ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވެއްޖެނަމަ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ: ރިޕޯޓް

May 11, 2021, 5:58 PM
ޔުވެންޓަސްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ.--

ޔުވެންޓަސްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ.--

ޓިއުރިން (މެއި 11) - އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޔުވެންޓަސް ކޮލިފައި ނުވެއްޖެނަމަ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށްލާނެ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލީގުގެ ފަހު ތިން މެޗަށް ނުކުންނައިރު، ޔުވެންޓަސް މި ވަގުތު އޮތީ ފަސް ވަނައިގަ އެވެ. އިޓާލިއަން ލީގުން ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. ލީގު ޗެމްޕިއަންކަން ޔަގީންކޮށްފައިވާ އިންޓަ މިލާން އެއް ވަނައިގައި އޮތީ 35 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އާއި ތިން ވަނައިގައި އޮތް މިލާނަށް 35 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، އެޓަލަންޓާ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ނަޕޯލީ ހަަތަރެއްގައި އޮތީ 35 މެޗުން 70 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް 35 މެޗުން ވަނީ 69 ޕޮއިންޓް ލިބިފަ އެވެ.

ޔުވެންޓަސް އަށް ބާކީ އޮތް ތިން މެޗަކީ ރަށުންބޭރުގައި ލީގުގެ އަށް ވަނައިގައި އޮތް ސަސުއޯލޯ އާއި 12 ވަނައިގައި އޮތް ބޮލޯނިއާއާ ދެކޮޅަށް ކުޅޭ ދެ މެޗާއި އަމިއްލަ ދަނޑުގައި ޗެމްޕިއަން އިންޓައާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ ގަދަ ހަތަރަކަށް ވާދަކުރާ އެހެން ޓީމުތަކާ އަޅާކިޔާއިރު، އުނދަގޫ މެޗުތަކެކެވެ. އަމުދުން ޔުވެންޓަސްގެ ފޯމު ފަހަކަށް އައިސް އޮތްގޮތުން މި މެޗުތަކުގައި ނަތީޖާ ނެރުން ވާނީ އުނދަގޫ ކަމަކަށެވެ.

ޔުވެންޓަސްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ: ރޮނާލްޑޯ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑު.

މީގެ ތިން އަހަރު ކުރިން ރެއާލަށް 100 މިލިއަން ޔޫރޯ ދިނުމަށް ފަހު ޔުވެންޓަސް އިން ރޮނާލްޑޯ ގެނައި އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ރޮނާލްޑޯ ގުޅުނު ފަހުން ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފަހަނައަޅައި ދެވިފައިނުވެ އެވެ. ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖޫން މަހު އެވެ. ހަރަދުކުޑަ ކުރުމުގެ ގޮތުން މިދިޔަ ސީޒަނަށް ފަހު ވެސް ރޮނާލްޑޯ ދޫކޮށްލަން ޔުވެންޓަސް އިން މަސައްކަތްކުރި ކަމަށް މީޑިއާގައި ރިޕޯޓްކުރި އެވެ. އެކަމަކު ޔުވެންޓަސް އިން ފަހުން އެ ވާހަކަތައް ދޮގުކުރި އެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 36 އަހަރުގެ ރޮނާލްޑޯ މިހާރު ވިސްނައިގެން ހުރީ ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގައި ކުޅެން އަންނަ ސީޒަނުގައި ފުރުސަތު ނުލިބިއްޖެނަމަ އެހެން ޓީމަކާ ގުޅޭށެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ރޮނާލްޑޯ ބޭނުންވާނަމަ އޭނާ ދޫކޮށްލާނެ އެވެ. އެއީ ހަރަދު ސަލާމަތްކުރުމުގެ ގޮތުންނެވެ. ރޮނާލްޑޯ މި ވަގުތު ޔުވެންޓަސްގައި ހުރީ އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރަ އަކަށެވެ.

ރޮނާލްޑޯ، ޔުވެންޓަސް ދޫކޮށްލައިފިނަމަ އޭނާ ހޯދަން މަސައްކަތްކުރާނެ ކްލަބްތަކުގެ ތެރޭގައި ކުރިން އޭނާ ކުޅުނު މެންޗެސްޓާ ޔުނައިޓެޑާއި ރެއާލްގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ހިމެނެ އެވެ. ޕީއެސްޖީން ރޮނާލްޑޯ ގެންދާނެ ކަމަށް ބެލެވެނީ އެ ކްލަބަށް ކުޅޭ ކީލިއަން އެމްބާޕޭ ޓީމު ދޫކޮށްލައިފިނަމަ އެވެ.

މި ސީޒަނުގައި މިހާތަނަށް ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ކުޅެދިން 41 މެޗުން 34 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެެއިން 27 ގޯލަކީ ލީގުގައި ޖެހި ގޯލުތަކެވެ.

ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ވަނީ އެ ކްލަބަށް 99 ގޯލު ޖަހައިދީފަ އެވެ. ޔުވެންޓަސް އަށް އިތުރު އެއް ގޯލު ޖަހައިދިނުމާ އެކު ރޮނާލްޑޯ ވެގެންދާނީ ޔޫރަޕްގެ ވަރުގަދަ ތިން ލީގެއްގައި ތިން ކްލަަބަކަށް 100 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ރޮނާލްޑޯ ވަނީ ރެއާލަށް 450 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ އެންމެ ފުރަތަމަ ވިދާލި ޔުނައިޓެޑަށް 118 ގޯލު ކާމިޔާބުކޮށްދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox