ނަޝީދުގެ އެކްސްރޭ ގާނޫނާ ހިލާފަށް ލީކްކޮށްލި މައްސަލައެއް

އޭޑީކޭ ހޮސްޕިޓަލްގައި ސިއްހީ ހިދުމަތްތެރިއެއް ހަރަކާތްތެރިވަނީ: ނަޝީދުގެ އެކްސްރޭއެއް ލީކްވި މައްސަލައެއް ވަނީ ފެންމަތިވެފައި - ހުސެއިން ވަހީދު \ އަދަދު

އޭޑީކޭ ހޮސްޕިޓަލްގައި ސިއްހީ ހިދުމަތްތެރިއެއް ހަރަކާތްތެރިވަނީ: ނަޝީދުގެ އެކްސްރޭއެއް ލީކްވި މައްސަލައެއް ވަނީ ފެންމަތިވެފައި - ހުސެއިން ވަހީދު \ އަދަދު

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެކްސްރޭ ސޯޝަލް މީޑިއާގައި ލީކްކޮށްލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބާރުގަދަ ގޮވުމާ އެކު، ރައީސް ނަޝީދުގެ ހަށިކޮޅަށް ރޭޒާ ފުއްތަކެއް ވަދެފައިވާއިރު އެ ޒަހަމްތައް ލިބުނު ތަންތަން ފެންނަން ހުރި އެކްސްރޭއެއް ރޭ މީހަކު ވަނީ ޓްވިޓާގައި ލީކްކޮށްލައިފަ އެވެ.

ސޯޝަލްމީޑިއާގައި ލީކްކޮށްލާފައި ވަނީ ރައީސް ނަޝީދުގެ އެކްސްރޭއެއްކަން އެމަނިކުފާނުގެ އާއިލާ މެންބަރަކު "އަދަދު"އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި، އެކަން ކުރީ އާއިލާގެ ރުހުން ހޯދައިގެން ނޫންކަން ވެސް ވަނީ އެނގިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން އާއިލާގެ ރުހުމާ އެކު، ރައީސް ނަޝީދުގެ ސާޖަރީތަކާ ގުޅޭ މައުލޫމާތާއި އެމަނިކުފާނަށް ލިބިފައިވާ އަނިޔާގެ ކޮންމެ ވެސް ވަރެއްގެ ތަފްސީލް ދިނެވެ. ނަމަވެސް އޭގެ ބޭރުން، އޭޑީކޭ ހޮސްޕިޓަލްގެ ތެރެއިން އެކްސްރޭ ލީކްވެފައިވަނީ ކިހިނެއް ކަމެއް ނޭނގެ އެވެ. ނަމަވެސް، އެއީ ރަސްމީކޮށް އާއްމުކޮށްފައިވާ އެއްޗެއް ނޫނެވެ.

އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ވެސް ހޮސްޕިޓަލުން މިހާތަނަށް އާއްމެއް ނުކުރެ އެވެ.

މިއީ، ކިހިނެއް ހިނގައިދިޔަ ކަމެއްތޯ އަދި އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކުރުމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލްއަށް "އަދަދު"ން ގުޅައި، މެސެޖް ކުރުމުން އަދި ޖަވާބެއް ނުދެއްވަ އެވެ.

ސިއްހީ ހިދުމަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ ހާލަތާއި އޭނާއަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާ އާއި އެ ނޫން ވެސް އޭނާގެ ސިއްހީ ހާލަތާއި އޭނާ ލިބިގަތް ހިދުމަތާ ގުޅުންހުރި އެންމެހައި، މައުލޫމާތަކީ ސިއްރު އަދި އިމްތިޔާޒު ލިބިފައިވާ މައުލޫމާތެވެ.

ހިދުމަތް ލިބިގަންނަ ފަރާތުގެ ހުއްދަ އާއި އަދި އެހެން ވެސް ބައެއް އިސްތިސްނާއީ ހާލަތެއްގައި މެނުވީ ސިއްހީ އެއްވެސް ރެކޯޑެއް ހާމަކޮށްގެން ނުވާނެކަން އެ ގާނޫނުގައިވެ އެވެ. މިފަދަ ސިއްހީ ރެކޯޑްގެ ތެރޭގައި ސްކޭންތަކާއި އެކްސްރޭ ފަދަ ތަކެތި ވެސް ހިމެނެ އެވެ.

މިއާ ހިލާފަށް އަމަލު ކުރުމަކީ ޖޫރިމަނާ ވެސް ކުރެވޭ ކުށެކެވެ.

ގާނޫނުގައިވާ ގޮތުން މި ކުށް ކޮށްފި މީހެއްގެ އަދަބަކީ 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި، ތަކުރާރުކޮށް ކުށް ކޮށްފިނަމަ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox