މައުސޫމް އެތައް މީހެއްގެ އަބުރު ކަތިލައިފި، މާފަށް އެދޭ: އިދިކޮޅު

ޕީޕީއެމުން ބޭއްވި އެއްވުމެއްގެ ތެރެއިން: އިދިކޮޅުން ވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ހާމަ ކުރުން ކުށްވެރި ކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ޕީޕީއެމުން ބޭއްވި އެއްވުމެއްގެ ތެރެއިން: އިދިކޮޅުން ވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ހާމަ ކުރުން ކުށްވެރި ކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ނަންތައް ހާމަ ކުރިއިރު އޭގެ ތެރޭގައި މައުސޫމު އެތައް ބައެއް ހިމެނޭ ކަމަށް ބުނެ އެމީހުންގެ ފަރާތުން މާފަށް އެދުމަށް އިދިކޮޅު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީން އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓު ބުދަ ދުވަހު އާއްމުކޮށްފައިވާއިރު، އޭގައި އޭރުގެ ސަރުކާރު އަދި މިހާރު އިދިކޮޅުގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންގެ ނަން ހިމެނެ އެވެ.

އޭގެއިތުރުން ވެސް ގިނަ ބައެއްގެ ނަން ލިސްޓްގައި އޮތްވައި، ގިނަ މީހުންނާ ތަހުގީގުގައި ސުވާލުކޮށްފައެއް ނުވެ އެވެ. ލިސްޓް ހާމަކުރި ދުވަހު އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުގައި ނަން އޮތް އެންމެންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތަށް ތުހުމަތު ކުރެވޭ މީހުންގެ ގޮތުގައި ނުނިންމާ ކަމަށެވެ.

އެ ލިސްޓް އާއްމު ކުރުން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ހިޔާނާތުގެ މައްސަލަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަހުގީގު ކުރަން ފަށާފައިވަނިކޮށް އެމްޑީޕީން ވެރިކަމަށް އައިސް އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުންނާ ޑީލް ހަދައި އެ މީހުންގެ އަދަބު ލުއި ކޮށްދީފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ނަންތައް އުނިކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެސެޓް ރިކަވެރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށާއި އެ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދަކީ ވެސް ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ބަޔާނުގައި ތުހުމަތު ކޮށްފައިވެ އެވެ. އަދި އެ ކޮމިޝަނުން ކުރަމުން ދިޔައީ ސިޔާސީ މަސައްކަތް ކަމަށް ވެސް ބުންޏެވެ.

"އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް ދެ އަހަރާއި ބައި ވެގެން ދިޔައިރު އެ ކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައި ވާ ނަންތަކާ މެދު ވެސް ސުވާލު އުފެދޭ، އަދި ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެ ފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓް މަޖިލީހާއި ހިއްސާ ކުރުމުންވެސް އެ ލިސްޓު ތައްޔާރު ކުރި މަގުސަދު ވަރަށް ބޮޑަށް ހާމަވެގެން ދޭ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އެސެޓް ރިކަވެރީ ކޮމިޝަންގެ ލިސްޓްގައި 280 މީހުންގެ ނަން ހިމެނޭއިރު އެ ހިޔާނާތް ހިންގުމުގެ އަޑީގައި ތިބި މީހުންގެ ނަންތައް އެ ލިސްޓްގައި ނެތް ކަމަށެވެ. އަދި އޭސީސީގެ ލިސްޓާއި އެސެޓް ރިކަވެރީ ކޮމިޝަންގެ ލިސްޓް ދިމާނުވުމާއި ފަހުން އާއްމު ކުރި ލިސްޓުގައި ބައެއް ނަންތައް އުނިކޮށްފައިވާތީ ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޒިންމާދާރު ކުޑަކޮށް ބައެއްގެ އަބުރު ކަތިލާފައިވާ ކަމަށް ބުނެ އެކަން ވަނީ އިދިކޮޅުގެ ބަޔާނުގައި ކުށްވެރި ކޮށްފަ އެވެ.

"މި ހިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެ މީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަހުގީގުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެން ދޭ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އާއްމުކޮށް ޕާޓީތަކުން ހިންގާ ހަރަކާތްތަކަށާއި އިންތިހާބުތަކަށް ހަރަދު ކުރާ ފައިސާ އަކީ ޕާޓީއަށް ހެޔޮ އެދޭ މީހުން ދެމުން ގެންދާ ފައިސާ ކަމަށެވެ. އެގޮތުން ޕީޕީއެމަށް ވެސް ހެޔޮ އެދޭ މީހުންދޭ ފައިސާ އެގޮތަށް ބޭނުން ކުރަމުން އަންނަ ކަމަށް ބުންޏެވެ. އޭރުގެ ނައިބު ރައީސް އަހުމަދު އަދީބަކީ އޭރު ޕީޕީއެމަށް ފައިސާ ހޯދުމުގައި އިސްކޮށް ހުރި މީހާ ކަމަށްވާއިރު އޭނާ ހޯދި ފައިސާއަކީ ހިޔާނާތުގެ ފައިސާކަން އެ ޕާޓީއަށް ނޭނގޭ ކަމަށް ބަޔާނުގައިވެ އެވެ.

"އެސެޓް ރިކަވެރީ ކޮމިޝަންގެ ލިސްޓް ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވަނީ، ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދޭނެ ކަން ޔަގީން ވުމާއެކު، އެ ހިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ހިމާޔަތް ކުރުމަށްފަހުކަމާއި، އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާކަން ވެސް ފާހަގަ ކުރަން،" ބަޔާނުގައިވެ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ބައެއް މީހުން ވަނީ އެ މީހުންނަށް ޕީޕީއެމުން ފައިސާ ދިނީ ކެމްޕެއިނަށް ކަމަށާއި އެއީ ހިޔާނާތުގެ ފައިސާ ކަމެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

އެ ހިޔާނާތުގެ ތަހުގީގު ކުރުމަށް ޔާމީންގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތްތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަމާއެކު އިންސާފުވެރި ތަހުގީގެއް ހިންގުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox