ރާއްޖެއަށް ދަތުރުނުކުރަން އެމެރިކާއިން އަންގައިފި

May 6, 2021, 2:41 PM
ޓޫރިސްޓުންތަކެއް އެއާޕޯޓްގައި: އެމެރިކާއިން ވަނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އަންގާފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ޓޫރިސްޓުންތަކެއް އެއާޕޯޓްގައި: އެމެރިކާއިން ވަނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އަންގާފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ރާއްޖޭގެ ހާލަތު މި ވަގުތު އޮތް ގޮތުން، ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް ބުނެ އެމެރިކާއިން އެ ގައުމުގެ ރައްޔިތުންނަށް ޓްރެވެލް އެޑްވައިޒަރީއެއް ނެރެފި އެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒޯސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ނެރުނު އެޑްވައިޒަރީގައިވާ ގޮތުން ރާއްޖެ މިވަގުތު އޮތީ ކޮވިޑްގެ އެންމެ ގޯސް ހާލަތުގައި ކަމާއި އެހެންވެ، ރާއްޖެއަށް ދަތުރު ނުކުރުމަށް އިރުޝާދު ދޭ ކަމަށެވެ.

ވެކްސިން ފުރިހަމަ ކުރުމަށްފަހު ވެސް ރާއްޖެއަށް މި ވަގުތު ދަތުރުކުރުން ރައްކާތެރި ނޫން ކަމާއި ވައިރަހުގެ އާ ވޭރިއެންޓްތައް ފެތުރެމުން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް އެޑްވައިޒަރީގައި ބުނެފައިވެ އެވެ.

އެޑްވައިޒަރީގައި އިތުރަށް ބުނީ، ރާއްޖެއަށް ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ވެސް ދަތުރު ކުރަން ވާނީ، ވެކްސިން ފުރިހަމަކުރުމަށްފަހުގައި ކަމަށެވެ. އަދި، ރާއްޖޭގައި އުޅޭއިރު މާސްކު އެޅުމާއި ގައިދުރުކުރުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.

މި އެޑްވައިޒަރީގެ ކުރިން ރާއްޖެ އޮތީ އެމެރިކާގެ ކޮވިޑް ލޯ ރިސްކް ގައުމުގެ ތެރޭގަ އެވެ.

ރާއްޖެއަށް ދަތުރު ނުކުރުމަށް އެމެރިކާއިން އެ ގައުމުގެ ރައްޔިތުންނަށް އެންގިއިރު، އެމެރިކާއަކީ މި ވަގުތު ރާއްޖެއަށް ހަތަރު ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.

ކޮވިޑާއެކު ރާއްޖޭގެ ހާލަތު ގޯސްވެފައިވާއިރު، އަވަށްޓެރި އިންޑިއާގެ ހާލަތު ވެސް ގޯސްވެފައިވާތީ، އެ ގައުމުން ވެސް ގެސްޓްހައުސްތަކަށް ޓޫރިސްޓުން އައުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. މި ފިޔަވަޅުތަކާއެކު، ޓޫރިޒަމަށް ގެއްލުންތަކެއްވާނެ ކަމަށް ބެލެވެ އެވެ.

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، އިއްޔެ އެކަނި ވެސް 700 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާއެކު، މާލޭ ސަރަހައްދަށް ވަނީ ފިޔަވަޅުތަކެއް އަޅައި، ކާފިއު ވެސް އިއުލާންކޮށްފަ އެވެ. މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ވަނީ އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox