ބަލިވާ މީހުންގެ ފުއްޕާމޭއަށް އަސަރުކުރާ މިންވަރު ބޮޑުވެއްޖެ

May 7, 2021, 8:10 PM
މާލޭގައި ދުވަސްވީ މީހަކު މާސްކު އަޅައިގެން: ބަލި ޖެހޭ މީހުންގެ ފުއްޕާމޭއަށް އަސަރު ކުރާ މިންވަރު ބޮޑު - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

މާލޭގައި ދުވަސްވީ މީހަކު މާސްކު އަޅައިގެން: ބަލި ޖެހޭ މީހުންގެ ފުއްޕާމޭއަށް އަސަރު ކުރާ މިންވަރު ބޮޑު - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ފުއްޕާމޭއަށް އަސަރު ކުރާ މިންވަރު ބޮޑުވެފައިވާ ކަމަށް އެ ބަލީގެ މީހުންނަށް ފަރުވާދިނުމަށް އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި މީގެކުރިން ގޯސް ނުވާ މިންވަރަށް ގޮސްފައިވާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް 700 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެ އެވެ. މި ރޭޓްގައި ބަލި ޖެހޭތާ މިހާރު ދެތިން ދުވަސް ވަނީ ވެފަ އެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ވެސް ބަލި ފެތުރެމުންދާއިރު، ޖުމްލަ 29 ރަށެއް މިހާރު ވެސް އޮތީ އަރާފޭބުން މަނާކޮށް މޮނީޓަރިންގެ ހާލަތުގަ އެވެ. މާލެ އާއި ފަސް ރަށެއްގައި ކާފިއު ވެސް ދަނީ ހިންގަމުންނެވެ.

ޑރ. މުހައްމަދު އަލީ މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިވަގުތު ފެތުރެމުންދަނީ އާ ވޭރިއެންޓެއް ކަމަށް ކްލިނިކަލީ ފެންނަ ފެނުމުން ބެލެވޭ ކަމަށެވެ. ނަމަވެސް، އެކަމުގެ ޓެސްޓްތަކާއި ނަތީޖާތައް ހާމަ ކުރާނީ އެޗްޕީއޭން ކަމަށެވެ.

ނަމަވެސް ޑރ. މުހައްމަދު ވިދާޅުވީ މިހާރު ބަލި ފެތުރޭ މިންވަރު އިތުރުވެފައި، ނުރައްކާތެރި ކަމަށެވެ.

"ފުއްޕާމޭއަށް މި ވޭރިއެންޓުން މާބޮޑަށް އަސަރު ކުރުވާ،" ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވެ އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ރައްކާތެރިވުމަށް އޮތީ މާސްކު އެޅުމާއި ކޮންޓެކްޓް ބަބުލް ކުޑަކުރުން އަދި އަތް ދޮވުން ކަމެވެ.

އާ ވޭރިއެންޓާ ގުޅޭ ގޮތުން މިހާތަނަށް އެޗްޕީއޭން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނާއިރު، ވޭރިއެންޓްތައް ދެނެގަތުމަށް ބައެއް ސާމްޕަލްތައް ނަގައި ޓެސްޓް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ނަތީޖާތައް ލިބުނު ކަމެއް ހާމައެއް ނުކުރެ އެވެ.

އަވަށްޓެރި އިންޑިއާގައި ވެސް ހާލަތު ގޯސްވެގެން ގޮސްފައިވަނީ ނުރައްކާތެރި، އާ ވޭރިއެންޓެއް އުފެދިގެންނެވެ. ރާއްޖޭގައި ވެސް އެ ވޭރިއެންޓް ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށް މީގެކުރިން ބައެއް ޑޮކްޓަރުން ވެސް ވިދާޅުވެފައިވެ އެވެ.

މިފަހުން އިންޑިއާއިން ރާއްޖެއަށް ގިނަ ޓޫރިސްޓުން އަޔެވެ. އޭގެ ތެރޭގައި މެދުއިރުމައްޗަށް ދިޔުމުގެ ކުރިން ކަރަންޓީނުވުމަށް އައިސް، ރަށްރަށުގެ ގެސްޓްހައުސްތަކުގައި 14 ދުވަހު މަޑުކުރި ގިނަ ބަޔަކު ހިމެނެ އެވެ.

އެފަދަ މީހަކު، އއ. ރަސްދޫގައި ކޮވިޑް ބަލީގައި ވަނީ މަރުވެސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox