ހިޔާނާތުގެ މައްސަލައިގައި އަށް ކުންފުންޏަކަށް ދައުވާ އުފުލުމާ މެދު ގޮތެއް ނިންމަން ރައީސް އޮފީހަށް

މާލޭގެ އެންމެ ކާރުބާރުބޮޑު މަޖީދީ މަގު: އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި 50 ވިޔަފާރިއެއް ހިމެނޭ. -- ފޮޓޯ/ އަދަދު

މާލޭގެ އެންމެ ކާރުބާރުބޮޑު މަޖީދީ މަގު: އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި 50 ވިޔަފާރިއެއް ހިމެނޭ. -- ފޮޓޯ/ އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓުގައި އޮތް އަށް ކުންފުންޏެއްގެ މައްޗަށް މަދަނީ ދައުވާ އުފުލުމާ މެދު ގޮތެއް ނިންމަން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި 50 ވިޔަފާރިއެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 43 ވިޔަފާރިއަކާއި ބޭރުގެ ގައުމުތަކުގައި ރަޖިސްޓްރީކޮށްގެން ހިންގާ ހަތް ވިޔަފާރިއެކެވެ.

މީގެ ތެރެއިން 28 ވިޔަފާރިއެއްގެ މައްސަލަ އޮތީ ތަހުގީގު މަރުހަލާގަ އެވެ. އަދި ހަތް ވިޔަފާރިއެއްގެ މައްސަލަ އޮތީ މައުލޫމާތު އެއްކުރުމުގެ މަރުހަލާގަ އެވެ. އިތުރު ތިން ވިޔަފާރިއެއްގެ މައްސަލަ ސަސްޕެކްޓް އައިޑެންޓިފިކޭޝަން މަރުހަލާގައި އޮތް އިރު، އެއް ވިޔަފާރީގެ މައްސަލަ އޮތީ އިބްތިދާއީ ތަހުގީގު މަރުހަލާގަ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ ވިޔަފާރިތަކުގެ ތެރެއިން މަދަނީ ދައުވާ އުފުލުމާ މެދު ގޮތެއް ނިންމަން ރައީސް އޮފީހަށް ފޮނުވި ލިސްޓުގައި އައިލެންޑް އޭވިއޭޝަން ހިމެނެ އެވެ. އެ ކުންފުންޏަކީ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ އިތުރުން ދައުވާ ކުރުމާ މެދު ގޮތް ނިންމަން ރައީސް އޮފީހަށް ފޮނުވީ:

  • އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ޔޫރޯ މާކެޓިން ޕްރައިވެޓް ލިމިޓެޑް
  • ހެވަންލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • އިންޓްރެޕިޑް ޕްރައިވެޓް ލިމިޓެޑް
  • އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް
  • މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ސީނިިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ލިސްޓު މަޖިލިހުން އާންމުކުރީ، އެ ލިސްޓު ހާމަކުރަން ގޮވާލާތާ އެތައް ދުވަސްހެއް ވީފަހުންނެވެ. މި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމެނޭ އިރު، އޭގެ ތެރޭގައި ކުރީ ސަރުކާރުގެ އިސްވެރިންނާއި، ކުންފުނިތަކުގެ ވެރިންނާއި، ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި މަޖިލިސް މެމްބަރުން ހިމެނެ އެވެ.

މި ހިޔާނާތުގެ ތެރެއިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ އިރު، މިހާތަނަށް އެ ހިޔާނާތުގެ ބައިވެރިވުމުގެ މައްސަލައިގައި ދައުވާ ސާބިތުވީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox