ރެއާލާއި ބާސެލޯނާ އަދި ޔުވެންޓަސް އިން މައާފަށް ނޭދޭނެ

May 8, 2021, 12:48 PM
ސުޕަ ލީގުން ވަކިނުވެ އޮތް ތިން ޓީމުގެ ރައީސުން: ޔުވެންޓަސްގެ އަލެގްރީ (ކ)، ރެއާލްގެ ޕެރޭޒް (މ) އަދި ބާސެލޯނާގެ ލަޕޯޓާ.

ސުޕަ ލީގުން ވަކިނުވެ އޮތް ތިން ޓީމުގެ ރައީސުން: ޔުވެންޓަސްގެ އަލެގްރީ (ކ)، ރެއާލްގެ ޕެރޭޒް (މ) އަދި ބާސެލޯނާގެ ލަޕޯޓާ.

މެޑްރިޑް (މެއި 8) - ޔޫރަޕިއަން ސުޕަ ލީގުން ވަކިވެ ކުރެވުނު ކުށަށް މައާފަށް އެދެން ޔުއެފާ އިން އެންގި އެންގުމާ އެއްގޮތަށް އަމަލުނުކުރަން މި ވަގުތު ސުޕަ ލީގުގައި އޮތް ތިން ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް އިން ނިންމައިފި އެވެ.

މިދިޔަ މަހު 18 ވަަނަ ދުވަހު 12 ކްލަބާ އެކު ސުޕަ ލީގު އިއުލާނުކުރި ނަމަވެސް އެކި ފިއްތުންތަކާ ހުރެ 72 ގަޑިއިރު ވެސް ނުވަނީސް އޭގެ ތެެރެއިން ނުވަ ޓީމެއް ވަނީ އެ ލީގުން ވަކިވެފަ އެވެ. އެ ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް، އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ.

ޔުއެފާ އިން ރޭ ވަނީ ސުޕަ ލީގުން ވަކިވި ޓީމުތަކަށް ސަސްޕެންޝަނެއް ނުދީ ޖޫރިމަނާތަކެއް ދައްކަން ޖެހޭ ގޮތްތަކެއް ހަދައިފަ އެވެ. އަދި ލީގުންވަކިނުވެ އޮތް ޓީމުތަކުން ވެސް ވީ އެންމެ އަވަހަށް އެ ލީގުގެ ކަންކަން ހުއްޓާލަން ޔުއެފާ އިން ގޮވާލި އެވެ.

Advertisement

ސުޕަ ލީގުން ވަކިނުވެ އޮތީ ރެއާލާއި ބާސެލޯނާ އަދި އިޓަލީގެ ޔުވެންޓަސް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔުއެފާ އިން ދޭ އިންޒާރުތަކާ ހެދި އާއި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ޕްރެޝަރުތަކުގެ ސަބަބުން ސުޕަ ލީގުން ނުވަ ޓީމެއް ވަކިވެފައިވީ ނަމަވެސް މި ވަގުތު ލީގުގައި އޮތް ތިން ޓީމުގެ ވިސްނުމަކީ އަދިވެސް ލީގުގެ ކަންތައްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

ސުޕަ ލީގުގެ ބޭނުމަކީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ހައްގު ހިމާޔަތްކޮށް ފުޓްބޯޅަ ސަޕޯޓަރުން ބޭނުންވާ ފަދަ ލެވަލެއްގެ ފުޓްބޯޅަ މުބާރާތްތަކެއް ރާވައި ހިންގުން ކަމަށް އެ ބަޔާނުގައިވެ އެވެ. ސުޕަ ލީގުގެ ޗެއާމަން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދާދި ފަހުން ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ވަނީ ސުޕަ ލީގުގެ މަސައްކަތްތައް ހުއްޓައިނުލާނެ ކަމަށް ވިދާޅުވެފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުއެފާގެ ވިސްނުމަކީ ވަކި މުއްދަތެއްގެ ތެރޭގައި ސުޕަ ލީގުގެ މަސައްކަތް އެއްކޮށް ހުއްޓައިނުލައިފިނަމަ އޭރު އެ ލީގުގައި އޮންނަ ޓީމުތައް ދެ އަހަރަށް ސަސްޕެންޑް ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox