އަންހެން މުވައްޒަފުން އިތުރުކުރަން އެމްޓީސީސީ އަމާޒު ހިފައިފި

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ. --ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ. --ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ ހިންގުމުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ކުންފުނީގެ ވަޒީފާތަކުގައި އަންހެން މުވައްޒަފުން އިތުރުކުރުމުގެ މަގްސަދުގައި އެކުންފުނިން ހާއްސަ މަޝްރޫއެއް ފަށައިފި އެވެ.

"އަދަދު" އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ވަޒީފާތަކުގައި އަންހެން މުވައްޒަފުން އިތުރުކުރުމުގެ ގޮތުން، އެ ކުންފުނިން އަލަށް ފަށާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ޕްރޮޖެކްޓު، ފަރުމާކޮށްފައިވަނީ އެ ކުންފުނީގެ ވަޒީފާ އަށް ވަންނަން ބޭނުންވާ އަންހެނުންނަށް އަމާޒުކޮށްގެން ކަމަށެވެ.

އެމްޓީސީސީއަކީ ގިނަ އަދަދަކަށް މުވައްޒަފުން ތިބި ނަމަވެސް އަންހެން މުވައްޒަފުންގެ އަދަދު މަދެވެ. މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުންފުނީގައި 1،834 މުވައްޒަފުން ތިބިއިރު 90 ޕަސެންޓު މުވައްޒަފުންނަކީ ފިރިހެނުންނެވެ.

ކުންފުނީގެ ހުރިހާ މަސައްކަތެއްގައި ހަމަހަމަ ފުރުސަތު ދިނުމަށް އެމްޓީސީސީ އިން އަންނަނީ އަންހެނުނަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް

މިއީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މި ފެރީ ނިޒާމު ގާއިމް ކުރެވުމުން ލުއި ފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދެވޭނެ މަގު ފަހިވެގެންދާނެ އެވެ.

"އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫގެ ދަށުން މިއަހަރުގެ ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަންހެން މުވައްޒަފުން ބޭނުން ކޮށްގެންނެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "އަދަދު" އަށް ވިދާޅުވި ގޮތުގައި މި މަޝްރޫގެ މުވައްޒަފުންގެ ގޮތުގައި އަންހެނުން ހިމެނުމަށް އިސްކަންދޭން އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރުން ފެށިގެން އަންހެނުން ނެގުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

"މިހާ ކުރިއާލާ މި އުޅެނީވެސް އެ ކުދިން ނަގައިގެން އެ ކުދިންނަށް ބޭނުންވާ ކަސްޓަމާ ސާވިސް ޓްރެއިންނިންތަކާއި ޓެކްނިކަލް ޓްރެއިނިން އަދި ކެޕްޓަނުން ޓްރެއިން ކުރުމަށް،" އާޒިމް ވިދާޅުވި އެވެ.

މި މަޝްރޫއަށް މުވައްޒަފުންގެ 50 ޕަސެންޓް އަންހެނުން ހޮވަން އެމްޓީސީސީން ވަނީ ނިންމައިފަ އެވެ.

"ވީހާވެސް ގިނަ އަންހެނުން ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް" އާޒިމް ވިދާޅުވި އެވެ.

ނަމަވެސް އާޒިމް ވިދާޅުވި ގޮތުގައި އަންހެން މުވައްޒަފުން ނުލިބިއްޖެ ހާލަތެއްގައި ފިރިހެން މުވައްޒަފުންނާއި އެކު ވެސް މަސައްކަތް ކުރިއަށް ދާނެ އެވެ.

"ލޯންޗުގެ ފަޅުވެރިއަކަށް ނުވަތަ ކެޕްޓަނަކަށް އަންހެނަކު ހުންނަތަން ފެނުމަކީ ހަމަގައިމު ވެސް އުފާވެރި މަންޒަރަކަށް ވާނެ، އުއްމީދީ ބަދަލަކަށް ވާނެ،"

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox