ނަޝީދަށް ދިން ހަމަލާ ގުޅެނީ ހަރުކަށި ފިކުރާ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް: ހަމަލާއާ ހަރުކަށި ފިކުރާ ގުޅޭ މައުލޫމާތުތައް ލިބިފައިވާ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް: ހަމަލާއާ ހަރުކަށި ފިކުރާ ގުޅޭ މައުލޫމާތުތައް ލިބިފައިވާ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅޭ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލީ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ސައިކަލުގެ މަޑިދަށުގައި ބާއްވައިގެންނެވެ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން އެމަނިކުފާނު ހިންގަވާފައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް 8:27 ގައި ފޯރުމާ އެކު އައިއީޑީ ގޮއްވާލުމުން ލިބުނު ޒަހަމްތަކާ އެކު ބިންމައްޗަށް ވެއްޓިވަޑައިގަތީ އެވެ. އެކުގައި ތިއްބެވި ސެކިއުރިޓީންނަށް ވެސް އަނިޔާވި އެވެ.

އެ ހަމަލާއާ ގުޅިގެން އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުވާ މީހަކާއި ސައިކަލްގެ ވެރިޔާ ވަނީ ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެހެން މީހަކު ހޯދުމަށް ފޮޓޯ ވެސް ފުލުހުން އާންމުކޮށްފައިވެ އެވެ.

ތަހުގީގާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ޕްރޮސިކިއުޓާ ޖެނަރަލް ޝަމީމް ވިދާޅުވީ ހަމަލާއާ ގުޅިގެން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅުން ހުރި ކަންތައްތަކެއް ފެންނަ ކަމަށާއި އެކަން އިތުރަށް ބަލާނެ ކަމަށެވެ.

ނަމަވެސް، ހަމަލާއަކީ ހަމައެކަނި ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅޭ ކަމެއްގެ ގޮތުގައި ނިންމީ ނޫންކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.

"ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭގައި ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅުންތަކެއް ހުރި ކަމަށް އެބަ ބެލޭ، އޭގެއިތުރުން ވެސް އެހެން ކަންތައްތަކެއް ހުރެދާނެތީ އެކަންކަން ފުލުހުން ބައްލަވަމުން ދާނެ، އަޅުގަނޑުމެން ވާނެ ފުލުހަށް އިރުޝާދު ވެސް އަރުވާފައި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ހަމަލާއާ ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅޭ މައުލޫމާތުތަކެއް ލިބިފައިވުމަކީ އެކަން ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަމެއް ކަމަށެވެ.

"މިއީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ، ސީރިއަސްކޮށް އަޅުގަނޑުމެން ބަލާނެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުގައި އެފަދަ އަމަލެއް ފުރިހަމަވުމަށްޓަކައި މަގުސަދެއް އޮންނަން ޖެހެ އެވެ. އެއީ ވަކި ސިޔާސީ ފިކުރެއް ނުވަތަ ޝުއޫރެއް ޕްރޮމޯޓްކުރުމަށް ހިންގި ފަދަ އަމަލަކަށްވާން ޖެހެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، މައްސަލާގެ ތަހުގީގު ކުރިއަށް ދަނީ އިޖުރާއަތްތަކުގެ މަތިން ރަނގަޅަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ތަހުގީގުގެ މައުލޫމާތުތައް ފުލުހުން ޕީޖީއަށް ހިއްސާ ވެސް ކުރަމުންދާ ކަމަށެވެ.

މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ދައުވާ އުފުލޭ މިންވަރަށް މައުލޫމާތާއި ގުޅުން ހުރި ކަންކަން އެބަހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝަމީމް ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ފުލުހުންނާއި ސިފައިން ވެސް ވަނީ ކަނޑައަޅާފަ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ރޭ ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް ހަމަލާދިނީ ކޮމާންޑް ޑެޓޮނޭޝަނަކުންނެވެ. އެއީ، މީހެއްގެ މޫވްމަންޓް ބަލާފައި ރިމޯޓް ކޮންޓްރޯލް ޑިވައިސަކުން ގޮއްވާލުމެވެ.

"މިއީ ޓައިމްކޮށްފައި އޮތް އައިއީޑީއެއް ނޫން. ފޯނަކަށް ވުރެން ބޮޑަށް ލަފާކުރެވެނީ ގޭމްކުޅޭށާއި އެކި ކަހަލަ ކަންކަމަށް ބޭނުންކުރާ ޑިވައިސަކުން ގޮއްވާލީ ކަމަށް." އޭނާ ވިދާޅުވި އެވެ.

މި އައިއީޑީގެ ބާރު، ޝަމާލް ވިދާޅުވި ގޮތުގައި، 2007 ގައި ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ އެތައް ގުނައެއް ބާރުގަދަ އެވެ. ބްލާސްޓް އިފެކްޓާއި އަޑު ވެސް ބާރުގަދަ ކަމަށާއި އޭގެ ތެރެއަށް ލާފައި ހުރީ ރޭޒާ ފުށްތަކެކެވެ. އެއީ ހަމަލާ އަމާޒުކުރާ މީހާއަށް ގެއްލުން ބޮޑު ކުރުމަށް ލާފައި ހުންނަ އެއްޗިއްސެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox