ޕޭޕަރުތައް ލީކުވުމުން އޭ ލެވެލް އިމްތިހާން ކުރިއަށް ނުގެންދަން ނިންމައިފި

އޭލެވެލް އިމްތިހާނުގައި ބައެއް ދަރިވަރުން ބައިވެރިވަނީ: ތިން ޕޭޕަރެއް ލީކުވުމާ ގުޅިގެން އިމްތިހާން މިހާރު ވަނީ ކެންސަލްކޮށްފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭލެވެލް އިމްތިހާނުގައި ބައެއް ދަރިވަރުން ބައިވެރިވަނީ: ތިން ޕޭޕަރެއް ލީކުވުމާ ގުޅިގެން އިމްތިހާން މިހާރު ވަނީ ކެންސަލްކޮށްފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖެ އާއި ދުނިޔޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އޭ ލެވެލްސް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކް ވެފައިވާތީ މި އިމްތިހާނު އިތުރަށް ކުރިއަށް ނުގެންދަން އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

މިދިޔަ ހަފުތާގައި ފިޒިކްސް ޕޭޕަރާއި ބައޮލޮޖީ ޕޭޕަރު ލީކް ކޮށްލާފައިވާއިރު، ކެމިސްޓްރީ ޕޭޕަރު އިންޓަނެޓްގައި މިއަދު ހެނދުނު ވަނީ ލީކޮށްލައިފަ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދިޔަ ހަފްތާގައި ދެ ޕޭޕަރެއް ލީކުވުމާއެކު އެޑެކްސެލް އާއެކު މަޝްވަރާކުރެވުނު ކަމަށާއި، ދެން އިތުރު ޕޭޕަރެއް ލީކުނުވާނެ ކަމުގެ ޔަގީން ލިބުނު ކަމަށެވެ.

ނަމަވެސް، މިއަދު ތިންވަނަ ޕޭޕަރު ލީކުވުމާއެކު އެޑެކްސެލް އާއެކު އިތުރަށް މަޝްވަރާކުރުމަށްފަހު، މި އިމްތިހާނުގެ ސައްހަކަން ގެއްލިފައިވާތީ، މި އިމްތިހާނު ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިމްތިހާނު ކުރިއަށް ނުގެންދަން މިއަދު ހެނދުނު ބައެއް ބެލެނިވެރިން އިހުތިޖާޖުކޮށްފައިވާއިރު، ބައެއް ބެލެނިވެރިން އޭޕްރީލް/މެއި ގައި މި އިމްތިހާނު ނިންމަން ވެސް ބޭނުންވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މި އިމްތިހާނަށް ތައްޔާރުވާތާ ތިން އަހަރުވީ. އެހެންވީމާ ބައެއް ކުދިންގެ ބެލެނިވެރިން އެބަ ބޭނުންވޭ އޭޕްރީލް/މެއި ގައި އިމްތިހާނު ނިންމާލަން. ދެން މިކަމަށް އިތުރު ވަގުތު ބޭކާރުނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުދިންނަށް ދެ އޮޕްޝަނެއް

ބެލެނިވެރިންގެ އެދުމުގެ މަތިން، އެޑެކްސެލްގެ ވެސް މަޝްވަރާއާއެކު މި އިމްތިހާނުގައި ބައިވެރިވާންތިބި ކުދިންނަށް ދެ އޮޕްޝަނެއް ދިނުމަށް ނިންމާފައިވާކަން ޑރ. އައިޝަތު އަލީ އިއުލާނުކުރެއްވި އެވެ.

މިގޮތުން، ފުރަތަމަ އޮޕްޝަނަކީ އޮކްޓޯބަރު/ނޮވެމްބަރު މަހަށް އިމްތިހާނު ފަސްކުރުމެވެ. އަނެއް އޮޕްޝަނަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި އޭޕްރީލް/މެއި ގައި އިމްތިހާނު ނިންމަން ބޭނުންވާ ކުދިންނަށް "ޓީޗާ ބޭސްޑް އެސެސްމަންޓް" އެއް ހެދުމެވެ.

އެކަމުގެ އިތުރު ތަފްސީލު ދެއްވަމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިޔުޓީ އެޑިޔުކޭޝަން މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ކުދިންގެ ފެންވަރު ވަޒަންކުރަން އޮންނަ ސުވާލު ކަރުދާހުގައި ބައި ދޫކޮށްލީ ކަމަށެވެ.

"އޭޕްރީލް މޭގައި އިމްތިހާނު ނިންމަން ބޭނުންވެފައި ތިބި ކުދިންނަށް ޓީޗަރު ބޭސްޑް އެސެސްމެންޓް މޮޑެލް އަކަށް މި ދަނީ" އިހުސާން ވިދާޅުވި އެވެ.

މިގޮތުން އެ އެސެސްމެންޓުގައި ސުވާލު ކަރުދާސްތައް ތައްޔާރު ކުރާނީ އެ ސްކޫލަކުން ކަމަށާއި، ނަމަވެސް އެ ހުންނާނީ އެޑްއެކްސެލްގެ މިންގަޑަށެވެ.

"އެގްޒާމް ކޮންޑިޝަންގައި މި ސުވާލު ކަރުދާސްތައް ތައްޔާރުކުރާނީ. އެޑެކްސެލް ގްރޭޑް ސެޓްފިކެޓް ހަމަ ލިބޭނީ" އިހުސާން ވިދާޅުވި އެވެ.

ނަމަވެސް، ޓީޗާސް ބޭސްޑް އެސެސްމަންޓް ހަދާ ކުދިންނަށް ރައީސްގެ ސްކޮލަޝިޕެއް ނުލިބޭނެ ކަމަށާއި، ސްކޮލަޝިޕްގައި ބަލާނީ ހަމައެކަނި އެޑެކްސެލްގެ އިމްތިހާނަށްކަމަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox