އަނެއްކާވެސް ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހޭނެތަ؟

އެއާލައިނެއްގެ ކެބިން ކްރޫއެއް: ބޯޑަރު އަލުން ހުޅުވާލި ފަހުން ގިނަ އަދަދެއްގެ ފްލައިޓްތަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެއާލައިނެއްގެ ކެބިން ކްރޫއެއް: ބޯޑަރު އަލުން ހުޅުވާލި ފަހުން ގިނަ އަދަދެއްގެ ފްލައިޓްތަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެ މިއަދު އަނެއްކާވެސް ތުންތުން މަތިން އަޑުއިވެނީ ލޮކްޑައުންގެ ވާހަކަ އެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ރެކޯޑް މިންވަރަކަށް ކޭސްތައް ފެންނަމުންދާތީ ސިއްހީ މާހިރުން ކެނޑިނޭޅި ދޭ އިންޒާރަކީ އެއީ އެވެ.

ރާއްޖޭގައި ބަލީގެ ހާލަތު މި މިންވަރަށް ގޮސްފައިވަނީ ބޭރުގެ ގިނަ ގައުމުތަކުން ފެންނަމުންދާ ބަލީގެ އާ ވޭރިއަންޓުތަކުގެ ސަބަބުން ކަމަށް ސިއްހީ މާހިރުން ލަފާކުރެ އެވެ.

އެއާ އެކު އުފެދޭ ސުވާލަކީ މިހާރު ކުރިމަތިވެގެން އުޅޭ ކޮވިޑުގެ ބިޔަ ރާޅުން އަރައިގަތުމަށް، ރާއްޖޭގެ ބޯޑަރު އަނެއްކާ ވެސް ބަންދުކުރަން ޖެހޭ ހެއްޔެވެ؟

ރާއްޖެއިން ކޮވިޑް ޖެހިގެން ރިޕޯޓްކުރާ އަދަދު

ރާއްޖޭގެ ހާލަތު މި ވަގުތު އޮތީ މި ބަލިމަޑުކަމުގެ ތެރޭގައި ވެއްޓުނު އެންމެ ނާޒުކު ފައްތަރުގަ އެވެ.

ދުވާލަކު އަލަށް ބަލިޖެހޭ މީހުންގެ އަދަދު މިހާރު ހާހަކުން މައްޗަށް އަރާފައިވާ އިރު، ފާއިތުވި ހަފުތާގެ ތެރޭގައި އެކަނިވެސް 3000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނެވެ. މިކަމުގެ ނުރައްކާތެރިކަން ވަޒަންކޮށްލާއިރު، ރާއްޖޭން ކޮވިޑް ފެނުނެ ފަހުން ފުރަތަމަ 3000 އަށް އަަރަށް ތިން މަސް ދުވަސް ނެގި އެވެ.

ބަލި ޖެހޭ މީހުންގެ އިތުރަށް މި ބަލީގައި މަރުވާ މީހުންގެ އަދަދުތައް ވެސް ރެކޯޑް މިންވަރަކަށް އުފުލިއްޖެ އެވެ.

ކުރީގެ ހާލަތާ ހިލާފަށް މިހާރު އަތޮޅު ތެރެއަށް ވެސް ބަލި ވަނީ އިންތިހާއަށް ފެތުރިފަ އެވެ.

މި ވަގުތު 30 އަށް ވުރެ ގިނަ ރަށުގައި މި ބައްޔަށް ޕޮޒިޓިވް މީހުން ތިބި މީހުން އޭގެ ތެރެއިން ގިނަ ރަށްތަކަށް އަރައިފޭބުން މަނަލެވެ.

އެއާއެކު ސިއްހީ މަސައްކަތްތެރިންނަށް ލޯޑު ބޮޑުވެ، މުޅި ސިއްހީ ނިޒާމަށް ވަނީ ލޮޅުން އައިސްފަ އެވެ. މީހުންނަށް ފަރުވާދޭ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ބައެއް ހޮސްޕިޓަލުތަކާއި އެހެން ފެސިލިޓީތައް އަންނަނީ ކޮވިޑް ފަރުވާއަށް ހާއްސަކުރަމުންނެވެ.

ރާއްޖޭގެ ހާލަތު ގޯސްވެގެން އުޅޭ ސީދާ ސަބަބެއް ކަމާބެހޭ ފަރާތްތަކުން ހާމަ ނުކުރި ނަމަވެސް، އަވައްޓެރި އިންޑިއާއިން ފެނިގެން އުޅޭ ކޮވިޑުގެ އާ ވޭރިއަންޓާއި، ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޫ ދޭން ނިންމި ނިންމުން ހިމެނެ އެވެ. ހާލަތު ގޯސްވި ފަހުން ކާފިއު ހިންގަން ފެށި ނަމަވެސް، އަދަދުތަކުން އެ ނިންމުމުގެ ބަދަލު އަދި ފެންނާކަށް ނުފަށަ އެވެ.

ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ޕޮޒިޓިވްވާ އަދަދު

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖެއަށް އާދެވެނީ ކޮވިޑް ނެތްކަން ޔަގީން ކޮށްގެންނެވެ. އަދި ފުރައިގެން ދާން ޖެހެނީ ވެސް ކޮވިޑް ނެތްކަން ޔަގީން ކުރުމަށް ފަހުގަ އެވެ.

ރާއްޖޭން ޓޫރިސްޓުންގެ ކަންކަމުގައި އެކުލަވާލާފައިވާ ޕްރޮޓޮކޯލަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައި އޮތް މިންގަނޑެކެވެ.

މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރި ނަމަވެސް، މަދުން ނަމަވެސް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުން ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖުލައި 15 ގައި ބޯޑަރު ހުޅުވާލު ފަހުން އެ އަހަރުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިން ތެރެއިން ޕޮޒިޓިވްވީ އެންމެ 0.19 ޕަސެންޓު މީހުންނެވެ.

މި އަހަރުގެ މިހާތަނަށް މި ނަމްބަރު ކުޑަކޮށް އުފުލުނު ނަމަވެސް، ޕޮޒިޓިވްވާ އަދަދުތައް ހުރީ 0.28 ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.

ފފފ
ފފފ

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓަކު އެއާޕޯޓުގައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސީދާ އަދަދެއް ބުނާނަމަ ކޮވިޑު ބަލިމަޑުކަމުގެ ހާލަތުގެ ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ހަ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުންގެ ތެރެއިން ރާއްޖޭގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވީ 1،500 އެއްހާ މީހުންނެވެ.

މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދުތަކާއި ރާއްޖެއިން ޕޮޒިޓިވްވީ އަދަދުތަކާ އަޅާ ބަލާނަމަ، ނިސްބަތުން ކުޑަ އަދަދެކެވެ.

ޓޫރިޒަމް މަސައްކަތްތެރިންގެ ވެކްސިނޭޝަން ޕްރޮގްރާމު

ދިވެހި ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ އަސާސީ ހިދުމަތްތެރިންގެ ގޮތުގައި ކަނޑައަޅާފަ އެވެ. މިއީ ރާއްޖޭގެ އިގުތިސޯދުގައި ޓޫރިޒަމް އަދާކުރާ ދައުރަށް ބަލާފައި ވެކްސިން ޖަހަން އެ ދާއިރާގެ މުވައްޒަފުންނަށް އިސްކަން ދޭން ވެގެން ނިންމި ނިންމުމެކެވެ.

ޓޫރިޒަމް ދާއިރާގެ ވެކްސިނޭޝަން ޕްރޮގްރާމުގެ ތެރެއިން މިދިޔަ ބުދަދުވަހުގެ ނިޔަލަށް 40،161 ޓޫރިޒަމް މަސައްކަތްތެރިންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި އެވެ. އެއީ ދާއިރާގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ 99 އިންސައްތަ އެވެ.

މީގެ ތެރޭގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ޕާފޯމިން އާޓްސް މީހުންނާއި ޓްރެވަލް އެޖެންސީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެ އެވެ.

ޓޫރިޒަމް ސެކްޓާ ވެކްސިނޭޝަން ޕްރޮގްރާމް އަޕްޑޭޓް -- މަސްދަރު: ޓޫރިޒަމް މިނިސްޓްރީ
ޓޫރިޒަމް ސެކްޓާ ވެކްސިނޭޝަން ޕްރޮގްރާމް އަޕްޑޭޓް -- މަސްދަރު: ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް ސެކްޓާ ވެކްސިނޭޝަން ޕްރޮގްރާމް އަޕްޑޭޓް -- މަސްދަރު: ޓޫރިޒަމް މިނިސްޓްރީ

މިހާތަނަށް ފުރަތަމަ ޑޯޒް ޖެހި މަސައްކަތްތެރިންގެ ތެރެއިން 25 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކޮށްފި އެވެ. ރާއްޖެ އިޝްތިހާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ސައްތައިން ސައްތަ މުވައްޒަފުން ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް މިދިޔަ މަހު ފަހުކޮޅު ފަށާފަ އެވެ.

މިއީ ޓޫރިޒަމް އިންޑަސްޓްރީ "ފުލް އިމިއުނިޓީ" ލިބިފައިވާ ފުރަތަމަ ގައުމަށް ރާއްޖެ ހެދުމަށް އަމާޒު ހިފައިގެން ފެށި މަސައްކަތެކެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ދަށް ނަމަވެސް، އަސާސީ މަސައްކަތްތެރިންގެ ގޮތުގައި ކަނޑައަޅާފައިވާތީ ޓޫރިޒަމް މަސައްކަތްތެރިންނަށް ވެކްސިން ޖެހުން ހުއްޓާލާފައެއް ނުވެ އެވެ.

ސިނޮފާމް ވެކްސިން ޖެހުމުގެ ޕްރޮގްރާމު ވެސް ރިސޯޓްތަކުގައި އަންނަނީ ހުއްޓާލުމެއް ނެތި ބާރު ދުވެލީގައި ކުރިޔަށެވެ.

ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުންތަކެއް ގޮވައިގެން ރިސޯޓެއްގެ މުވައްޒަފެއް: އެއާޕޯޓުގައި އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ މީހުން އަމަލުކުރޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުންތަކެއް ގޮވައިގެން ރިސޯޓެއްގެ މުވައްޒަފެއް: އެއާޕޯޓުގައި އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ މީހުން އަމަލުކުރޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުންތަކެއް ގޮވައިގެން ރިސޯޓެއްގެ މުވައްޒަފެއް: އެއާޕޯޓުގައި އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ މީހުން އަމަލުކުރޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިހާތަނަށް ލިބެން ހުރި މައުލޫމާތަށް ބަލާއިރު އަދި ލޮކްޑައުން ކުރުމާ ދޭތެރޭ ގޮތެއް ނުނިންމެ އެވެ. އެކަމަކު އެކަމާ ގުޅޭ މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ. އިތުބާރު ހުރި މަސްދަރަކުން ބުނީ އެ މަޝްވަރާތަކުގެ ތެރޭގައި ބޯޑަރު ބަންދުކުރުމުގެ ވާހަކަތަކެއް ނުދެކެވޭ ކަމަށާއި، ލޮކްޑައުން ކުރިޔަށް ކުރިން އޮތް ފުލް ލޮކްޑައުންއަކަށް ނުދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox