އެފްއޭއެމް އިން ޓާފް ދަނޑު އަޅައިދޭ 16 ރަށް އިއުލާންކޮށްފި

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ޔޫތު މިނިސްޓްރީ

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ ގުޅިގެން ޓާފް ދަނޑު އަޅަން ނިންމާފައިވާ 16 ރަށެއްގެ ނަން މިއަދު އިއުލާނުކޮށްފި އެވެ.

އެ ރަށްތައް އިއުލާނުކުރީ މިއަދު މެންދުރު ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެފްއޭއެމުން ޓާފް ދަނޑު އަޅަން ނިންމާފައިވާ ރަށްތަކަކީ އދ. ދަގެނގި، ލ. މާބައިދޫ، ގދ. ނަޑެއްލާ، ބ. ކަމަދޫ، މ. ނާލާފުށި، ށ. ކޮމަންޑޫ، ކ. ހުރާ، ރ. އިނގުރައިދޫ، ފ. ބިލެއްދޫ، ހއ. ކެލާ، ތ. ގުރައިދޫ، އއ. އުކުޅަސް، ތ. ވަންދޫ، ގއ. ގެމަނަފުށި، އއ. މާޅޮސް އަދި ގއ. ކޮލަމާފުށި އެވެ.

މި ދަނޑުތަކަކީ މިދިޔަ އަހަރު މާޗް މަހު ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރިއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަން ނިންމި 20 ދަނޑުތަކުގެ ތެރޭގައި ހިމެނޭ ދަނޑުތަކެކެވެ. އެފްއޭއެމުން ބުނީ ހިމެނޭ ދަނޑުތަކަކީ ހުޅުމާލޭގައި އަޅާ ފުޓްބޯޅަ ސްކޫލަށާއި ވިލިމާލޭގައި އަޅާ ދަނޑާއި މާލޭ ހިއްކިބިމުގައި އޮތް ސަރަހައްދުގައި އަޅާ ދަނޑެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޮންމެ ދަނޑަކީ ވެސް ފީފާ އެޕްރޫވް ޓާފް ދަނޑެއް ކަމަށާއި ފެންސް ޖަހާފައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ޖަހާފައި ދިވެހި ޕްރިމިއާ ލީގު ކުޅެވޭ ފެންވަރަށް ގާއިމްކުރެވޭ ދަނޑުތަކެއް ކަމަށެވެ.

"މުސްތަގުބަލުގައި އަޅުގަނޑުމެން 2023/2024 ގައި ރާވާފައި މިވާ ބޮޑު ފުޓްބޯޅަ ލީގު. ނުވަތަ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރުމަށް މިކުރެވޭ މަސައްކަތުތައި މި ދަނޑުތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފިގެންދާނެ. އަޅުގަނޑުމެން މި ދަނޑުތައް އެޅުމުގެ މައިގަނޑު ބޭނުމަކަށް މިވަނީ މި މުބާރާތަށް މި ލީގަށް ސަރުކާރާ ގުޅިގެން އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ދަނޑުތަކެއް އެޅިގެންދިއުން،" ބައްސާމް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ފަސް އަހަރު ތެރޭގައި 100 ޓާފް ދަނޑު އަޅަން އަމާޒުހިފައިފަ އެވެ. އޭގެ ތެރެއިން 75 ދަނޑެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު، އޭގެ ތެރެއިން 15 ވަރަކަށް ދަނޑެއްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ވަރަށް އަވަހަށް އިތުރު ދަނޑުތަކެއް ނިމޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މި ދަނޑުތަކުގެ މަސައްކަތްކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ކޮންމެ ރަށަކަށް ދިޔަސް އެންމެ ފުރަތަމަ އެ ރަށަކުން އެދޭ ކަމަކީ ފުޓްބޯޅަ ދަނޑެއް ނޫނީ ފުޓްސަލް ދަނޑެއް އެޅުމަށް އެދޭ އެދުމެއް ކަމަށެވެ.

"މި ލިސްޓު އެކުލަވާލެވިފައިވަނީ އަޅުގަނޑުމެންނާ އެފްއޭއެމާ މަޝްވަރާ ކުރެވިގެން. 2024 ގައި ދިވެހި ޕްރިމިއާ ލީގު ފުޅާކުރަން އެފްއޭއެމުން މަސައްކަތް ކުރަމުންދާއިރު. އަޅުގަނޑު ގަބޫލުކުރަން މީގެ ސަބަބުން ފުޓްބޯޅަ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އުއްމީދަކީ ވީހާވެސް އަވަހަށް ދަނޑުތަކުގެ އަަމަލީ މަސައްކަތް ފެށިގެން ވީހާ ވެސް އަވަހަށް ދަނޑުތައް ހަދައި ނިންމާލުން ކަމަށެވެ. މި ލިސްޓު ކަނޑައެޅުމުގައި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތަކުގެ އެ ހުރި ކަންކަން ބެލުމާއި އެކި ގޮތްގޮތުން މަޝްވަރާ ކުރެވިގެންދިޔަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox