"އީދު އައީ ހިނިތުންވަމުން...." އަސްތާ އެ އައީ އީދު!

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

ޝައްވާލުމަހުގެ ހަނދާ ބެހޭ ބަޔާން ޝޭހު އަހުމަދު ފާރޫގު މުހައްމަދަށް ރަނގަޅަށް އިއުލާންނުކުރެއްވެނީސް އެ ލަވަ އިވޭހެން ހީވާން ފަށާނެ އެވެ. ބަޔާން ނިމުމާ އެކު، އެ ލަވަ ޓީވީންނާއި ރޭޑިއޯ އިން ފޮނުވަމުން ފެށުމުން، އީދު އައީކަން ކަށަވަރުވީ އެވެ.

އެއީ 90 ގެ އަހަރުތަކުގެ މެދުތެރޭގައި ދިވެހިންގެ ހިތްތަކުގައި ހަރުލި ގޮތަށް، މި ޒަމާނުގެ ވަރުގަދަ އީދު ހަނދާނަކަށް ބަދަލުވެފައިވާ "އީދު އައީ ހިނިތުން ވަމުން" ލަވަ އެވެ. އަބްދުލްހަންނާން މޫސާ ދީދީ ވިދާޅުވެފައިވާ އެ ލަވައިގައި މިއުޒިކް ކޮޅު އިވުމާ އެކު، ސިފަވެގެންދަނީ ލަވައިގެ ފެށުމުގައި ބުނާ ފަދައިން ހިނިތުންވަމުން އީދު އަހަރެމެންނާ ބައްދަލުކުރާ ކުރުމެވެ. އެ ލަވައިގެ ވީޑިއޯގައި މާތައް ފޮޅޭ މަންޒަރާއި ހަވާ އަރުވާ މަންޒަރު ފެނުމުން ސިފަވެގެންދާނީ ލަވައިގައި ބުނާ ފަދައިން ޖައްވުގައި މީރު ވަސް ފަތުރައިލަމުން އީދު އަންނަ އައުމެވެ.

"ރީތިވިހާ ލަވަ ކިޔަމުން މާމަލުގައި ނަލަ ކުލަ ޖައްސަމުން" އެ ލަވަ ކޮންމެ އީދެއްގައި އަހަރެމެންނާ ބައްދަލުކުރާތާ މިހާރު ރިހިޔޫބީލްވީ އެވެ. އެކަމަކު އެ ލަވައިގައި ކުރިއަށް މާ ބޮޑު ތާރީހެއް ނެތެވެ. އެ ލަވަ އުފަންވީ، ދިވެހިރާއްޖޭގެ އަޑުގެ ތެރެއިން ހަމަ ކުއްލިއަކަށް، ކިބިއްސެއް އެޅިހެންނެވެ. އަޑުގެ ވެރިޔާ ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) ރޯދަ މަހުގެ ފަހު ދުވަހު ޅެންވެރިޔާ އަބްދުﷲ ސޯދިގު (ސޯދުބެ) ގާތު އީދު ލަވައެއް ހެއްދެވުމަށް އެދިވަޑައިގަތުމުން، އޭނާ ވަގުތުން ވަގުތަށް އެކަންކުރެއްވީ އެވެ.

"އަހަރެން ލަވަ ލިޔެގެން އެރޭ އަޑަށް ދިޔައިރު ހިޔެއް ނުކުރަން މިކަން ވެދާނެޔޭކޭ ވެސް. އެއީ އީދު ވިލޭރޭ ވިއްޔާ. އެކަމަކު ހަންނާން މެން ތިބީ ވަރަށް ފޯރީގައި. ކިޔައިފި މިރޭ ވާނެޔޭ މި ލަވަ ރެކޯޑްކުރަން. އެހެން ކިޔައި ހަމަ އެރެއިން އެރެއަށް ލަވަ ނިންމާލައިފި،" ސޯދުބެ ހަނދާންތައް އާކުރެއްވި އެވެ.

އެ އީދުގައި އެ ލަވަ ދިވެހިންނާ ބައްދަލުކުރި ކުރުން، ކޮންމެ އީދެއްގައި އޭގެ ފަހުން ތަކުރާރުވެ، އެ ލަވަ ދިވެހިންގެ ތެރޭގައި މިހާ ބޮޑަށް ފާހަގަވެދާނެ ކަމަށް ސޯދުބެ އެއްގޮތަކަށް ވެސް ހިއެއް ނުކުރައްވަ އެވެ.

"އެކަމަކު މިހާރު އެ ލަވައިގެ ރާގުކޮޅު އެކަނި އިވުނަސް އީދު އެބަ ސިފަވޭ،" ސޯދުބެ ވިދާޅުވި އެވެ.

އެ ލަވައިގައި ޅެން ސޯދުބެ ލިޔުއްވި ނަމަވެސް އެކަމަކު ހުރިހާ ކްރެޑިޓެއް ނަންގަވަން އޭނާ ބޭނުމެއް ނުވެ އެވެ. ވިދާޅުވީ އޭނާގެ ގަލަމުން ލިޔުއްވި ނަމަވެސް އެ ޅެމުގައި ހިމެނޭ ބައިތަކަކީ ސަމަރޭގެ ހިޔާލުކަމަށެވެ.

"އަޅުގަނޑު ގާތު ވިދާޅުވީ މިހިރަ މިހިރަ ބައިތައް ހިމަނައިގެން ޅެން ހަދާށޭ. އެހެންވެ ލަވައިގައި އެ ބުނާ ބުނުންތައް އެއީ އިބްރާހިމް މަނިކުގެ ހިޔާލު،" ސޯދުބެ ވިދާޅުވި އެވެ.

އެ ލަވަ ހަގީގަތުގައި، އެހާ ހާއްސަވާ ސަބަބަކީ ވެސް ލަވައިގައި އިޝާރާތްކުރާ ކަންކަމެވެ. އީދު ދުވަހުގެ ކަންކަން ސިފަކޮށްދެނީ، އީދު މެދުވެރިވާންވީ ސަބަބުކަމުގައިވި، ބަރަކާތްތެރި ރޯދަ މަސް ވެސް ބާކީނުކޮށެވެ. ރޯދަ މަހުގެ ހެޔޮ ދަރުމަތަކުން އެ މަސް ހަނދާން ކުރަމުން، އެ މަހުގެ ހެޔޮކަމުގެ މައްޗަށް ޝުކުރުން ހިތްތައް ފުރައި، އެފަދަ އިތުރު ފުރުސަތަކަށް ޅެންވެރިޔާ އެދިފައިވެ އެވެ.

ކުރެވުނު އަމަލުޔަކުން، ދިރުވުނު ރޯދަ މަހުގެ ރޭތަކާއި، އިވިގެން ދިޔަ ދީނީ ނަސޭހަތްތަކުން، މަގުފަހިވެގެންދިޔަ ހެޔޮ އަމަލުތަކާއި ލިބުނު އިރުޝާދުތަކުގެ މަތިން ވެސް ޅެމުގައި ހަނދާން ކުރެ އެވެ.

އީދު އައުމުން، ލިބުނު އުފަލާ އެކު ބައްދަލުކޮށް، މީރު ކެއުންތައް ކައި ގުޅުންތައް އާކޮށް އެކުވެރިކަން އާލާކުރާ ވާހަކަތަކުން އީދު ސިފަކޮށްފައިވާ ލަވަ ނިންމާލަނީ، އޭރުގެ އެއްބައިވަންތަކަން ސިފަކޮށްދެމުންނެވެ. އެންމެން ގުޅިގެން ކުޅޭ އީދު ކުޅިވަރުތަކާއި އޭގެ ސަބަބުން މުޅި ރަށުގައި އޮތް އެއްބައިވަންތަކަން އޮޅުމެއްނެތި ހާމަކޮށްދޭ ވާހަކައިން އެތައް ހަނދާންތަކެއް އާވާނެ އެވެ.

ހާއްސަކޮށް ކޮވިޑޭ ކިޔުނު އާފާތެއް ޖެހި، މިދިޔަ އަހަރުގެ ދެ އީދާއި މި އަހަރުގެ ފިތުރު އީދު ޒާތެއްގެ ގޭބަންދެއްގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅުގަ އެވެ. މި ތިން އީދު އަހަރެމެންނަށް އައީ އެ ލަވައިގައި އެ ބުނާ ގޮތަކަށް ނޫނެވެ. މިވަގުތު އޮތީ ލަވަ އަޑުއަހާލަ މާޒީގެ ތެރެއަށް ފީނާލާއި، ދެން އަންނަ އީދެއް، އޭގެ ގޮތުގައި ލިބޭނެ ކަމަށް އުއްމީދުކުރުމެވެ.

ފަހުގެ ޚަބަރު

ފާޑުކިޔުންތަކާއެކު ވެސް "ދެވި" ޖާދޫގައި ބެލުންތެރިން ޖެހިއްޖެ

މަރްޔަމް އައްޒަގެ ޕްރޮޑަކްޝަނުން ނެރުނު ބިރުވެރި ފިލްމު "ދެވި" އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ފިލްމުގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ. އައްޒަގެ ޑަބަލް ރޯލާއި ފިލްމުގެ ފަންނީ ފުރިހަމަކަން ފާހަގަކޮށްލެވޭ މި އުފެއްދުމަކީ، ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ފިލްމެވެ.

އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.

އެމީލިއާ ދުއްވި ބޯޓުގެ ބައިތައް ހޯދަން މިޝަނެއް

މަޝްހޫރު އޭވިއޭޓަރު އެމީލިއާ އިއާހާޓް ގެއްލުނު ހާދިސާގެ ހަގީގަތް ހޯދުމަށް، އޭނާ ދަތުރުކުރި ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށް ބެލެވޭ ނިކުމަރޯރޯ ރަށަށް އެމެރިކާގެ މެރިން އާކިއޮލޮޖިސްޓުންގެ ޓީމަކުން ދަތުރެއް ފަށައިފިއެވެ. މި މިޝަންގެ މަގްސަދަކީ ސެޓެލައިޓް ފޮޓޯތަކުން ފެނުނު ބައިތަކަކީ އިއާހާޓްގެ ބޯޓުގެ ބައިތައްކަން ކަށަވަރުކޮށް، 20 ވަނަ ގަރުނުގެ އެންމެ ބޮޑު އެއް ސިއްރު ހައްލުކުރުމެވެ.

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

Newsletter

Get the latest news delivered straight to your inbox