ހިންދީ ސިނަމާ: މޭ މަހު ރިލީޒް ވާނީ ކޮން ފިލްމުތަކެއް؟

ހިންދީ ސިނަމާ: މޭ މަހު ރިލީޒް ވާނީ ކޮން ފިލްމުތަކެއް؟

ޕެންޑެމިކް ތެރޭގައި އެންމެން ބެލީ ނެޓްފްލިކްސް އެވެ. ބެލި ބެލީނުން ހުރި ހުރިހާ އެއްޗެއް ހުސްވެ، މިހާރު ބަލާނެ ފިލުމެއް ނެތިގެން ފޫހިވެގެން އުޅެންޖެހޭ ފަހަރު ވެސް އާދެ އެވެ. މި ހިމަނާލަނީ މި މެއި މަހު ހިންދީ ސިނަމާ އިން ރިލީޒް ކުރަން ހުރި ބައެއް ފިލްމުތަކުގެ ތެރެއިން ދިވެހިންނަށް ކަމުދާނެ ކަމަަށް ބެލެެވޭ ބައެއް ފިލްމުތަކެވެ.

ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއި

ރިލީޒް ކުރާ ތާރީހް: 13 މެއި

މިއީ ސަލްމާނުގެ ފިލްމުތަކަށް ލޯބިކުރާ މީހުންގެ ދިގު އިންތިޒާރު ކޮޅެއްގައި ޖެހޭނެ ވަރުގެ ފިލްމެއް ކަމަށް އޭޕްރިލް 22 ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމުގެ ޓްރެއިލާ އަށް ލިބުނު ތަރުހީބުން ވެސް އެނގެ އެވެ. ރާދޭ ގައި ސަލްމާން ކުޅެނީ، އަމިއްލަ މޮޅު ސްޓައިލަކަށް މަސައްކަތް ކުރާ ފުލުސް މީހެއްގެ ރޯލެވެ. މަޝްހޫރު ޑާންސާ އަދި ކޮރިއޯގްރަފާ ޕްރަބޫ ދޭވާ ޑައިރެކްޓު ކުރާ މި ފިލްމުގައި ސަލްމާން އާއި އެކު އަންހެން އެކްޓްރެސް ގެ ރޯލުން ފެނިގެންދާނީ ދިޝާ ޕާޓްނީ އެވެ. މިއީ ޕްރަބޫގެ ފިލްމެއް ކަމުން، ހެއްވާ މަޖާ ގިނަ ލަވަތަކެއް ހިމަނާފައިވެ އެވެ. ސަލްމާނުގެ ފިލްމުތަކުން އެންމެ ފާހަގަކޮށްލެވެނީ އޭގައި ހިމަނާފައި ހުންނަ މަޖާ އެކްޝަން ސީކުއެންސް ތަކެވެ.

ތޫފާން

ރިލީޒް ކުރާ ތާރީހް: މެއި 21

ފަރަހާން
ފަރަހާން

ފަރަހާން

ފަރްހާން އާއި އޯމް ޕްރަކާޝްގެ އެންމެ ފަހުގެ މެގަ ހިޓް، "ބާގް މިލްކާ ބާގް" ގެ ކާމިޔާބީ އަށްފަހު މިހާރު ކުރިއަށް ދަނީ އަނެއްކާ ވެސް ސްޕޯޓްސް ޖޯންރާގެ ވަރުގަދަ ފިލުމެއްގެ މަސައްކަތެވެ. "ތޫފާން" ގެ ނަން ދީފައިވާ މި ފިލްމުގައި ގެނެސްދޭނީ ފަގީރު ޒުވާނަކު އެތައް ގޮންޖެހުންތަކަކާއި އަޑި ގުޑަންތަކެއް ތަހައްމަލުކުރުމަށްފަހު ބޮކްސިން ގައި ކާމިޔާބު ނަމަކަށް ވުމަށް ކުރާ މަސައްކަތެވެ.

ފަރްހާން އަހްތަރް އާއި ރާކޭޝް އޯމްޕްރަކާޝް މެހެރާގެ ބާގްމިލްކާ ބާގް ގެ މޮޅަށްފަހު އަނެއްކާވެސް މި ދެމީހުންގެ މަސައްކަތެއް ސިނަމާ އަށް އަންނާތީ ކްރިޓިކުންގެ އުންމީދުތައް ވެސް ހުރީ މަތީގަ އެވެ. ފަހަރެއްގައި މި އަހަރު ހިންދީ ސިނަމާ އިން ނެރޭނެ އެންމެ މޮޅު ފިލްމަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ.

ފަރްހާން ގެ އިތުރުން ފިލްމުގައި ފެންނާނެ ތަރިންގެ ތެރޭގައި މުރްނަލް ޓާކުރް، ހުސައިން ދަލާލް، ޕަރޭޝް ރަވާލް އަދި ސުޕްރިޔާ ޕާތަކް ކަޕޫރް ހިމެނެ އެވެ.

ސަރްދާރް ކާ ގްރޭންޑް ސަން

ރިލީޒް ކުރާ ތާރީހް: މެއި 18

"އިޝަކްޒާދޭ" ގެ ތަރި އަރުޖުން ކަޕޫރާއި ނީނާ ގުޕްތާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ އާއިލީ ފިލްމެކެވެ. ފިލްމުގައި ދައްކުވައިދެނީ މާމަ އަކާއި މާމަ ދަރިއަކާ ދެމެދު އޮންނަ ލޯތްބެވެ. އިންޑިއާގެ އަމްރިތުސަރް ގައި ދިރިއުޅޭ މުސްކުޅި މާމަ، ލާހޯރުގައި ހުންނަ އޭނާގެ ގެއަށް ދިއުމަށް ކުރާ އުއްމީދު ހަގީގަތަކަށް ހަދަން މާމަ ދަރިފުޅު ކުރާ މަސައްކަތެވެ. ދަތުރުކުރެވޭ ވަރަށް ވުރެ ބަލިވުމުން މާމައަށް ލާހޯރަށް ނުދެވޭނެތީ މާމަ ދަރީއެއްގެ ރޯލުން ފެންނަ އަރްޖުން، ލާހޯރުގައި ހުރި އޭނާގެ މާމަގެ ގެ، އަމްރިތުސަރް އަށް އެ ހުރި ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ފަށަ އެވެ.

މަހަރާނީ

މަހަރާނީ އަކީ ޕޮލިޓިކަލް ޑްރާމާ އެކެވެ. ލީޑްރޯލުން ހުމާ ކުރޭޝީ ފެނިގެންދާ މި ފިލްމުގައި ދައްކަނީ ނުވަދިހައިގެ އަހަރުތަކުގައި އިންޑިއާގެ ބިހާރް ގައި ހިނގާ ބޮޑު ސިޔާސީ ޗަރުކޭހެއްގެ ތެރޭން އިލްމެއް، ތަޖުރިބާ އެއް ނެތް އަންހެނަކު ކުރި ހޯދަން ކުރާ މަސައްކަތެވެ.

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox