2023 ގައި މުޅި ރާއްޖެއަށް ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމުގެ އުއްމީދު

2023 ގައި މުޅި ރާއްޖެއަށް ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމުގެ އުއްމީދު

އެފްއޭއެމްގެ ރައީސްކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ދުވަހު އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މުޅި ރާއްޖެ އަށް ދިވެހި ލީގު ފުޅާކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ އަހަރު އެކަމަށް ކޮމިޓީއެއް އެކުލަވާލައި 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭތޯ ވަނީ މަސައްކަތް ފަށައިފަ އެވެ.

މުޅި ރާއްޖެ އަށް ލީގު ފުޅާކޮށްގެން ކުރިއަށްދާއިރު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އެ ކަންތައްތަކަށް ބަލާއިރު ދަތުރުފަތުރު ކޮށްގެން ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އެ ކުރިމަތިވާ ތަކުލީފުތަކާއި މާލީ ގޮތުން ބަލާއިރު މިއީ ކުރެވިދާނެ ހަރަދުތަކެއްތޯ ވެސް ބަލަން ޖެހެ އެވެ. ލީގުގެ ޕްލޭން އެފްއޭއެމުން ހަދަނީ އެ ހުރިހާ ކަމަކަށް ވެސް އަލި އަޅުވާލައިގެން ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.

"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ކޮމިޓީ ލެވަލްގައި މަސައްކަތް ކުރަމުންދާއިރު އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ ޖަޒީރާކޮށް ރާއްޖެ އޮތުމުން ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެވޭނެ ގޮތާ މެދު ކަމަށެވެ.

"މުބާރާތްތައް ބޭއްވޭނެ ރަށްތަކާއި އަތޮޅުތައް މި ދަނީ މަޝްވަރާކުރަމުން މި ބަލަނީ ވީހާވެސް ލުއި ގޮތަކަށް ދަތުރުފަތުުރު ކުރެވޭނެ ގޮތަކަށް ރޭވިގެންދިއުން. އެއާ އެކީގައި އެންމެ އުނދަގޫ ކަމަކަށް ދިމާވާނީ މެޗު އޮފިޝަލުން ރެފްރީން ތަކަށް އެކި ސަރަހައްދުތަކަށް ދިއުން. ދެން އެކަމަށް ވެސް އަޅުގަނޑުމެން ވިސްނުމަށް ފަހު ސަރަހައްދުތަކުގައި ރެފްރީން ޑިވެލޮޕް ކުރަމުންދާނީ،" ބައްސާމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރު ވެގެންދާނީ ވަރަށް ބައިވަރު ރެފްރީންނާއި ކޯޗުން ތަމްރީން ކުރެވި ފެސިލިޓީސް ނުވަތަ ދަނޑުތައް ތަރައްގީ ކުރެވޭނެ އަހަރުތަކަކަށް،"

ބައްސާމް ވިދާޅުވީ އޭނާގެ ވިސްނުމަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރުގެ ޕްރިމިއާ ލީގު ފުޅާވެގެންދާއިރުގައި އެކަން ވީ އެންމެ ފުރިހަމަކޮށް ކުރުމަށެވެ. އެ ގޮތުން ލީގަށް އެކުލަވާލެވޭ ވަކި ހާއްސަ ބޯޑެއް ވެސް އޮންނާނެ ކަމަށާއި އެ ބޯޑުގެ ފަރާތުން މުބާރާތުގެ ހުރިހާ ކަމެއް އިންތިޒާމްކުރެވިގެންދާނެ ކަމަށެވެ. ބައްސާމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ލީގުގެ ފޯމެޓް ފައިނަލްކުރުމުގެ މަސައްކަތް ކަމަށެވެ.

"ވިސްނުމަކީ މި އަހަރު ތެރޭ މުބާރާތަށް ތައްޔާރުވުމަށްޓަކައި ބައެއް ކަހަލަ މުބާރާތް ފެށިގެންދާން ޖެހޭ. މި ގެންނަ ފޯމެޓް ބަދަލާ އެކީގައި ކުރަން ޖެހޭ ކަންކަން ހުންނާނެ. ވަރަށް ކުޑަކުޑަކޮށް ދަންނަވާކަމަށްވަންޏާ އަޅުގަނޑުމެން ބޭނުންވަނީ މާލޭގައި މި އޮތް ފޯމެޓަށް ހުރިހާ ޒޯންތަކެއް ބަދަލުވެގެންދިއުން. އޭގެ މާނަ އަކީ ތާޑް ޑިވިޝަން، ސެކަންޑް ޑިވިޝަން އަދި ޕްރިމިއާ ލީގު އައުން. އެ ގޮތަށް ވިސްނުމަށް ފަހު މި ބަދަލު ގެންނަން މި ބަލަނީ،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއް ދަނޑެއްގައި ލީގު ކުޅެން ޖެހުމެވެ. ޒަމާނުއްސުރެ ހައްލެއް ނުލިބި އޮތް މިކަމަށް ދުރު ވިސްނުމަކަށް ބަލާއިރު އޮތް ހައްލަކީ ރާއްޖެ އަށް ލީގު ފުޅާކުރެވި އެކި ރަށްރަށުގައި ވެސް މެޗު ކުޅެވޭނެ ގޮތްވުން ކަމަށް ބައްސާމް ގަބޫލުކުރައްވަ އެވެ.

"ބައެއް ރަށްރަށުގައި އައްޑޫގައި ނޫނީ ކުޅުދުއްފުށީގައި ވިޔަސް ނެޗުރަލް ގްރާސް ސްޓޭޑިއަމްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ވިސްނުމަކީ ފީފާ އެޕްރޫވް ޓާފް ދަނޑުތަކެއް އެޅިގެން ދިއުން އެއާ އެކީގައި އަތޮޅު ތެރޭގައި ގިނަ ދަނޑުތަކެއް ހެދިގެންދާނެ. އެ އަށް ފަހު އަޅުގަނޑުމެން ނަށް ފުޓްބޯޅަ ކުޅެން ލިބޭ ވެނިއުތައް އިތުރުވެގެންދާނެ އިންޓަނޭޝަނަލް މެޗުތައް މާލެ ނޫން ސަރަހައްދެއްގައި ކުޅެވޭތަން ފެނިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.

މުޅި ރާއްޖެ އަށް ލީގު ފުޅާކުރުމުގެ ޕްލޭން އެކުލަވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެފްއޭއެމްގެ ސީނިއާ ނައިބް ރައީސް އަލީ އުމަރާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ކަމަށް މިދިޔަ އަހަރު ބައްސާމް ވިދާޅުވި އެވެ.

ހޯމް އެންޑްް އަވޭ ސިސްޓަމަށް ލީގު ބަދަލުކުރުމުގެ މަސައްކަތަށް ލިބޭ އެންމެ ބޮޑު ފަސޭހައަކީ ދެކުނު ކޮރެއާ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު މިދިޔަ އަހަރު ވެވުނު އެއްބަސްވުމުގެ ތެރެއިން ރާއްޖޭގައި އަޅާ 20 ޓާފް ދަނޑާއި ސަރުކާރުގެ ފަރާތުން މި ފަސް އަހަރު ތެރޭގައި މުޅި ރާއްޖޭގައި އަޅަން ނިންމާފައިވާ ޓާފްދަނޑުތަކެވެ. ސަރުކާރުގެ ޕްލޭނަކީ ފަސް އަހަރު ތެރޭ 100 ދަނޑު އެޅުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox