އިޒްރޭލްގެ އަމަލުތައް ކުށްވެރިކުރަން، މިތިބީ ފަލަސްތީނާއެކު: ރައީސް

May 11, 2021, 6:06 PM
ރައީސް ސޯލިހު: އިޒްރޭލްގެ އަމަލުތައް ވަނީ ކުށްވެރި ކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު: އިޒްރޭލްގެ އަމަލުތައް ވަނީ ކުށްވެރި ކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް

އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ހިސާބުގަނޑުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރުމަށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރި ކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރައްވައިފި އެވެ.

ޝެއިހް ޖައްރާގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން މަސައްކަތް ކުރާތީ ފާއިތުވި ހަފްތާއިން ފެށިގެން ކޮންމެ ރެޔަކު ވެސް އިރުމަތީ ގުދުސްގައި އަންނަނީ ހަމަނުޖެހުން ހިނގަމުންނެވެ.

ހަމަނުޖެހުންތަކުގައި އިޒްރޭލު ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ސަތޭކަ ބަޔަކަށް އަނިޔާވަމުން ދާތީ ބޭރުގެ ފަރާތްތަކުގެ ފާޑުކިޔުން އިޒްރޭލަށް ވަނީ އަމާޒުވެފަ އެވެ.

އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ސަރުކާރުން ވެސް މީގެކުރިން ބަޔާނެއް ނެރެފައިވާއިރު، ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވި ގޮތުގައި އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމާއި އެ އަމަލުތައް ކުށްވެރި ކުރައްވާ ކަމަށެވެ.

"އަދިވެސް މިތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޝެއިހް ޖައްރާ މައްސަލައިގެ ތާރީހް

ޝެއިހް ޖައްރާގެ މައްސަލަ އުފެދުނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. އޭރު ފަލަސްތީނުގެ ވެރިންނަކީ އުސްމާނީ ރަސްކަމުގެ ވެރިންނެވެ. ދެ ޔަހޫދީ ޓްރަސްޓަކުން ޝެއިހް ޖައްރާގެ ހިސާބުގަނޑެއް ގަތީ 1876 ގައި ކަމަށް ވެއެވެ.

އޭގެ ފަހުން 1948 ގެ އަރަބި އިޒްރޭލް ހަނގުރާމައިގައި އުރުދުންއިން ވަނީ އިރުމަތީ ގުދުސް ހިފާފަ އެވެ. އެއާއެކު ޝެއިހް ޖައްރާގައި ގިނަ ގެތަކެއް އެޅި އެވެ. އެ ގެތައް ހާއްސަ ކުރީ އިޒްރޭލުން ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުން ރެފިއުޖީންނަށް ވި އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށެވެ.

އަހަރުތަކެއް ފަހުން 1967 ގައި އިޒްރޭލުން އަނެއްކާ ވެސް އިރުމަތީ ގުދުސްއަށް ވެރިވެ ގަތެވެ. އަދި ޝެއިހް ޖައްރާގެ ގެތަކަކީ ޔަހޫދީންގެ މުދާ ކަމުގައި ކަނޑައެޅި އެވެ. މިހާރު އިޒްރޭލުން ރަސްމީކޮށް ދެކޭ ގޮތުގައި އެ ގެތަކުގެ ވެރިންނަކީ ކަނާއަތުގެ ފިޔައިގެ ގްރޫޕުތަކެވެ. ގެތަކުގައި އުޅޭ ފަލަސްތީނު މީހުން ބޭރު ކުރަން އުޅެނީ އެ ގްރޫޕުތަކުން ކޯޓަށް ގޮސްގެންނެވެ.

އޭގެ ފަހުން 1982 ގައި ފަލަސްތީނުގެ މީހުން ވަނީ އެއީ ޔަހޫދީންގެ މުދާ ކަމަށް ބުނާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ފަލަސްތީނު މީހުންނަށް އެ ތަނުގައި އުޅުމުގެ ހުއްދަ ލިބެ އެވެ. ނަމަވެސް ފަލަސްތީނު މީހުން މިހާރު ބުނަނީ އެއްބަސްވުމުގައި ސޮއިކުރުވީ އޮޅުވާލައިގެން ކަމަށެވެ.

ފަލަސްތީނު މީހުން ދެކޭ ގޮތުގައި ގެތަކަކީ ޔަހޫދީންގެ މުދަލެއް ނޫނެވެ. އަދި އުސްމާނީ ވެރިކަމުގައި އެ ގެތަކުގެ ވެރިންގެ ގޮތުގައި އެންމެ ކުރިން އުޅުނީ ފަލަސްތީން މީހުންކަން ބަޔާން ކުރާ ލިޔުންތައް ވެސް އެމީހުން ހޯދާފައި ވެއެވެ.

އެކަމަކު ޔަހޫދީން ބުނަނީ އޭގެ ފަހުން އެ ބިންތައް ގަތީ އެ މީހުންނަށް ވުމުން އެއީ އެ މީހުންގެ މުދާ ކަމަށެވެ. މިހާރު ވެސް ޝެއިހް ޖައްރާގެ ބައެއް ގެތަކުން ފަލަސްތީނު މީހުން ވަނީ ބޭރުކޮށްފަ އެވެ. އެއް ގޭގައި 2009 ވަނަ އަހަރުން ފެށިގެން ފަލަސްތީނު މީހުން ދިރިއުޅެން ޖެހެނީ ޔަހޫދީ އާއިލާއަކާ އެކު އެވެ.

ޕީސް ނައު ގްރޫޕުން އަންދާޒާ ކުރާ ގޮތުގައި 3000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ދިރިއުޅޭ 200 އެއްހާ ގެއިން މީހުން ނުކުންނަ ޖެހުމުގެ ބިރު އެބަ އޮތެވެ. އޭގެ އިތުރުން ފަލަސްތީނު މީހުން ދިރިއުޅޭ 20،000 ގެ ސުންނާފަތިކޮށްލުމުގެ ބިރު ވެސް އެބަ އޮތެވެ.

ފަލަސްތީނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި މި ގެތަކުން މީހުން ނެރުމުގެ ހަގީގީ މަގްސަދަކީ މުޅި ގުދުސްގައި އިޒްރޭލުގެ ބާރު ހިންގުމެވެ. ފަލަސްތީނުން ބޭނުން ވަނީ އިރުމަތީ ގުދުސްއަކީ އެ ދައުލަތުގެ ވެރިރަށަށް ހެދުމަށެވެ. އެކަމަކު އިޒްރޭލުން ދެކެނީ މުޅި ގުދުސް އަކީ އެ މީހުންގެ ވެރިރަށް ކަމަށެވެ.

އެހެންވެ އެ ތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށީ 2001 ގައެވެ. އިޒްރޭލުން ބޭނުންވަނީ ގުދުސްގެ އާބާދީގެ 70 ޕަސަންޓަކީ ޔަހޫދީންނަށް ހެދުމަށެވެ. އަދި އާބާދީގައި ފަލަސްތީނު ރައްޔިތުންގެ ނިސްބަތް އެންމެ ގިނަވެގެން 30 ޕަސަންޓަށް ކުޑަ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox