މުނާސަބު ވަގުތެއް ނޫން، އޭއެފްސީ ކަޕް ބޭއްވުން ރައްކާތެރިވާނެ: ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ރެކޯޑް އަދަދަކަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި އޭއެފްސީ ކަޕްގެ މެޗުތަކެއް ރާއްޖޭގައި ބޭއްވުމަށް މިއީ އެންމެ މުނާސަބު ވަގުތު ކަމަށްނުވި ނަމަވެސް އެ މުބާރާތުގެ މެޗުތައް ބޭއްވޭނީ ފުރިހަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ހާއްސަ ހުއްދައާ އެކު މިހާރު އޮތްގޮތުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި މި މަހު 11 ވަނަ ދުވަހު ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު މާލޭގައި ކުޅޭނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ.

އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ މެޗުތައް ބާއްވާނީ މި މަހު 14 އިން 21 އަށް މާލޭގަ އެވެ. ރާއްޖޭން އެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަކަށް ބައްސާމް ވިދާޅުވީ އޭއެފްސީ ކަޕް ބޭއްވުމަށްޓަކައި ދޭން އޮތް ޔަގީންކަމަކީ އެފްއޭއެމުން ހުރިހާ ގަވާއިދުތަކަށް ބޯލަނބާނެކަން ކަމަށެވެ.

"ބަރާބަރަށް ޓެސްޓިން އާއި ރޭންޑަމް ސާމްޕަލިން އާއި ކަންކަން ދާނެ. މީގެ އޯގަނައިޒިން ބޮޑުބައި ކުރިއަށްގެންދާނީ އޭއެފްސީގެ ފަރާތުން އަންނަ ބޭފުޅުން. ދެން ހަމައެއާ އެކީގައި އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް މި މުބާރާތް މި ގްރޫޕް ސްޓޭޖް ބޭއްވިގެން ދިއުމަކީ،" ބައްސާމް ވިދާޅުވި އެވެ.

"އެފްއޭއެމްގެ ފަރާތުން ހުރިހާ ރައްޔިތުންނަށް ވެސް ޔަގީންކަން އަރުވަން ބޭނުން ވަރަށް ބޮޑަށް ރައްކާތެރި ފިޔަވަޅު ތެރެއިން ވަކި ހާއްސަ ބަބްލްއެއްގެ ތެރޭގައި ތިބެގެން ކުރިއަށްދާނީ. އަންނަ ޓީމުތަކަށް ވެސް ހަމައެކަނި ބޭރަށް ދެވޭނީ ޓްރެއިނިން އަށް އެއަށް ފަހު މެޗަށް. އިތުރު އެއްވެސް ތާކަށް ދެވޭނެ ގޮތެއް ނޯންނާނެ. އެންމެން ތިބޭނީ އެއް ދިމާލެއްގައި،"

ބައްސާމް ވިދާޅުވީ ރާއްޖޭގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ބޭއްވިގެންދިއުން ކަމަށެވެ. އަދި މި ފަދަ އުނދަގޫ ދަނޑިވަޅެއްގައި ރާއްޖޭގައި އޭއެފްސީ ކަޕްގެ މި މެޗުތައް ބޭއްވިއްޖެނަމަ މުސްތަގުބަލުގައި އޭއެފްސީގެ ފަރާތުން އިތުރު ފުރުސަތުތަކެއް ރާއްޖެ އަށް ފަހިވެގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އޭއެފްސީގެ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ހަމަ އެކަށީގެންވާ ކަމެއް. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ރަނގަޅު ޓެސްޓިން މުބާރާތަކަށް ވެގެން މިދަނީ،" ބައްސާމް ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށްގެންދަން ހާއްސަ ހުއްދައެއް ދެއްވީތީ ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެޗްޕީއޭ އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަށް ބައްސާމް ވަނީ ޝުކުރުއަދާކޮށްފަ އެވެ.

އެންމެ ރައްކާތެރިކޮށް ކުރިއަށްދާނެ ކަމަކީ އޭއެފްސީ ކަޕް: މަހުލޫފް

އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރުމުގެ ބިޑް ކުރުމުގެ މަރުހަލާއިން ފެށިގެން ޔޫތު މިނިސްޓްރީން ދިޔައީ އެފްއޭއެމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ އީގަލްސް އާއި މާޒިޔާ އަށް ވެސް ޔޫތު މިނިސްޓްރީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް އެ ކްލަބްތަކުން ވަނީ ބުނެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިނިސްޓަރު މަހުލޫފް މިއަދު ވިދާޅުވީ ރާއްޖެ އަތުން އޭއެފްސީ ކަޕްގެ ފުރުސަތު ނުގެއްލުނީތީ ވަރަށް އުފާކުރާ ކަމަށެވެ. ފުޓްބޯޅަ އާއި ކުޅިވަރު ދަންނަ ފަރާތްތަކަށް މިއީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން ކުޅިވަރު އަންޑަސްޓޭންޑްނުވާ (އޮޅުންނުފިލާ) ބައެއް ބޭފުޅުންގެ ތަންކޮޅެއް ނެގެޓިވް ކޮމެންޓްސްތަކެއް ވެސް ފެނުނު،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ދާއިރާތަކުގައި ހިނގާ އެކި އެކި ކަންތައްތަކަށް ވުރެ އޭއެފްސީ ކަޕް ކުރިއަށްގެންދަން އެކުލަވާލާފައިވާ ގައިޑްލައިންތައް ހަރުކަށި ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެންމެ ރައްކާތެރިކޮށް ބޭއްވޭނެ ކަމަކީ އޭއެފްސީ ކަޕް ކަމަށް ބުނަން ކެރޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިހާރު ރާއްޖޭގައި ކުރަމުންގެންދާ ހުރިހާ ކަންތައްތަކަށް ވުރެން ވެސް މާ ރައްކާތެރި ފިޔަވަޅު އެޅިގެން ކުރާނެ ކަމެއް މިއީ. މިސާލަކަށް މިސްކިތަކަށް ދާއިރު ޓެސްޓެއް ނުކުރޭ. ކެފޭތަކަށް ދާއިރު ޓެސްޓްކޮށްފައި ނުވަދެވޭ. އެތާ ތިއްބަކައެއް ރެންޑަމް ސާމްޕަލް ނުނަގާ. މަގުމަތީ ދުވަންދާއިރު އެކަމެއް ނުހިނގާނެ. ސައިކަލް ދުއްވަންދާއިރުގައި އެ ކަމެއް ނުހިނގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުބާރާތުގެ އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތުން ކޮންމެ ޓީމެއް ވެސް މުބާރާތުގައި ކުޅޭ ދުވަސްވަރު ތިބެންޖެހޭނީ ސޭފްޓީ ބަބްލްއެއްގެ ތެރޭގަ އެވެ. ހަމައެކަނި ދެވޭނީ މެޗާއި ޓްރެއިނިން އަށް އެކަންޏެވެ. މިކަމުގައި ބޭރުގެ ކްލަބެއް ނޫނީ ރާއްޖޭގެ ކްލަބެއް ތަފާތެއް ނުވާނެ އެވެ. އޭއެފްސީން ބޭނުންވި ކޮންމެ ވަގުތެއްގައި ރޭންޑަމް ސާމްޕަލް ދޭން ޖެހޭނެ އެވެ. ދުވާލަކު އެއް ފަހަރު ކުޅުންތެރިންގެ ހޫނުމިން ޗެކް ކުރަން ޖެހޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ ގައިޑްލައިންގެ ކަންތައްތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން ފުލުހުން ބަހައްޓަން ޖެހުނަސް އެކަން ވެސް ކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު އުއްމީދުކުރަނީ. މިކަން ނިމިގެންދާއިރު ވަރަށް ސަލާމަތާ ރައްކާތެރި ކަމާ އެކު ކުރެވޭނެ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ދެކެވިފައި އޮންނަ އޮތުން މިހާރު ބަދަލުކުރަން ޖެހޭ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ. އަދި އެހެން ސިނާއަތްތަކަށް ހުއްޓުން އައުމުން ގެއްލުންވާ ގޮތަށް ފުޓްބޯޅަ މުބާރާތްތައް ހުއްޓާލުމުން ވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވާކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ގަބޫލުކުރަން ޖެހޭ ކުޅިވަރަކީ ކުޅިވަރު ނޫން ކަން. ފުޓްބޯޅަ އަކީ ކުޅިވަރެއް ނޫން. ބައްލަވާ މިހާރު މިސާލަކަށް މި ކޭސްތައް މައްޗަށް ދިޔައިރު ފިހާރަތަށް ބަންދެއް ނުކުރޭއެއް ނޫންތޯ. ކެފޭތައް ބަންދެއް ނުކުރޭތޯ. އެކަން ކުރަނީ އެއީ ވިޔަފާރިއެއް ވީމަ. އޭގެ ކެފޭ އަކަށް ވުރެ މާ ބޮޑު ގެއްލުންތަކެއް މީގެ ކްލަބަކަށް ކުރުމުގެ ފުރުސަތު އޮންނާނެ،" މަހުލޫފް ވިދާޅުވި އެވެ.

"މިސާލަކަށް ކިޔަމާ ހިނގާ ހަމައެކަނި މާޒިޔާގެ ކޯޗަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން މަހަކު އެއް ލައްކަ ފަންސާސް ހާސް ރުފިޔާ ހަރަދުކުރޭ. ޖުމްލަ މި އަހަރަށް އޭއެފްސީ މުބާރާތަށް ތައްޔާރުވާން އަށް މިލިއަނެއްހާ ރުފިޔާ ހަރަދުކުރި،"

އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ނުބޭއްވިއްޖަނަމަ އޭއެފްސީގެ އަދަބެއް ރާއްޖެ އަށް އައުން ނޫނީ ރާއްޖޭގެ ކްލަބްތަކަށް މި މުބާރާތް ގެއްލުން ކަހަލަ ކަންކަން ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަހްްލޫފު ވިދާޅުވީ އޭއެފްސީ ކަޕް ބާއްވާތީ ހުރި ކަންބޮޑުވުންތަކާ އެކު ވެސް މިކަން ކުރިއަށްގެންދަން ޖެހޭ ކަމަށާއި މިކަން ކުރާނީ އެންމެ ފުރިހަމަ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ކަމަށެވެ.

އޭއެފްސީ ކަޕްގައި ވާދަކުރާ ޓީމުތައް އަންނަ ހަފްތާގައި މާލެ އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox