ސަރުކާރުގެ ތަރުޖަމާނަކަށް މިނިސްޓަރު ފެންވަރުގައި މުންދު އައްޔަނުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި  އެމްބެސެޑާ އެޓް ލާޖު، މުހައްމަދު ހުސައިން ޝަރީފް (މުންދު) : ސިޓީ ކައުންސިލަށް ބޭނުންވާ އިނގިރޭސި ސިޓީތައް ލިޔަން މުންދުގެ ކުންފުންޏަށް 561,000 ރުފިޔާ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމްބެސެޑާ އެޓް ލާޖު، މުހައްމަދު ހުސައިން ޝަރީފް (މުންދު) : ސިޓީ ކައުންސިލަށް ބޭނުންވާ އިނގިރޭސި ސިޓީތައް ލިޔަން މުންދުގެ ކުންފުންޏަށް 561,000 ރުފިޔާ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) ދާދި ދެންމެއަކު އައްޔަނުކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރީ މިނިސްޓަރު ފެންވަރުގަ އެވެ. ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް މުންދު ހަމަޖައްސާފައި މިވަނީ އެ މަގާމުގައި ހުންނެވި ހީނާ ވަލީދު އިއްޔެ އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. ތަރުޖަމާނުގެ މަގާމުން ހީނާ އިސްތިއުފާ ދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށެވެ.

މުންދު އެންމެފަހުން ހުންނެވީ ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. ނަމަވެސް، އެ މަގާމުން އޭނާ ވަކިކުރީ ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވުމުންނެވެ، މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ.

އަސްމާގެ އޯޑިއޯ މައްސަލައާ ގުޅިގެން މުންދު އާއި ސަލްމާ މަގާމުން ވަކިކޮށްފި

މަޖިލިސް މެންބަރު އަސްމާ ރަޝީދު ސަރުކާރާ ދެކޮޅަށް ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން، އޭނާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފާއި ކޮއްކޮ ޑރ. ސަލްމާ ރަޝީދު ސަފީރުކަމުގެ މަގާމުން ވަކިކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރާ އެހެން ބޭފުޅުންނާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ.

މުންދުއަކީ މީގެ ކުރިން، ރައީސް މައުމޫންގެ ވެރިކަމުގައި 2005 އިން 2007 އަކަށް ސަރުކާރުގެ ތަރުޖަމާނުކަން ކުރައްވައިފަ އެވެ. އަދި، އޭގެ ފަހުން 2007 އިން 2008 އަކަށް އޭނާ ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވައިފަ އެވެ.

އެއަށްފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން މުންދު ކުރެއްވި އެވެ. ޔާމީންގެ ވެރިކަމުގައި، ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވައި ޖަޕާނާއި ސްރީލަންކާގެ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވި އެވެ.

މުންދު ވަނީ މި ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބަސެޑަރު އެޓް ލާޖުގެ މަގާމު ފުރުއްވައިފަ އެވެ.

އަސްމާގެ އޯޑިއޯއެއް ލީކުވުމާ ގުޅިގެން، މުންދުގެ އިތުރުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މަގާމުން ވަކިކުރި އެވެ. ނަމަވެސް، އޭނާގެ މަގާމު މިހާރު ވަނީ އިއާދަކޮށްފަ އެވެ.

އަސްމާގެ ލީކުވި އޯޑިއޯގައި އަސްމާ ރަޝީދު ވަނީ ސަރުކާރާއި ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox