ވޮލަންޓިއާކޮށް މަސައްކަތް ކުރައްވަން ފަސްޓް ލޭޑީ ފަޒްނާ އިސްނަންގަވައިފި

ފަސްޓް ލޭޑީ ފަޒްނާ: ކޮވިޑުން ރައްކާތެރިވުމަށް ވޮލަންޓިއާ ކުރަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި.

ފަސްޓް ލޭޑީ ފަޒްނާ: ކޮވިޑުން ރައްކާތެރިވުމަށް ވޮލަންޓިއާ ކުރަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި.

ކޮވިޑުން ރައްކާތެރިވާން ސިއްހީ ދާއިރާ ހިމެނޭ ގޮތުން ކުރާ މަސައްކަތްތަކުގައި ވޮލަންޓިއާކޮށް ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު މިއަދު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ކޮވިޑުގެ ތިން ވަނަ ރާޅުން އަރައިނުގަނެވި އުޅެނިކޮށް ކުރިމަތިވި އާ ރާޅާ އެކު ރާއްޖޭގެ ހާލަތު ގޯސްވެ، ސިއްހީ ހިދުމަތްތެރިންނަށް ވަނީ ބުރަ ބޮޑުވެފަ އެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީީ އެހެން ހިދުމަތްތެރިން އަންނަނީ ދުވާލަކު ދެ ޝިފްޓުގައި ވެސް މަސައްކަތް ކުރަމުންނެވެ. ސިއްހީ ދާއިރާ އަށް ކުރިމަތިވެފައިވާ އުނދަގޫ މި ހާލަތާ ގުޅިގެން ވޮލަންޓިއާކޮށް މަސައްކަތްކޮށްދޭން ސިއްހީ ހިދުމަތްތެރިން ހޯދަން ހެލްތު މިނިސްޓްރީން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.

މިކަމުގައި އިސް ނަންގަވަމުން، ފަޒްނާ ފޭސްބުކްގައި ލިއުއްވާފައިވާ ގޮތުގައި، ފުރުސަތު ލިބިވަޑައިގެންފި ނަމަ ބަލިން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދޭން އެކަމަނާ ތައްޔާރެވެ.

އެކަމަނާ ދާދި ފަހުން ވަނީ މި ބަލި ތަޖުރިބާކުރައްވައިފަ އެވެ. އެކަން ފާހަގަކުރައްވަމުން ވިދާޅުވީ ބަލިން ފަސޭހަވެ މިހާރު ހުންނެވީ ރައްކާތެރި މަރުހަލާގައި ކަމަށެވެ.

ބަލީގައި އެކަހެރިވެގެން ހުންނެވި މުއްދަތުގައި ވެސް ފަޒްނާ ވަނީ މި ބައްޔާ ދެކޮޅަށް ކުރި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ.

ފަޒްނާ ވިދާޅުވީ އޭރު މަސައްކަތް ކުރެއްވީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ޔުނިސެފްއާ ގުޅިގެން އޮންލައިންކޮށް ކަމަށެވެ. އެ މުއްދަތުގައި، އެހީތެރިކަން ބޭނުންވާ އާއިލާތައް ހޭލުންތެރި ކުރުވުމަށް ވީޑިއޯ މެސެޖްތަކެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ކޮވިޑާ ދެކޮޅަށް ހިލޭސާބަހަށް މަސައްކަތްކޮށްދެއްވަން ޝައުގުވެރިވެވަޑައިގަތްއިރު، އެކަމަނާ ގެންދަވަނީ ގާލްގައިޑުގެ މަސައްކަތްތަކުގައި ވެސް އެހީތެރިވެދެއްވަމުންނެވެ.

އަހަރެންގެ ބޭނުމަކީ، އަހަރެން ކުރާ ކަންތައްތަކުގެ ވާހަކަ ދެއްކުމެއް ނޫން. އެކަމަކު، އަހަރެން ފަދައިން އާއްމު ހިދުމަތުގައި މަސައްކަތްކޮށްފައިވާ މީހުންނަށް ގައުމު ބޭނުންވެއްޖެ ހިނދެއްގައި ހިލޭ ސާބަހަށް ނުކުތުމަށް ބާރު އެޅުން. -- ފަޒްނާ

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ފަޒްނާގެ ފޭސްބުކް ސްޓޭޓަސް ނިންމާލައްވަމުން ވިދާޅުވީ ﷲގެ އިރާދަފުޅުން ކޮވިޑްގެ ވަބާއިން އަރައިގަނެވޭނެ ކަމަށެވެ.

ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު ހޮސްޕިޓަލްތައް ފުރި ހިދުމަތް ދޭނެ މީހުން މަދުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ރެއާ ހަމައަށް ވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވަނީ ފުރިފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19ގެ އާ ރާޅެއް އުފުލެމުންދާއިރު، އެ ހާލަތު ކޮންޓްރޯލްކޮށް ފިޔަވަޅުތައް އަޅަން އަވަސް ކުރަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ވެސް މިއަދު ވަނީ ފުޅާކޮށްފަ އެވެ.

އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފައިމިވަނީ ކުރިން ނުވެއްޓޭހާ ގޯސް ހާލަތަކަށް ރާއްޖެ ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. ކޮންމެ ދުވަހަކު އަލަށް ބަލި ޖެހޭ މީހުން ރެކޯޑް އަދަދުތަކުން އިތުރުވަމުން އައިސް، އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އެ ނަމްބަރު 600 ހުރަސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox