މަޖިލީހުން އާންމުކުރީ ކޮމިޝަނުން ފޮނުވި ލިސްޓު އޮތް ގޮތަށް: އައްސަދު

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު: އާންމުކޮށްފައިވަނީ ކޮމިޝަނުން ފޮނުވި ލިސްޓް -- ފޮޓޯ: ރައީސް އޮފީސް

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު: އާންމުކޮށްފައިވަނީ ކޮމިޝަނުން ފޮނުވި ލިސްޓް -- ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުން އެކުލަވާލި ޖޮއިންޓް ކޮމިޓީން އާންމުކުރީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުކަން، އެ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ކަށަވަރުކޮށްދެއްވައިފި އެވެ.

މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަދި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ލިސްޓު ހާމަކުރީ މިއަދު އެވެ. އެކަމަކު، ކޮމިޓީން އާންމުކުރި ލިސްޓަކީ އުނިއިތުރު ގެނެސް، ބައެއް މީހުންގެ ނަން އުނިކޮށް އަނެއް ބައި މީހުންގެ ނަން އިތުރުކުރުމަށްފަހު މަޖިލީހުގެ ކޮމިޓީން ނެރުނު ލިސްޓެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި އެވެ.

އެކަމާއި ގުޅިގެން ލިސްޓުގެ ސައްހަކަމާ މެދު "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އައްސަދު ވިދާޅުވީ، ކޮމިޓީން ހާމަކުރީ އެ ކޮމިޝަނުން ފޮނުވި ލިސްޓު އެ އޮތް ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ފޮނުވި ލިސްޓު އޮތް ގޮތަށް އެބޭފުޅުން ހާމަކުރީ،" އައްސަދު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓާ ގުޅޭ ގޮތުން އައްސަދު ވިދާޅުވީ މިހާރު އޮތް ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ "ޕާސަންސް އޮފް އިންޓްރެސްޓް" ލިސްޓެއް ކަމަށެވެ. އެހެން ގޮތަކުން ބުނާ ނަމަ ސުވާލުކޮށް ކަންތައްތަކެއް ސާފުކުރަން ބޭނުންވާ ބަޔެއްގެ ލިސްޓު ކަމަށާއި އެ މީހުންނަކީ ކުށްވެރިން ކަމުގައި ނުނިންމާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލިސްޓަކީ ޕާސަންސް އޮފް އިންޓްރެސްޓް ލިސްޓެއް. އެއީ ކުށްވެރިން ކަމުގައި ނިންމުމަކީ އަޅުގަނޑުމެންގެ އިހުތިޔާރުގައި އޮތް ކަމެއް ނޫން،" އައްސަދު ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ ސުވާލުކުރުމަށް ފަހު ލިބޭ މައުލޫމާތާއި ހެކީގެ މައްޗަށް ބިނާކޮށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ކުރަމުންދާ މަސައްކަތަކީ އެ ލިސްޓުން ދައުވާ ކުރާނެ ބަޔަކު ދެނެގަތުމުގެ މަސައްކަތް ކަމަށް އައްސަދު ވިދާޅުވި އެވެ.

އެއަށްފަހު އެ މައްސަލައިގައި ދައުވާކުރަން ފޮނުވަން ޖެހޭ ބަޔެއްގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމުގެ ޔަގީންކަން އޭނާ އެރުވި އެވެ.

ރައްޔިތުންގެ މަޖިލިހުން ހިޔާނާތުގެ ލިސްޓު އާންމުކުރީ، އެ ލިސްޓު އާންމުކުރަން މަޖިލިހަށް ޕްރެޝަރު ބޮޑުވެފައިވަނިކޮށެވެ. މީގެ ކުރިން ރަސްމީ އެއްވެސް އިދާރާއަކުން ލިސްޓު ހާމަކޮށްފައެއް ނުވެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެ ލިސްޓު އާންމު ނުކުރި ސަބަބާ ގުޅޭ ގޮތުން އައްސަދު ވިދާޅުވީ "ލިސްޓު ހާމަނުކޮށް މަސައްކަތް ކުރަމުން ދިޔައީ މަސައްކަތް ކުރިޔަށް ދާތީ" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 ވަނަ މީހެއްގެ ނަން ހިމެނެ އެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox