ބޮޑު ހިޔާނާތަށް ތުހުމަތުވާ މީހުން އިތުރުވެ 281 ނަމެއް، ދިރާސާކުރަނީ ސިއްރުން

އެމްއެމްޕީއާރްސީ) މައްސަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން. -ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީ) މައްސަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން. -ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން އެދިގެން ފޮނުވިއިރު ތުހުމަތުވާ މީހުންގެ އަދަދު އިތުރުވެ، 281 އަށް އަރައިފި އެވެ.

ތަހުގީގީ އިދާރާތަކުން ފޮނުވި މި ލިސްޓު ދިރާސާކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖޮއިންޓް ކޮމިޓީންނެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި ހިމެނެނީ 267 މީހުންނެވެ.

މަޖިލީހުން ކަމާބެހޭ އިދާރާތަކުގައި އެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސް މަގާމްތަކުގައި މިހާރު ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުންގެ ލިސްޓު ފޮނުވައިދޭށެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސީދާ އެދިވަޑައިގަތުމަށް އެ ލިސްޓު މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން މަޖިލީހަށް ލިބިފައިވާ 70،000 އަށް ވުރެ ގިނަ ޓެކްސްޓު މެސެޖު ދިރާސާކުރަން އެކުލަވާލެވިފައިވާ މަޖިލީހުގެ ސަލާމަތާއި ހިދުމަތްތަކާބެހޭ (241) ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ތަހުގީގީ އިދާރާތަކުން ފޮނުވި ލިސްޓާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނާއި، ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުވި ލިސްޓުގައި ހިޔާނާތުގައި ތުހުމަތުކުރެވޭ ޖުމްލަ 281 ނަމެއް ހިމަނާފައިވާ ކަމަށެވެ.

އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގަކީ އަދިވެސް ކުރިއަށްދާ ތަހުގީގަކަށް ވާތީ އެ ލިސްޓާއި ކަމާގުޅިގެން ކޮމިޓީއާ ހިއްސާކުރެވިފައިވާ މައުލޫމާތުގެ ސިއްރު ހިފަހައްޓައި ދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެދިފައިވާ ކަމަށެވެ.

ކޮމިޝަނުގެ ސިޓީއާ ހަވާލާދީ އިންތި ވިދާޅުވި ގޮތުގައި އެ ލިސްޓުގައި މަދަނީ އަދި ޖިނާއީ ދައުވާއެއް އުފުލުމުގެ ފުރުސަތު ނެތް އެއްވެސް ފަރާތެއް ހިމެނިފައި ނުވާ ކަމަށާއި، ލިސްޓު ތަރުތީބު ކުރެވިފައިވަނީ ހިޔާނާތުގައި ޝާމިލުވާ މިންވަރަށް ބަލައިގެން ކަމަށެވެ.

އީވާގެ ބަދަލުގައި ހިސާން

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ބަދަލުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކޮމިޓީގައި ހިމެނުމަށް އެމްޑީޕީގެ ފަރާތުން އެދިފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.

އެ އެދުމާ ގުޅޭގޮތުން އީވާ ވިދާޅުވީ، ރައީސް ނަޝީދަށް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާދެވެމުންދާތީ، މަޖިލީހުގެ ރައީސްގެ ޒިންމާތައް ނައިބު ރައީސްގެ ހައިސިއްޔަތުން އުފުއްލަވަން ޖެހިވަޑައިގަންނަވާތީ ކޮމިޓީގެ މަސައްކަތުގައި އެކަށީގެންވާ ގޮތެއްގައި ބައިވެރިވެވަޑައިގެންނެވެން ނެތް ކަމަށެވެ.

ނަމަވެސް، ކޮމިޓީގެ ނިންމުންތަކުގައި ވޯޓު ނުލެވޭ ގޮތަށް ވީ ވަރަކުން ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށް އީވާ އެދިވަޑައިގެންނެވި އެވެ.

އީވާ އިތުރަށް ވިދާޅުވި ގޮތުގައި ޖޮއިންޓް ކޮމިޓީގެ މަސައްކަތުގެ އިތުރުން، ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބަލަމުންދާ 241 ކޮމިޓީގެ މަސައްކަތް މަޖިލީހުގެ އެންމެ އިސް މަސައްކަތެއްގެ ގޮތުގައި ކަނޑައަޅުއްވަން ބޭނުންފުޅުވާ ކަމަށެވެ.

ކޮމިޓީން ބޭރަށް މައުލޫމާތު ނުގެންދެވޭނެ

އެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މީގެ ކުރިން ވެސް ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުގެ ތެރެއިން ސިއްރު މައުލޫމާތުތައް ހަމައެކަނި ކޮމިޓީގައި ދިރާސާ ކުރަން ކުރިން ނިންމާފައިވާ ނިންމުމެއް އޮންނާނެ ކަމަށެވެ.

އެހެންކަމުން ބޮޑު ހިޔާނާތުގައި ތުހުމަތުވާ މީހުންގެ ލިސްޓު ވެސް އެ އުސޫލުން ދިރާސާ ކުރަން އޭނާ ހުށަހެޅުއްވި އެވެ.

"ސަބް ކޮމިޓީގައި ހިމެނޭ މެމްބަރުންނަށް ވެސް އެ މައުލޫމާތު ބޭރަށް ނުގެންދެވޭ ގޮތަށް އޭރު ވެސް ހަމަޖެހިފައި އޮތީ. އެހެންވީމަ ހަމަ އުސޫލުން މި ފަހަރު ވެސް އަމަލުކުރަން އަޅުގަނޑަށް ފެނޭ،" ހަސަން ލަތީފް ހުށަހެޅުއްވި އެވެ.

އޭގެ މާނައަކީ އެ މައުލޫމާތު ހުރި ތަނަކަށް ކޮމިޓީގެ ކޮންމެ މެމްބަރަކު ވެސް ވަޑައިގެން، އެ އޮންނަ އުސޫލެއްގެ ތެރެއިން އެ މައުލޫމާތު ބެލޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އޭނާ ތަފްސީލުކޮށް ދެއްވި އެވެ.

އެ ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ތާއީދު ކުރެއްވުމުން، އެ ހުށަހެޅުން ފާސްވެފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އޭގެ އިތުރުން، އީވާގެ ބަދަލުގައި މައި ކޮމިޓީގައި ހިސާން ހިމެނުމަށް ފާސްވިއިރު، ޖޮއިންޓް ސަބް ކޮމިޓީގައި ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިންގެ ބަދަލުގައި ހިސާން ހިމެނުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އަދި ކޮމިޓީގެ މަސައްކަތް ކުރިއަށްދާއިރު މަސްލަހަތު ފުށުއަރާ އެއްވެސް މެމްބަރެއް ފާހަގަކުރެވިއްޖެ ނަމަ އެ މެމްބަރަކަށް ކޮމިޓީގެ އެ މައްސަކަތުގައި އިތުރަށް ބައިވެރިނުވެވޭގޮތް ހެދުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ހުށަހެޅުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްވެފަ އެވެ.

ހިޔާނާތުން މަންފާވި ލިސްޓެއް އޮތް ކަން ހާމަކުރީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން އޮކްޓޯބަރު، 24، 2019 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީގެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ބުނެ އެވެ.

ހިޔާނާތުން މަންފާ ވި ކަމަށް ފުލުހުން އާއްމުކުރި ލިސްޓު

  • މަޖިލީހުގެ ކުރީގެ 44 މެމްބަރުން
  • މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
  • ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުން
  • ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.
  • މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
  • ފަސް ފަނޑިޔާރުން
  • ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން

މަޖިލީހުން ކަމާބެހޭ އިދާރާތަކުގައި ހިޔާނާތުގެ ތަފްސީލަށް އެދުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ނުފޮރުވޭނެ ކަމަށާއި ބާރާއި ނުފޫޒު ގަދަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަސް، ވަޒީރުންނާއި އަމީރެއް ވިޔަސް ރައްޔިތުންނަށް ފަޅާއަރުވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައި ވަނިކޮށެވެ. ހިޔާނާތް ބަލަން މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން ހުރަސްއެޅޭ ކަމުގެ ކަންބޮޑުވުން ވެސް އެމަނިކުފާނު ވަނީ ފާޅުކުރައްވައިފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ދުވަހުގެ މެންދުރު އެމަނިކުފާނު ވަނީ ބޭރުގެ މާހިރަކާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހިޔާނާތުގެ މައްސަލަ ބެލުމުގެ ރުހުން ދިނުމަށް އެދި ގައުމީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވަން ނިންމަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox