ކެނެރީގެ ހުންނަ ގޯޅީގައި މާދަމާ އިން ފެށިގެން ވެހިކަލް ޕާކެއް ނުކުރެވޭނެ

ނީލޯފަރުހިނގުމުގައި ސައިކަލް ޕާކް ކޮށްފައި: އެ ޒޯން މާދަމާ ބަންދު ކުރަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ނީލޯފަރުހިނގުމުގައި ސައިކަލް ޕާކް ކޮށްފައި: އެ ޒޯން މާދަމާ ބަންދު ކުރަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުގައި މާދަމާއިން ފެށިގެން ޕާކު ނުކުރެވޭ ގޮތް ހަދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއެއް ދިނީ ނީލޯފަރުހިނގުމުގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އެ ހަމަލާގައި ނަޝީދުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ.

ނީލޯފަރުހިނގުމަށް ކާރުކޮޅު ނުވެއްދޭތީ ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނީ ހިންގަވާފައި މަޖީދީމަގުންނެވެ. އެ ގޯޅީގައި ސައިކަލް ޕާކުކުރާތީ އެއީ ނަޝީދުގެ ސެކިއުރިޓީއަށް ރައްކާތެރިކަމެއް ނޫން ކަން ފާހަގަކޮށް އެ ސައިކަލް ޕާކިން ޒޯން ބަންދު ކޮށްދޭން މިދިޔަ އަހަރު ސިފައިން ވަނީ އެދިފަ އެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު "އަދަދު" އަށް ވިދާޅުވީ ނީލޯފަރުހިނގުމުގެ ޕާކިން ޒޯން ބަންދުކޮށް، ބިއްލޫރިޖެހިގޭ ހުސްބިމުގައި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބިއްލޫރިޖެހިގޭގައި ހަދާ ޕާކިން ޒޯން މާދަމާއަށް ނިންމާލެވޭނެ ކަމަށް ޝިފާ ވިދާޅުވި އެވެ. އެތަނުގައި 300 ސައިކަލް ޕާކުކުރެވޭނެ އެވެ.

ބިއްލޫރިޖެހިގޭގައި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރަނީ: އެއީ 300 އެއްހާ ސައިކަލް ޕާކް ކުރެވޭ ޒޯނެއް-- ފޮޓޯ: ހުސައިން ޝަޔާހް
ބިއްލޫރިޖެހިގޭގައި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރަނީ: އެއީ 300 އެއްހާ ސައިކަލް ޕާކް ކުރެވޭ ޒޯނެއް-- ފޮޓޯ: ހުސައިން ޝަޔާހް

ބިއްލޫރިޖެހިގޭގައި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރަނީ: އެއީ 300 އެއްހާ ސައިކަލް ޕާކް ކުރެވޭ ޒޯނެއް-- ފޮޓޯ: ހުސައިން ޝަޔާހް

"ދެ ދުވަސް ކުރިން މިނިސްޓަރު[ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް] ގުޅުއްވާ އެތަން އަޅުގަނޑުމެންނަށް ދިނީ. އެހާ ހިސާބުން މަސައްކަތް ފަށައިފިން. އަޅުގަނޑުމެން މިބަލަނީ މަޖީދީމަގުގެ އެ ސަރަހައްދުގެ ޕާކިން ޒޯންތައް އެތަނަށް ބަދަލު ކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ނަޝީދުގެ ސެކިއުރިޓީއަށްޓަކައި ނީލޯފަރު ހިނގުން ޕާކު ނުކުރެވޭ މަގަކަށް ހެދުމަށް އެދި މާލޭ ސިޓީ ކައުންސިލުން މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ވަނީ ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފަ އެވެ. ޕްލޭނިން މިނިސްޓްރީއަށް އެ ސިޓީ ފޮނުވީ ޑިފެންސް މިނިސްޓްރީން ސިޓީ ކައުންސިލްގައި އެކަމަށް އެދުމުންނެވެ. ނަމަވެސް އެ ސިޓީއަށް ޕްލޭނިން މިނިސްޓްރީން އޮތީ މިހާތަނަށް ޖަވާބު ނުދީ އެވެ.

މަޖީދީމަގުގައި ހުންނަ ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނެއް ހެދުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ޕްލޭނިން މިނިސްޓްރީން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެކަން ސިޓީ ކައުންސިލަށް ތަންފީޒު ނުކުރެވި އޮތީ ބިއްލޫރިޖެހިގޭ ހުސްބިން އެ ކައުންސިލާ ހަވާލު ނުކުރާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox