ގަލޮޅު ދަނޑުގެ މަސައްކަތް ކުރިއަށް ގެންދަން ދެ ވިސްނުމެއް

ގަލޮޅު ފުޓްބޯޅަ ދަނޑު.-- ފޮޓޯ: ސޯޝަލް މީޑިއާ

ގަލޮޅު ފުޓްބޯޅަ ދަނޑު.-- ފޮޓޯ: ސޯޝަލް މީޑިއާ

މީގެ ދެ އަހަރު ކުރިން ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރީ އަވަސް މުސްތަގުބަލެއްގައި ދަނޑުގެ މަސައްކަތް ފެށުމުގެ ވިސްނުމުގަ އެވެ. އެކަމަކު މިހާރު އެ ދެ ފަޅި ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އަދި މަސައްކަތް ފެށޭނެ އިރެއް ސީދާކޮށް ބުނެވޭނެ ރަސްމީ އިދާރާއެއް ވެސް ނެތެވެ.

އެ ދެ ފަޅި ބަންދުކޮށްފައި އޮއްވައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ 2019 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ފިލިޕީންސް އަދި ގުއާމާ ދެކޮޅަށް ކުޅެފަ އެވެ. ލޯކަލް ފުޓްބޯޅައިގެ ޑިމާންޑް ކުރިއާ އެއްވަރަށް ނެތްކަމުގައި ވިޔަސް ގައުމީ ޓީމުތަކުގެ މެޗުތަކަށް އޮތް ތަރުހީބު ކުޑައެއްނުވެ އެވެ. ދިވެހި ގިނަ ސަޕޯޓަރުން ދަނޑަށް ވަންނަން ބޭނުންވާތީ ވަގުތީ ގޮތުން ހައްލެއް ހޯދައި ދަނޑުގައި ބަންދުކުރި އެ ދެ ފަޅި ހުޅުވައިދޭން ފުޓްބޯޅައިގެ އިސް ފަރާތްތްތަކުން އޭރު ގޮވާލި ނަމަވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެ ފަހަރު ވިދާޅުވީ ސަލާމަތީ ގޮތުން ބަލާއިރު އެކަން ކުރެވެން ނެތް ކަމަށެވެ.

މި މަހު ފަސް ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ގަލޮޅު ދަނޑުގެ މަސައްކަތް ފަށަން ވިސްނަނީ ޔަގީންކޮށް އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކަމަށެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗަށް މިނިސްޓަރު މަހުލޫފާއި އިންޑިއާގެ ދިއްލީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަދި ފީފާގެ ކުރީގެ ޑިވެލޮޕްމަންޓް އޮފިސަރު ސަޖީ ޕްރަބާކަރަން ވަޑައިގެންނެވި އެވެ. މިނިސްޓަރު މަހުލޫފް ވަނީ އެ ދުވަހު ވެސް ދަނޑާ ބެހޭ ބައެއް ވާހަކަތައް ދެކެވުނު ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު މަހުލޫފް (ކ) އާއި އިންޑިއާގެ ދިއްލީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޕްރަބާކަރަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑު ހަދަން މަސައްކަތް ކުރަމުން އަންނަ އެއްގޮތަކީ ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާގެ ފަރާތުން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެރެއިން ކަމަށެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ފެބްރުއަރީ މަހު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ އިންޑިއާގެ ކްރެޓިޑް ފެސިލިޓީގެ ދަށުން ރާއްޖޭގެ ކުޅިވަރު ތަރައްގީކުރަން ދޭ އެހީގެ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.

"އިންޑިއާގެ ހާލަތު ރަނގަޅު ވުމާ އެކު ސްޕޯޓްސް މިނިސްޓަރު ވެސް މި ކޮޅަށް ވަޑައިގަންނަވަން އެ ކަހަލަ ވަގުތަކާ ދިމާކޮށް ސޮއި ކުރެވޭނެ ކަމަށް އަޅުގަނޑު މި ބަލަނީ،" އެއްބަސްވުމުގައި ސޮއިކުރުމާ ބެހޭގޮތުން މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

"އޭގެ އިތުރުން އެފްއޭއެމް އިން ވެސް އެބައޮތް ހުށަހެޅުމެއް އަޅުގަނޑުމެންނަށް ފޮނުވަދީފައި. އެފްއޭއެމާއި އެ ކަހަލަ (ދަނޑު ތަރައްގީ ކުރުމުގެ) ހުށަހެޅުންތަކެއް ލިބިފައި ހުރި ކަމަށް. އެ އޮޕްޝަން ވެސް އަޅުގަނޑުމެން ބަލަމުންދާނީ،"

މިދިޔަ މާޗް މަހު ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުއްމީދަކީ މި އަހަރުގެ ތެރޭގައި ގަލޮޅު ދަނޑުގެ މަސައްކަތް ފެށުން ކަމަށެވެ. މިނިސްޓަރު މި މަހު ވިދާޅުވީ ހާލަތު ދާގޮތަށް ބަލާފައި މަސައްކަތް ފަށާނީ ހުރިހާ ކަމެއް ޔަގީންވުމުން ކަމަށާއި ބުއްދިވެރި ގޮތަކީ ވެސް އެއީ ކަމަށެވެ.

"(ގަލޮޅު ދަނޑުގެ) މި ދެ ފަޅި ބަންދުވެފަ އޮވެ ކުޅުމާ އަދި އެއްކޮށް މިތަން ނެތިގެން އޮތުމާ ވެސް ވަރަށް ތަފާތު. އެހެންވެގެން މި ހާލުގައި ތިބެގެން ކުރިއަށް މި ދަނީ. ވަރަށް ދަތި ދުވަސްތަކެއް މި ދަނީ ދެއްތޯ. ހަމަ ވަރަށް ލާރީގެ (ދަނޑު ހަދަން ބޭނުންވާ ފައިސާގެ) ވާހަކަ މި ދައްކަނީ. އަޅުގަނޑަށް ހީވަނީ ކުޑަ ހިސާބެއް ޖަހާލާއިރު ވެސް 20 ވަރަކަށް މިލިއަން ޑޮލަރުގެ ވާހަކަ ކަންނޭނގެ. އެހެންވީމަ އެ ތާށި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ފުޓްބޯޅަ މުބާރާތްތައް ބާއްވަން ގަލޮޅު ދަނޑު ބޭނުންކުރަމުން އަންނައިރު ދަނޑުގައި އެންމެ ފުރަތަމަ ސިޑިބަރިތައް ހަދާފައިވަނީ 1980ގެ އަހަރުތަކުގަ އެވެ. ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ބާއްވަން 2008 ވަނަ އަހަރު ވެސް ދަނޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާއިރު، އެންމެ ފަހުން ބޮޑު ބަދަލެއް ގެނައީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށެވެ. އެ ފަހަރު ރޮސްޓަރަމް ތަޅާލައި ވީއައިޕީ ބޮކްސް އާއި މީޑިއާ ބޮކްސް އާއި ޕްރެސް ރޫމް ހިމެނޭ ގޮތަށް ކުރިއަށް ވުރެ ފެންވަރު ރަނގަޅުކޮށް ދަނޑު ހެދި އެވެ. އަދި އެ ފަހަރު ދަނޑުގެ ނަން ވަނީ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމަށް ރި-ބްރޭންޑް ކޮށްފަ އެވެ.

ކުރިން އެތުލެޓިކްސް އާއި ކްރިކެޓަށް ވެސް ގަލޮޅު ދަނޑު ބޭނުންކުރި ނަމަވެސް ދެހާހުގެ އަހަރުތަކުން ފެށިގެން ދަނޑު މުޅިން ވެސް ބޭނުންކުރަނީ ފުޓްބޯޅަ އަށެވެ. އެކަމަކު ފަހަކަށް އައިސް ސަރުކާރުގެ ބައެއް ބޭނުންތަކަށް ގިނަ ބަޔަކު ބައިވެރިވާ އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox