ޖުޑިޝަރީ ކޮމިޓީ ދިފާއުވާން ގޯސްކުރީ ބަންޑާރަ ނައިބު!

ޖުޑިޝަރީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ބަންޑާރަ ނައިބު އަމަލު ކުރި ގޮތް ގޯސް ކުރެއްވި - ފޮޓޯ: މަޖިލިސް

ޖުޑިޝަރީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ބަންޑާރަ ނައިބު އަމަލު ކުރި ގޮތް ގޯސް ކުރެއްވި - ފޮޓޯ: މަޖިލިސް

ދެފުށް ފެންނަ ގޮތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމާއި އިންސާފު ގާއިމްކޮށް ދިނުމަށް ސަރުކާރަށް އުނދަގޫވެފައިވަނީ ޖުޑިޝަރީ ކޮމިޓީން ކަމަށް ދޭހަކޮށް ސަރުކާރުން ދެއްކި ވާހަކަތަކުން ދިފާއުވާން އެ ކޮމިޓީން ބަންޑާރަ ނައިބު ގޯސްކޮށްފި އެވެ.

ރައީސް އޮފީހުގެ ލީގަލް ކައުންސިލް އަހުމަދު އަފީފު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މަދަނީ އިޖުރާއަތުގެ ބިލް ފާސްވުން ލަސްވުމެވެ. މަދަނީ އިޖުރާއަތުގެ ގާނޫނަކީ އެމްޑީޕީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގާނޫނެކެވެ.

މަދަނީ އިޖުރާއަތުގެ ބިލް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ފޮނުވާފައިވާއިރު އަަދިވެސް އެ ބިލް އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ.

Advertisement

"އެހެންވީމަ މިހާ ގިނަ ދުވަސް މި ބިލް ގާނޫނަކަށްވެފައި ނުވާތީ އެއީ އަނެއްކާވެސް އިންސާފު ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއް،" އަފީފް ވިދާޅުވި އެވެ.

އެކަމާ ވަރަށް ބޮޑަށް ނުރުހުންވެ، މިއަދު މަޖިލީހުގެ އިދާރާގައި ޖުޑިޝަރީ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި، ބިލް ލަސްވެފައިވަނީ ބަންޑާރަ ނައިބު އެކަމުގައި އަމަލު ކުރައްވާފައިވާ ގޮތުން ކަމަށެވެ.

އެގޮތުން، ބިލްގެ މަސައްކަތުގެ ޓައިމްލައިނެއް ކިޔައިދެއްވަމުން އިމްތިޔާޒު ވިދާޅުވީ އެންމެ ފުރަތަމަ ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވީ ބިލްގެ އަސްލު ވާޝަނެއް ނޫންކަން އެންގި ކަމަށެވެ. ބިލްގެ މަސައްކަތް ކޮމިޓީން ވަރަށް ބާރަށް ކުރަމުން ދަނިކޮށް ފޮނުވާފައި އޮތް ބިލަކީ އަސްލު އެއްޗެއް ނޫންކަން ބަންޑާރަ ނައިބުން އެންގުމުން ބިލްގެ މަސައްކަތްތައް ހުއްޓާލައި، ރަނގަޅު ބިލް ފޮނުވުމަށް ކޮމިޓީން ފުރުސަތު ދިން ކަމަށެވެ.

ދެން ބިލް ފޮނުވަމުން ދިޔައީ ބާބުތައް ވަކިވަކިން ކަމާއި އެ ބާބުތަކަށް ހިޔާލު ހޯދުމުގެ މަސައްކަތް ކޮމިޓީން ކުރަމުން ދިޔައިރު އޮކްޓޯބަރު މަހުގެ ތެރޭގައި ބިލް އެއްކޮށް ފޮނުވާނެ ކަމުގެ ޔަގީންކަން ބަންޑާރަ ނައިބު އޮފީހުން ދީފައި އޮތް ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. ނަމަވެސް، އެ މުއްދަތަށް ވެސް ބިލް އެއްކޮށް ފޮނުވާފައިނުވާ ކަމަށެވެ.

"އެކަމާ ކޮމިޓީން ވަރަށް ބޮޑަށް ކަންބޮޑުވި، އެއް ދުވަހެއްގެ ރަސްމީ ނިންމުމަކުން ކޮމިޓީން ނިންމެވީ ބިލްގެ މަސައްކަތް ކުރެވޭކަށް ނެތޭ ރަނގަޅު ވާޝަން ނުފޮނުވުމުގެ ސަބަބުން، އެހެންވެ ބިލް ދިރާސާ ކުރެވެން ނެތް ކަމަށް ނިންމައި މައްސަލަ ބޭރުކުރަން ކޮމިޓީން ނިންމި،" އިމްތިޔާޒު ވިދާޅުވި އެވެ.

"އެހެންނަމަވެސް، ފަހުން ވިސްނުނީ ކޮމިޓީން ނިންމިއެއް ކަމަކު މަޖިލީހުގެ ތަޅުމުގައި ބަހުސެއް ފެށޭނޭ ސަރުކާރު އެމްބަރެސްމެންޓަކަށް ގޮސްދާނެ ކަމަށްޓަކައި އަޅުގަނޑުމެން އެހެންވެ ބިލް ބޭރުކޮށްލުމުގެ މަސައްކަތް އެ ހިސާބަށް ނުގެންދިޔައީ،"

އިމްތިޔާޒު ވިދާޅުވި ގޮތުގައި އަނެއްކާވެސް ކޮމިޓީން ބިލްގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ މަސައްކަތް ފެށުމުން ބަންޑާރަ ނައިބުގެ އޮފީހުން ނޮވެމްބަރު މަހުގެ ތެރޭގައި ބަޖެޓް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ބިލް އެއްކޮށް ފޮނުވި ކަމަށެވެ. ބަންޑާރަ ނައިބު އަމަލު ކުރެއްވި ގޮތުން އެއް އަހަރު ބޭކާރުވެގެން ދިޔަކަން އޭނާ ފާހަގަ ކުރައްވަމުން ވިދާޅުވީ، މިހާރު މަދަނީ އިޖުރާއަތުގެ ބިލް މަސައްކަތް ބާރަށް ކުރަމުންދާ ކަމަށާއި އެއީ މުހިންމު އަދި ބޮޑު ބިލަކަށްވާތީ ވޯކްޝޮޕެއްގެ ގޮތުގައި އެއާމެދު ހިޔާލު ހޯދައި ދިރާސާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މިހެން ކަން ހިނގާފައިވަނިކޮށް ރައީސް އޮފީހުގެ ލީގަލް ކައުންސިލް އެފަދައިން ވާހަކަ ދެއްކުން އަޅުގަނޑުމެން ބަލައެއްނުގަންނަން،" އިމްތިޔާޒު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒު: ބަންޑާރަ ނައިބު އަމަލު ކުރި ގޮތް ގޯސް ކުރެއްވި - ފޮޓޯ: މަޖިލިސް
ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒު: ބަންޑާރަ ނައިބު އަމަލު ކުރި ގޮތް ގޯސް ކުރެއްވި - ފޮޓޯ: މަޖިލިސް

ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒު: ބަންޑާރަ ނައިބު އަމަލު ކުރި ގޮތް ގޯސް ކުރެއްވި - ފޮޓޯ: މަޖިލިސް

ލީގަލް ކައުންސިލާމެދު ނުރުހުން

އިމްތިޔާޒު ވަނީ އަހުމަދު އަފީފު ދެއްކެވި ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުން އޭނާގެ ނަޒާހަތްތެރިކަމާމެދު ވެސް ސުވާލު އުފައްދަވާފަ އެވެ. އެގޮތުން، އަހުމަދު އަފީފު، ޖުޑިޝަރީ ކޮމިޓީގެ ބޮލުގައި އިލްޒާމުތަކެއް އެޅުއްވީ މަންދު ކޮލެޖުގެ މައްސަލާގައި ކަމާއި އެ މައްސަލާގައި އޭނާގެ ވަރަށް ބޮޑު މަސްލަހަތެއް އެބަ އޮތް ކަމަށެވެ.

އަހުމަދު އަފީފަކީ، މަންދު ކޮލެޖް ހިންގައި މާލޭ ހައި ކުންފުނި ތަމްސީލް ކުރެއްވި ވަކީލެވެ. އަދި ބަދަލު ދިނުމަށް ރައީސް އޮފީހުގައި ހެދި ސްޓެލްމެންޓް ކޮމިޓީގައި ވެސް އަފީފު އިންނަވާއިރު އޭނާއަކީ މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލްގެ ޅިއަނެކެވެ.

"އެހެންވެ އަޅުގަނޑުމެންނަށް މި ސުވާލު އުފެދެނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ބައެއްގެ ބޮލުގައި އިލްޒާމް އެޅުވުމަށް އެހާ ޝައުގިވެރިކަމެއް ގެންގުޅުއްވީ ކީއްވެތޯ،" އިމްތިޔާޒު ސުވާލު އުފެއްދެވި އެވެ.

"އެހެންވެ އިންޓެގްރިޓީއާމެދު އެބަ ސުވާލު އުފައްދަން އެ ބޭފުޅާއާމެދު،"

މަންދު ކޮލެޖްގައި އަހުމަދު އަފީފްގެ މަސްލަހަތު އޮތްއިރު، އެކަމަށް ރޭ އޭނާ އަމިއްލައަށް ވެސް އެއްބަސްވަމުން ވިދާޅުވި ގޮތުގައި މަންދު ކޮލެޖާ ގުޅޭ އެއްވެސް މުއާމަލާތެއްގައި އޭނާ ބައިވެރިވެފައި ނޯންނާނެ ކަމަށެވެ.

"އެހެންވެ މަންދު ކޮލެޖާ ގުޅޭ ސުވާލުތަކަށް ޖަވާބުދިނުމަށް އަޅުގަނޑު އުޒުރުވެރި މިވަނީ،" އަހުމަދު އަފީފު ވިދާޅުވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަންދު ކޮލެޖާ ގުޅޭ ގޮތުން އަފީފު އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް، ބަދަލު ދިނުމަށް ސަރުކާރުން އަމަލު ކުރާ ގޮތް ދިފާއު ކުރެއްވި އެވެ. އެގޮތުން، ކޯޓުތަކުގެ ތިން މަރުހަލާ ނިމުމުގެ ކުރިން ބަދަލު ދޭން ބަންޑާރަ ނައިބު ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ދައުލަތުން އެއްބަސްވެފައިވަނީ ސިވިލް ކޯޓުގައި ޝަރީއަތުގެ މަރުހަލާއަށް ދިޔުމުގެ ކުރިން، ޑިސްޕިއުޓް މަރުހަލާގަ އެވެ.

އެހެންވެ، މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މައްސަލާގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.

އިމްތިޔާޒު ވިދާޅުވީ ބަދަލު ނަގައިދިނުމަށް ސަރުކާރުން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހައިން ބަދަލު ދެމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ނަމަވެސް، ބައެއް ފަރާތްތަކާމެދު ތަފާތުކުރުން ގެންގުޅޭކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

ބަންޑާރަ ނައިބުގެ މަސައްކަތް ލަސް

އިމްތިޔާޒު ވިދާޅުވި ގޮތުގައި އިންސާފު ގާއިމްކޮށް ދިނުމަށް ސަރުކާރާއި އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ގިނަ ގާނޫނުތަކެއް ވުޖޫދަށް ގެންނަން ޖެހޭއިރު ބަންޑާރަ ނައިބު އެގޮތުގެ މަތިން ބިލްތައް ފޮނުވަމުން ނުދާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒު: ބަންޑާރަ ނައިބު އަމަލު ކުރި ގޮތް ގޯސް ކުރެއްވި - ފޮޓޯ: މަޖިލިސް
ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒު: ބަންޑާރަ ނައިބު އަމަލު ކުރި ގޮތް ގޯސް ކުރެއްވި - ފޮޓޯ: މަޖިލިސް

ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒު: ބަންޑާރަ ނައިބު އަމަލު ކުރި ގޮތް ގޯސް ކުރެއްވި - ފޮޓޯ: މަޖިލިސް

އެގޮތުން، މި އަހަރު ފޮނުވާނެ ކަމަށް ބަންޑާރަ ނައިބުން އިއުލާން ކޮށްފައިވާ 33 ބިލްގެ ތެރެއިން ނިމިދިޔަ ދައުރަށް ފޮނުވުނީ އެންމެ ހަތް ބިލް ކަމަށާއި އޭގެ ތެރޭގައި ވެސް ވަނީ ކުދިކުދި އިސްލާހުތައް ހިމެނޭ ބިލްތައް ކަމަށެވެ.

މުހިންމު ބިލްތައް ފޮނުވުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމުގެ ކަންބޮޑުވުން އިމްތިޔާޒު ފާޅުކުރެއްވި އެވެ.

އެގޮތުން، ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލްގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމަށް މުހިންމުވެފައިވާ ހެއްކާ ބެހޭ ގާނޫނުގެ ބިލް މިހާތަނަށް ވެސް ފޮނުވާފައިނުވާކަން އިމްތިޔާޒު ފާހަގަ ކުރެއްވި އެވެ.

އެގޮތަށް ބިލްތައް ލަސްވުމުން، މަޖިލީހުން ބިލްތައް އަމިއްލައަށް އެކުލަވާލުމުގެ މަސައްކަތް ކުރަން ގަސްދުކުރުމުން އެކަމާ ވެސް ސަރުކާރުން ހިތްހަމަނުޖެހުން ފާޅުކުރިކަން އިމްތިޔާޒު ފާހަގަ ކުރެއްވި އެވެ.

އޭގެއިތުރަށް، ދެން އިމްތިޔާޒު ފާހަގަ ކުރެއްވީ ޖުޑިޝަރީ ކޮމިޓީން ސަރުކާރަށް ދޭ ލަފާތަކާ އެއްގޮތަށް އަމަލު ކުރަމުން ނުދާ ކަމުގެ ކަންބޮޑުވުމެވެ.

އެގޮތުން އޭނާ ވިދާޅުވި ގޮތުގައި، ހައްޔަރުކޮށްފައި ތިބޭ މީހުންގެ ސިޓީތައް ކޮމިޓީއަށް ވަރަށް ގިނައިން ލިބެމުންދާ ކަމަށާއި އެހެންވެ ކްލެމެންސީ ލިބުމުގައި ހުރި ހުރަސްތަކާ ގުޅޭ ގޮތުން ބޮޑު ދިރާސާއެއްކޮށް ރިޕޯޓެއް އެކުލަވާލި ކަމަށެވެ.

"ކްލެމެންސީއަށް އެދި ޖަވާބު ސަރުކާރުން ނުލިބޭ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކޮމިޓީއަށް ލިބުނު، ކޮމިޓީން އެކުލަވާލި ރިޕޯޓުން ފާހަގަވި މި ކަންކަން ލަސްވާ އެއް ސަބަބުގެ ގޮތުގައި ގާނޫނުގައި ހުރި މައްސަލަތައް، އެހެންވެ ގާނޫނުގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރަން ބިލެއްގެ ސިފަގައި މަޖިލީހަށް ފޮނުވުމަށް ބަންޑާރަ ނައިބަށް ދެންނެވިން،" އިމްތިޔާޒު ވިދާޅުވި އެވެ.

"މިއަދާ ހަމައަށް އެއިން އެއްވެސް އިޖާބައެއް ނެތްކަން އަޅުގަނޑުމެން ހިތާމައާއެކު މި ފާހަގަ ކުރަނީ،"

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox