މިނިސްޓަރު މަހުލޫފްގެ މައްސަލަ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވުމާ ހިސާބުގައި!

މަހުލޫފް: އޭނާގެ މައްސަލާގައި ދައުވާ ކުރަން ވަނީ ނިންމާފައި --

މަހުލޫފް: އޭނާގެ މައްސަލާގައި ދައުވާ ކުރަން ވަނީ ނިންމާފައި --

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރަން ފޮނުވުމަށް ތައްޔާރުވެފައިވާކަން އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު އާންމުކުރަން ނިންމާފައިވާ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި މިނިސްޓަރު މަހުލޫފްގެ ނަން ހިމަނާފައިވާއިރު، އޭނާގެ މައްސަލާގެ ތަހުގީގު ނިމި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ދައުވާ ކުރަން ތައްޔާރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލާގައި ދައުވާ ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމާފައިވާއިރު މިއީ ޖޮއިންޓް ތަހުގީގެއް ކަމުން، މައްސަލަ ފުލުހަށް އެ ކޮމިޝަނުން ފޮނުވާފައިވާތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ ކަމަށް އެނގިފައިވެ އެވެ.

ކުރިން އާންމުވެފައިވާ މައުލޫމާތަށް ބަލާއިރު މިނިސްޓަރު މަހުލޫފަށް އެމްއެމްޕީއާރްސީގެ ފައިސާތަކުގެ ތެރެއިން 33،000 ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް، އެ ފައިސާއަކީ އޭނާ ޑޮލަރު ގަތުމަށް ނެންގެވި ފައިސާތަކެއް ކަމަށް މީގެކުރިން މަހުލޫފް ވިދާޅުވެފައިވެ އެވެ.

އެގޮތުން، އޭނާ ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރްސީއިން ޑޮލަރު ގަންނަން ޖެހިވަޑައިގަތީ އެ ދުވަސްވަރަކީ ޑޮލަރު ގަތުމުގައި ބޮޑެތި ތާށިތަކެއް އޮތް ދުވަސްވަރަކަށް ވާތީ އެވެ. އެކަމަކު އެ މުއާމަލާތް ކުރީ އެއީ ހިޔާނާތުގެ ފައިސާކަން އެނގި ހުންނަވައިގެން ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"33،000 ޑޮަލަރު އަޅުގަނޑު ނުޖެހޭނެ ވަގަށް ނަގާކަށް. ވަަރަށް ސާފުކޮށް މި ދަންނަވަނީ 33،000 ޑޮލަރަކީ އަޅުގަނޑު ވަގަށް ނަގަން ނުޖެހޭނެ އެއްޗެއްކަން ހަމަގައިމު ވެސް ސިޔާސީ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ،" މީގެކުރިން އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅޭ ގޮތުން މަހުލޫފާ ސުވާލު ކުރެއްވުމުން ވިދާޅުވެފައިވެ އެވެ.

މަހުލޫފް ވަނީ އޭނާއަކީ އެމްއެމްޕީއާރްސީގެ މައްސަލަ ފެންމަތިވުމާ އެކު އެ މައްސަލަ ތަހުގީގު ކުރުމަށް އެންމެ ފުރަތަމަ ވެސް ގޮވާލެއްވި މީހެއް ކަމާއި އެހެންކަމުން އެ ހިޔާނާތުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

މަހުލޫފްގެ ނަން ލިސްޓަށް އަރާފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނަން ލިސްޓްގައި އޮތް ބޭފުޅުން މަގާމުތަކުން ވަކި ކުރަން ނިންމާފަ އެވެ.

އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ. މަހުލޫފްގެ އިތުރުން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި 118 މީހެއްގެ ނަން ލިސްޓްގައި އެބަ އޮތެވެ. އެ ލިސްޓް މިއަދު ރައްޔިތުންގެ މަޖިލީހުން ހާމަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox