ކުޅިވަރު ތަފާތެއް ނުކުރާނަން، ފުޓްބޯޅައާ އެއްވަރެއް ނުވާނެ: މަހުލޫފް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސަރުކާރުން ކަންކަން ކޮށްދޭއިރު ވަކި ކުޅިވަރެއް ތަފާތުނުކުރާނެ ކަމަށާއި އެކަމަކު ފެންނަން އޮތް ހަގީގަތަކީ އަދިވެސް ފުޓްބޯޅައާ އެއްވަރަށް އެހެން ކުޅިވަރެއް ކުރިއަރާފައިނުވާކަން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ކުޅިވަރުތައް ތަފާތު ނުކުރާނެ ކަމުގެ އެއް ހެއްކަކީ އަންހެން ކުޅުންތެރިންނާއި ފިިރިހެން ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދިނުން ކަމަށެވެ. އަދި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ކަންކަން ކުރިއަށްދާ ގޮތުން ވެސް އެކަން ސާފުވާނެ ކަމަށެވެ.

"އެކަަމަކު ފުޓްބޯޅައާ އެއްވަރަކަށް މިއަދު އެހެން ކުޅިވަރެއް ކުޅޭ ތަން ވެސް ނޫންނަމަ ސަޕޯޓްކުރާ ތަން ވެސް ވަރަށް ނުވާ ވަރެއްގައި އޮތް ކަމެކޭ ބުންޏަސް ޔަގީން ރާއްޖޭގައި ދޮގަކަށް ނުވާނެ. ދެ ވަނަ އަށް ފެންނަނީ އެންމެ ފޯރީގައި ވޮލީ ކުޅޭތަން. އެކަމަކު ވޮލީ އާއި ފުޓްބޯޅަ ހުންނަ ތަފާތު މުޅި ރާއްޖެ އަށް ބެލިޔަސް ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ރަށްރަށުން ވެސް ވޮލީ ކޯޓެއްގެ ކުރިން އެ ދައްކަނީ ފުޓްބޯޅަ ދަނޑެއްގެ ވާހަަކަ. ސާފް ޓްރެކެއްގެ ވާހަކަ ނޫނީ ބިލިއާޑްގެ ވާހަކައިގެ ކުރިން އެ އަންނަނީ ފުޓްބޯޅަ ވާހަކަ،"

މި ސަރުކާރުން ކުޅިވަރު އިންފްރާސްޓްރަކްޗާތައް ތަރައްގީ ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މި ސަރުކާރުގެ އެއް ސިޔާސަތު ކަމަށްވާ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވޭ މިންވަރު އިތުރު ކުރުމުގެ ވައުދު ފުއްދަން ކުޅިވަރު ކުޅޭ ގިނަ ސްޓޭޑިއަމްތަކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގިނަ ދަނޑުތައް ތައްޔާރުކުރަނީ ބައިނަލްއަގުވާމީ ފެންވަރަށެވެ.

"އިހަކަށް ދުވަހު ނޫންތޯ މި ހުޅުވީ ބިލިއާޑް ދުނިޔޭގެ ފެންވަރު ތަނެއް. އެތަނަށް އައި ދުނިޔޭގެ ޗެމްޕިއަން ބުނީ މި ވަރުގެ ފެސިލިޓީއެއް ނުދެކެމޭ. އެހާކަންހާވަރު ނޫންތޯ (ނިސްބަތުން) ކުޑަ ކުޅިވަރަކަށް ކޮށްދެވޭނީ،" މަހުލޫފް ވިދާޅުވި އެވެ.

"އެއްވެސް ކުޅިވަރަކުން ނުކެރޭނެ މިއަދު އައިސް ބުނާކަށް މީގެ ކުރިން އެ އަށް ވުރެ ރަނގަޅޭ. ލާހިކެއް ނޫން ބުނާކަށް. ހުރިހާ ކުޅިވަރަކުން ހުންނާނީ ރަނގަޅަށް ކޮށްދީފައި. އެންމެ ބޭނުންވާ ސްޕީޑެއްގައި ހުރިހާ ކަމެއް ވަމުން ނުދިޔަކަސް ހުރިހާ ދިމާލަކުން ވެސް ކަންތައް ކުރިއަށްދޭ،"

މިނިސްޓަރު ވިދާޅުވީ ބާސްކެޓް އިންޑޯ އާއި ވޮލީ އިންޑޯ ހެދުމުގެ ހުއްދަ އަށް މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ އަށް ފޮނުވައިގެން އެ ކަންތައްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ސްވިމިން ޕޫލްގެ އެންމެ ފަހުގެ ހުއްދަތައް ލިބި މި މަސް ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅެން ދިއުމުގެ ހުއްދައެއް ނެތް: މަހުލޫފް

ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާތީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކުޅިވަރު ހަރަކާތައް ހުއްޓާލަން އަންގައިފަ އެވެ. އޭގެ ފަހުން އެކި ކުޅިވަރުތަކުން ކުރި ރިކުއެސްޓްތަކަށް ބަލާފައި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ބައެއް ކުޅިވަރުތައް ކުރިއަށްގެންދަން ހުއްދަ ދިނެވެ. ބައެއް ކުޅިވަރުތައް ފެށީ މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ. އޭގެ ތެރޭގައި ދިރާގު ދިވެހި ޕްރިމިއާ ލީގު ވެސް ހިމެނެ އެވެ.

،މިނިސްޓަރު މަހުލޫފް ވިދާޅުވި މި ފަހުން ކޮވިޑާ ގުޅިގެން ކަންކަން ހުއްޓާލަން އެންގިފަހުން އެއްވެސް އިރަކު ކުޅެން ދިއުމުގެ ހުއްދައެއް ނުދޭ ކަމަށެެވެ.

"ދެން އެކަމު މަޑުމަޑުން ކަންކަން ހަމައަކަށް އެޅެމުން ދިޔަ ވަރަކަށް ޒުވާނުން ނުކުމެ ކުޅެން ފެށީ ފުޓްސަލް. ފުޓްސަލް ދަނޑުތައް ހުރީ އަޅުގަނޑުމެން އަތުގައި އެންމެ ދަނޑެއް. ދެން ހުރި ހުރިހާ ދަނޑުތަކަކީ އެކި ފަރާތްތަކަށް ދޫކޮށްފައި ހުރި ތަންތަން. އެތަންތަނުގައި ކުޅެން ފެށީ. މީހުންނަށް ހީވީ ހުއްދަ އޮތޭ،" މިނިސްޓަރު ވިދާޅުވި އެވެ.

،މަހުލޫފް ވިދާޅުވީ އަނެއްކާ ވެސް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދަކަށް މި ދުވަސްވަރު ގިނަވާން ފެށުމުން އެޗްޕީއޭގެ އެންގުމަށް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ނިންމީ ކަމަށެވެ.

"ކޭސްތައް މައްޗަށް ދާން ފެށީމަ އަޅުގަނޑުމެންނަށް އަންގައިފި އަޅުގަނޑުމެން ދަށުގައި ހުރި ހުރިހާ ތަނެއް ކުޅުން މަނާކުރުން ޔަގީންކުރާށޭ. އެ ހިސާބުން ބާސްކެޓް ކޯޓާ ތަންތަން ބަންދުވެގެން ދިޔަ ގަޑީގައި އެއީ ތަފާތު ކުރުމެއް ކަމަށް ބައެއް ކުދިންނަށް ހީވީ. އެކަަމަކު އަޅުގަނޑަށް ކުރިން ރީޗްކުރި އެކި ފަރާތްތަކަށް ހުންނާނެ ދަންނަވާފައި އެއީ މަނާ ކަމެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ވަރަށް ބޭނުން ކުޅެލަން ދާން. ނުގޮސް މިހުންނަނީ މަނާ ކަމެއް ވީމަ،"

އެކުވެނި ބާސްކެޓްބޯޅަ އައުޓްޑޯ ކޯޓު ބަންދުކުރުމުން ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިންނާއި ކްލަބްތަކުގެ އެެކި ފަރާތްތަކާއި އެކެޑަމީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ފުޓްސަލް އަދި ވޮލީބޯޅަ މުބާރާތެއް ހުއްޓާލަން ޖެހުމާ އެކު ގިނަ އަދަދެއްގެ ޒުވާނުންތަކެއް ވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ގެކައިރީގައި މުޒާހަރާކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރުތައް ހުއްޓާލާފައި ބާއްވަން ޖެހޭތީ މީގެ ސަބަބުން އެތައް ގެއްލުންތަކެއް ކުރިމަތިވާނެ ކަން އެނގޭ ކަމަށާއި އެކަމަކު މި ވަގުތަށް ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް ބޭނުން ނުވިޔަސް ހުއްޓާލަން ޖެހޭ ކަމަށެވެ. އެ ގޮތުން މިނިސްޓަރު ވަނީ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ހުއްޓާލަން ޖެހުމުން ކްލަބްތަކަށް ލިބޭ ގެއްލުން ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox