ލިސްޓުގައި ނަން އޮތް އެންމެންނަކީ ތުހުމަތު ކުރެވޭ މީހުން ކަމަށް ނުނިންމަން: އައްސަދު

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު: ކޮމިޝަނުން ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓު އާއްމުނުކުރީ މައްސަލަ ބަލަމުންދާތީ ކަމަށް ވިދާޅުވީ -- ފޮޓޯ: ރައީސް އޮފީސް

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު: ކޮމިޝަނުން ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓު އާއްމުނުކުރީ މައްސަލަ ބަލަމުންދާތީ ކަމަށް ވިދާޅުވީ -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުގައި ނަން އޮތް އެންމެންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތަށް ތުހުމަތު ކުރެވޭ މީހުންގެ ގޮތުގައި ނުނިންމާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަދި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ހިޔާނާތުން މަންފާވި ކަމަށް ބުނާ ލިސްޓު އާއްމުކޮށްފަ އެވެ. އެ ލިސްޓުގައި ދައުލަތުގެ އެކި މަގާމްތައް ފުރުއްވި އަދި މިހާރު ވެސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީސް ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

މި ވެރިކަން ފެށުމާ އެކު އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހުގީގު ލަސް ކަމުގެ ފާޑުކިއުން އަމާޒުވެ، މަޖިލީހުން އެދިގެން ލިސްޓު ފޮނުވުމުން، ކޮމިޓީގެ ނިންމުމަކީ އެ ލިސްޓު އާއްމުކުރުމެވެ. އޭގައި 281 މީހެއްގެ ނަން އޮތް އިރު، އެ އެންމެންނާ ސުވާލު ނުކޮށް ނަން ހިމެނި ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

މީގެ އިތުރުން އެ ލިސްޓު ސައްހަ ނޫން ކަމުގެ ތުހުމަތު ވެސް ދަނީ އަޅުވަމުންނެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު މިރޭ ވަނީ އާންމުކުރި ލިސްޓަށް އުނި އިތުރު ގެނެސް، ބައެއް މީހުންގެ ނަން އުނިކޮށް އަނެއް ބައި މީހުންގެ ނަން އިތުރުކުރި ކަމަށް ދެކެވޭ ވާހަކަ ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ލިސްޓަކީ އެ ކޮމިޝަނުން މަޖިލިހަށް ފޮނުވި ލިސްޓެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ މީހުންނާއި ވިޔަފާރިތަކަށް ކުރެވޭ ހިޔާނާތުގެ ތުހުމަތާ ގުޅިގެން އައްސަދު ވިދާޅުވީ ލިސްޓުގައި ތިބި މީހުންނަކީ "ޕާސަންސް އޮފް އިންޓްރެސްޓް" ކަމަށެވެ. އެހެން ގޮތަކުން ބުނާ ނަމަ އެއީ ސުވާލުކޮށް ކަންތައްތަކެއް ސާފުކުރަން ބޭނުންވާ ބައެއްގެ ލިސްޓު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލިސްޓަކީ ޕާސަންސް އޮފް އިންޓްރެސްޓް ލިސްޓެއް. އެއީ ކުށްވެރިން ކަމުގައި ނިންމުމަކީ އަޅުގަނޑުމެންގެ އިހުތިޔާރުގައި އޮތް ކަމެއް ނޫން، -- އަސްއަދު

މި މައްސަލަ ތަހުގީގުކުރަމުން ދަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެންނެވެ.

އަސްއަދު ވިދާޅުވީ ލިސްޓުގައި ހިމެނޭ މީހުންނަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ ތަހުގީގުގެ ތެރެއިން ސުވާލުކުރުމަށް ފަހު ލިބޭ މައުލޫމާތާއި ހެކީގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި، ތިން އިދާރާ ގުޅިގެން ކުރަމުންދާ މަސައްކަތަކީ އެ މައުލޫމާތާއި ހެކީގެ އަލީގައި ދައުވާ ކުރާނެ ބަޔަކު އޮޅުންފިލުވުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ތަހުގީގަށް ފަހު ހިޔާނާތުގެ މައްސަލައިގައި ދައުވާކުރަން ފޮނުވަން ޖެހޭ ބަޔެއްގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމުގެ ޔަގީންކަން އައްސަދު އެރުވި އެވެ.

ރައްޔިތުންގެ މަޖިލިހުން ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓު އާންމުކުރީ، އެކަން ކުރަން މަޖިލިހަށާއި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް އިންތިހާއަށް ޕްރެޝަރު ބޮޑުވި ފަހުންނެވެ. މީގެ ކުރިން ރަސްމީ އެއްވެސް އިދާރާއަކުން ލިސްޓު ހާމަކޮށްފައެއް ނުވެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެ ލިސްޓު އާންމު ނުކުރި ސަބަބާ ގުޅޭ ގޮތުން އަސްއަދު ވިދާޅުވީ "ލިސްޓު ހާމަނުކޮށް މަސައްކަތް ކުރަމުން ދިޔައީ މަސައްކަތް ކުރިޔަށް ދާތީ" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 ވަނަ މީހެއްގެ ނަން ހިމެނެ އެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox