލޯބިވެރިޔާ ޖިއޮޖީނިއާއާ އެކު.

ރޮނާލްޑޯ (މ) އޭނާގެ މަންމަ ޑޮލޯރޭސް (ކ) އާއި ލޯބިވެރިޔާ ޖިއޮޖީނިއާއާ އެކު.

ލިޒްބަން (މެއި 14) - މި ސީޒަން ނިމުމުން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން އޭނާގެ ކުރީގެ ކްލަބް ސްޕޯޓިން ލިޒްބަން އަށް ގެންދަން އޭނާގެ މަންމަ ޑޮލޯރޭސް އަވިއޭރޯ މަސައްކަތް ކުރާނެ ކަމަށް އެވެ.

ރޮނާލްޑޯ އޭނާގެ ސީނިއާ ކެރިއަރު ފެށީ ސްޕޯޓިން އިންނެވެ. އުމުރުން 12 އަހަރުގައި ސްޕޯޓިން ޔޫތު ޓީމާ ގުޅުނު ރޮނާލްޑޯގެ އުމުރުން 16 އަހަރުގައި ވަނީ ސީނިއާ ޓީމަަށް ޕްރޮމޯޓް ކޮށްފަ އެވެ. ރޮނާލްޑޯ އަކީ 2001 ވަނަ އަހަރު ސްޕޯޓިންގެ 16، 17، 18 އަހަރުން ދަށުގެ ޓީމުތަކުގެ އިތުރުން ސްޕޯޓިން ބީ ޓީމު އަދި ސީނިއާ ޓީމުގެ އެކި މެޗުތަކުގައި ކުޅެމުން އައި ކުޅުންތެރިއެކެވެ. މިއީ ޕޯޗުގަލްގެ ތާރީހުގައި ވެސް އެއް ކުޅުންތެރިއަކު ހުރިހާ ލެވަލެއްގައި އެއް ސީޒަނެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ސީނިއާ ޓީމަށް ގަވާއިދުން ކުޅެމުން އަންނަނިކޮށް 2003 ވަނަ އަހަރު ރޮނާލްޑޯ އަށް މެންޗެސްޓާ ޔުނައިޓެޑްގެ ހުށަހެޅުމެއް ލިބި އޭނާ އެ ޓީމަށް ބަދަލުވީ 12.24 މިލިއަން ޕައުންޑަށެވެ. މިއީ އޭރު ޒުވާން ކުޅުންތެރިއަކަށް ޕްރިމިއާ ލީގު ޓީމަކުން ދިން އެންމެ ބޮޑު ފީ އެވެ.

ސްޕޯޓިންގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ

މި ސީޒަނަށް ފަހު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ޔުވެންޓަސްގެ ވައިސް ޗެއާމަން ޕަވެލް ނެޑްވެޑް ބުނީ ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވަނީ 2022 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ރޮނާލްޑޯ އަމަލުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނެޑްވެޑް ބުންޏެވެ.

ރޮނާލްޑޯގެ މަންމަ ޑޮލޯރޭސް ވަނީ ސްޕޯޓިން ސަޕޯޓަރުން ގާތުގައި ރޮނާލްޑޯ އެ ޓީމަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

"އަހަރެން އަލުން އޭނަ ގެންނަން (ސްޕޯޓިން އަށް ގެންނަން) ވާހަކަ ދައްކާނަން. އަންނަ އަހަރު އޭނަ (ރޮނާލްޑޯ) ކުޅޭނީ އަލްވަލާޑޭގައި (ސްޕޯޓިން ދަނޑުގައި)،" ސްޕޯޓިން އިން މި ފަަހަރުގެ ޕޯޗުގަލްގެ ޗެމްޕިއަންކަން ހޯދުމުން ބޭއްވި އުފާފާޅުކުރުމުގެ ޕެރޭޑެއްގައި ތިބި އެ ކްލަބްގެ ސަޕޯޓަރުންތަކަކާ ވާހަކަ ދައްކަމުން ޑޮލޯރޭސް ބުންޏެވެ.

މީގެ ކުރިން ރޮނާލްޑޯ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން ސްޕޯޓިން އަށް ކުޅެލުމުގެ ފުރުސަތު ލިބިއްޖެނަަމަ ބޭނުން ހިފާނެ ކަމަށް ބުނެފަ އެވެ. އެއީ ރެއާލަށް ކުޅެމުން 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗެއްގެ ކުރިންނެވެ.

ސްޕޯޓިން އިން ވަނީ 19 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕޯޗުގަލްގެ ޗެމްޕިއަންކަން މި ސީޒަނުގައި ހޯދައިފަ އެެވެ. މިއާ އެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ސްޕޯޓިން އަށް ފުރުސަތު ލިބޭނެ އެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބިއްޖެނަމަ ރޮނާލްޑޯ އެ ޓީމު ދޫކޮށްލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox