އަތޮޅު ތެރެއިން އަންހެން ފުޓްބޯޅަ ވެސް ކުރިއަރާނެ: ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް "އަދަދު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް "އަދަދު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެފްއޭއެމުން ރާވާފައިވާ ގޮތަށް އަތޮޅު ތެރޭގައި އަންހެން ފުޓްބޯޅަ މުބާރާތްތައް ބޭއްވިއްޖަނަމަ ރާއްޖޭގެ އެކި ކަންކޮޅުތަކުން އިތުރު އަންހެން ކުޅުންތެރިން ފެނި އަންހެން ފުޓްބޯޅަ ވެސް ކުރިއަރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެެވެ.

އެފްއޭއެމްގެ ލީޑަޝިޕްގައި ހުންނަވައި ބައްސާމަށް މިދިޔަ ދައުރުގައި ނުކުރެވިދިޔަ އެއް ކަމަކީ އަންހެން ފުޓްބޯޅައިގެ މުބާރާތްތައް ގިނަ ކުރުމެވެ. މި ދައުރުގައި އަންހެން ފުޓްބޯޅަ ކުރިއަރުވަން ޕްލޭންތަކެއް ހަދައި އެފްއޭއެމުން އެކަމަށް ކުރާ މަސައްކަތް ފާހަގަކޮށް އޭއެފްސީން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ހިތްވަރު ދެއްވައިފަ އެވެ. އޭއެފްސީން މަރުހަބާ ކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް އެފްއޭއެމްގެ އިސްނެގުމާ އެކު އަންހެން ޓީމުތައް އެކުލަވާލަން ފެށުމުގެ މަސައްކަތަށެވެ.

"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ކޮވިޑް-19 އާ ހެދި އެފްއޭއެމުން ރާވާފައި އޮތް އަންހެން މުބާރާތް ފަސްކޮށްލަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނެ އަތޮޅު ތެރޭގެ ތިން ސަރަހައްދެއްގައި މުބާރާތްތައް ބޭއްވި އަދި މާލެ އައިސް ފައިނަލް ރައުންޑް ކުޅެވޭ ގޮތަށް އަންހެން މުބާރާތް ރޭވިފައި. އަދި އެއާ އެކީގައި ޕްރެޒިޑެންޓްސް ކަޕް ވިމެންސް ކުޅުމުގެ ކަންކަން ވެސް ރޭވިފައި ވަނީ. އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި އެ މަަސައްކަތް ފެށޭނެ،" ބައްސާމް ވިދާޅުވި އެވެ.

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ އެހެން ކުޅިވަރުތަކާ އަޅާކިޔާއިރު ފުޓްބޯޅަ އަށް ނުކުންނަ އަންހެން ކުދިން ނިސްބަތުން މަދެވެ. ބައްސާމް ވިދާޅުވީ މިއީ ހަަމައެކަނި ރާއްޖޭގައި މިކަން އޮތްގޮތެއް ނޫން ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުގައި އެކަން ދިމާވާ ކަމަށެވެ.

"ދުނިޔެ އަށް ބަލާއިރު ވެސް ގިނަ ބަޔެއްގެ ވިސްނުމަކަށް މިވަނީ ފުޓްބޯޅަ އަކީ ފިރިހެނުން ކުޅޭ އެއްޗެއްގެ ގޮތުގައި. އަންހެނުން ކުޅޭ އެއްޗެއްގެ ގޮތުގައި ވަރަށް މަދު ބަޔަކު ވިސްނަނީ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އަންހެން ފުޓްބޯޅައިގައި ކުރިއަރާފައިވާ ގައުމެއް ކަމަށްވާ އޮސްޓްރޭލިއާގައި އަންހެން ފުޓްބޯޅަ ލީޑްކުރާ ފަރާތްތަކުން ދާދި ފަހުން ވެސް ފާހަަގަކޮށްފައި އޮތް އެއް ވާހަކަ އަކީ އެ ގައުމުގައި އަދިވެސް އަންހެނުން ފުޓްބޯޅަ ކުޅުމަކީ އެ މުޖުތަމައު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

އެފްއޭއެމުން އަންހެން ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން އަންހެން ކުދިންނަށް ހާއްސަ އެކެޑަމީއެއްގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. ބައްސާމް ވިދާޅުވީ އަންހެން ފުޓްބޯޅަ އެކެޑަމީއާ އެކު ގްރާސްރޫޓް ލެވަލްގެ މަސައްކަތް ރަނގަޅުވެ، އަންހެން ފުޓްބޯޅަ ކުޅުންތެރިން އިތުރުވަމުން އަންނަ ކަމަށެވެ.

"މިހާރު އަތޮޅު ތެރޭގައި މުބާރާތް ފެށިއްޖެ ކަމަށްވިންޏާ ވަރަށް ގިނަ އަތޮޅު ތެރޭގެ ފުޓްބޯޅަ ކުޅޭނެ އަންހެން ކުދިން ލިބޭނެ. މަސައްކަތް ފެށުނީމަ (އަންހެން ކުޅުންތެރިން) އިތުރުކުރެވިގެންދާނެ. މުބާރާތްތަކާ އެކީގައި އެވެއާނަސް ޕްރޮގްރާމް ވެސް ކުރިއަށްދާނެ. އެއީ ހަމައެކަނި ފުޓްބޯޅަ އަކީ ފިރިހެނުންގެ ކުޅިވަރެއް ނޫންކަން އެބަޖެހޭ ބުނެދޭން،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން 2019 ވަނަ އަހަރު އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވަން މަސައްކަތްތަކެއްކުރި އެވެ. އެކަމަކު ޓީމުތައް މަދުވުމާއި އެކަށީގެންވާ ވަރަށް ކުޅުންތެރިން ކްލަބްތަކަށް ލިބުމުގައި ދަތިތަކެއް ހުރުމުން މުބާރާތް ބޭއްވޭގޮތެއްނުވި އެވެ.

އަންހެން ފުޓްބޯޅަ ލީގެއް ބާއްވަން އެފްއޭއެމުން އެންމެ ފަހުން ބެލީ 2017 ވަނަ އަހަރު އެވެ. އެކަމަކު އެ ފަހަރު ވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ. ފުރަތަމަ ޑިވިޝަން ކްލަބްތައް ބައިވެރިވެގެން އެންމެ ފަހުން އަންހެން ފުޓްބޯޅަ މުބާރާތެއް ކުޅުނީ 2014 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox