އާޒިމަށް ކޮމެޓީގެ ނިންމުން ވެސް ޒިންމާދާރެއް ނޫން

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް: ވިދާޅުވީ ހިޔާނާތުގެ ދައުވާ އުފުލާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް-- ފޮޓޯ: ހުސައިން ޝަހާޔް

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް: ވިދާޅުވީ ހިޔާނާތުގެ ދައުވާ އުފުލާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް-- ފޮޓޯ: ހުސައިން ޝަހާޔް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ހުރިހާ މީހުން ވަކިކުރުމަށް އެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމާފައިވާއިރު އެ ކޮމެޓީގެ ނިންމުންތައް ވަރަށް ޒިންމާދާރުކަން ކުޑަ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އަލީ އާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓް ފާސްކޮށް މުޅި ލިސްޓް ބުދަ ދުވަހު ވަނީ އާއްމުކޮށްފަ އެވެ. އެ ލިސްޓުގައި އެމްޑީޕީގެ އިސް ސަފުގައި މަޖިލިސް ތަމްސީލު ކުރައްވާ ހަތަރު މެމްބަރުން ހިމެނެ އެވެ. އޭގެ ތެރެއިން އަލީ އާޒިމަށް އެއް މިލިއަން ރުފިޔާ ލިބުނު ކަމަށް އާއްމުވި ލިސްޓެއްގައިވެ އެވެ.

ލިސްޓުގައިވާ ގޮތުން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

"އަދަދު" ނޫހުން އިއްޔެ ފެށި "އެތެރެފުށް" ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން ޖެހުނީ އެސެޓް ރިކަވެރީ ކޮމިޝަނުން އެ ބޭފުޅުންގެ ޒިންމާ ރަނގަޅަށް އަދާ ނުކުރުމުން ކަމަށެވެ. ނަމަވެސް, މަޖިލީހުގެ ކޮމެޓީންވެސް ރަނގަޅު ޒިންމާދާރު މަސައްކަތެއް ކުރިތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ދެވަރެސް ވޭ އިނގޭތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން އިނދެގެން މިވާހަކަ ބުނަން. އެހެން ނަމަވެސް ޒިންމާދާރު މަސައްކަތެއް ކުރެވުނު ކަމަށް ވަނީނަމައެއް ދެން ހަމަ އެ ސިޓީ އެއައި ގޮތަކަށް ބޭރު ކުރުމުގެ ބޭނުމެއް ނެތްތާ،-- އާޒިމް

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ތަހުގީގުގެ ތެރެއަށް މަޖިލީހުން ވަދެ އެކަން އަވަސް ކުރަން ޖެހޭ ކަމަށެވެ. އެކަމުގައި މަޖިލީހުގެ މެމްބަރުންތަކަކަށް ތުހުމަތު ކުރެވުމާއި ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް ނުލިބި އޮތުމަކީ ބަލަން ޖެހޭ ކަމެއް ކަމަށް އަޒިމް ވިދާޅުވި އެވެ.

ނަމަވެސް, އާޒިމް ވިދާޅުވީ އެސެޓް ރިކަވެރީ ކޮމިޝަންގެ މަގުސަދަކަށް ވާންވާނީ ބަޔަކު ފަލީހަތް ކުރުން ނޫން ކަމަށެވެ.

"އަކަށީގެންވާ ރަނގަޅު މަގުސަދެއް އޮންނަން ވާނެ ކަމެއް ކޮށް ނިމޭއިރުގައި. އެސެޓް ރިކަވެރީ ކޮމިޝަންގެ މަގުސަދަކީ ދައުލަތަށް ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުން. މީހުން ފަލީހަތް ކުރުމެއް ވެސް ނޫން. މީހުންގެ ވާހަކަ ދެއްކުމެއް ވެސް ނޫން، މީހަކާ ދޭތެރޭ ޝައްކެއް އުފެއްދުމެއް ވެސް ނޫން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވެސް ވިދާޅުވީ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުންނާ ދޭތެރޭ އަވަސް ފިޔަވަޅުތަކެއް އެޅެން ޖެހޭ ކަމަށެވެ.

ތަހުގީގެއް ކުރެވި ޕްރޮސިކިއުޓް ކުރަން ފޮނުވޭވަރަށް ހެކި ހުރި ފަރާތްތައް އެބަ ޖެހޭ ދުރުގައި ތިބެން،-- އާޒިމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތްގުޅުމެއް އޮތްނަމަވެސް އެ ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox