ފުޓްބޯޅަ މިނިސްޓަރޭ ބުނާ ވާހަކަ އަށް މަހުލޫފް އަނެއްކާ ވެސް ޖަވާބު ދެއްވައިފި

ސިންތެޓިކް ޓްރެކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: ރައީސް އޮފީސް

ސިންތެޓިކް ޓްރެކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ދުނިޔޭގެ ފެންވަރުގެ ޕޫލް ބިލިއާޑް ފެސިލިޓީއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ކުރިން ވެސް އެކި ޕޯޑިއަމްތަކުގައި ދައްކަވާފައިވާ އެއް ވާހަކަ ތަކުރާރުކުރައްވައިފަ އެވެ. އެއީ ހަމައެކަނި ފުޓްބޯޅަ އަށް ހަރަދުކުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުންނެވެ.

"އަޅުގަނޑާ ދިމާލަން ބައެއް ފަހަރު މީހުން ބުނޭ ހަމައެކަނި ތަރައްގީ ކުރަނީ ފުޓްބޯޅަ ދަނޑުހޭ. ތިއީ ފުޓްބޯޅަ މިނިސްޓަރުހޭ. އަޅުގަނޑު ދަންނަވާނީ ހަމައެކަނި މިއަދު (ބުރާސްފަތި ދުވަހުގެރޭ) މިތަނަށް ބަލާލުމުން ވެސް އެނގޭނެ އަޅުގަނޑުމެން ހަމައެކަނި އަމާޒުކުރަނީ. ނޫން ނަމަ (ހަމައެކަނި) ކުރާ މަސައްކަތަކީ ފުޓްބޯޅަ ތަރައްގީކުރުން ނޫންކަން،" ބިލިއާޑް ފެސިލިޓީ އަށް އިޝާރާތްކޮށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މީގެ ކުރިން މި ސަރުކާރުން ގާއިމްކުރި އެކި ކުޅިވަރުގެ ވަސީލަތްތައް ރަސްމީކޮށް ހުޅުވަން ބާއްވާފައިވާ އެކި ރަސްމިއްޔާތުތަކުގައި މިނިސްޓަރު މަހުލޫފް ދެއްވި ސްޕީޗްގައި ވެސް ވަނީ ފުޓްބޯޅަ އަށް ހަރަދުކުރާ ސަބަބުތައް ކިޔައިދީފަ އެވެ. އަދި އެކި މީޑިއާތަކުން ބާއްވާ ޕްރޮގްރާމްތަކުގައި ވެސް ވަނީ ފުޓްބޯޅަ އަށް މިނިސްޓްރީން ހޭދަކުރަން ޖެހޭތީ އެކަމާ ގުޅޭގޮތުން ތަފްސީލީ ގޮތަކަށް ވާހަކަ ދައްކަވައިފަ އެވެ. އެކަމާ ބެހޭގޮތުން ބިލިއާޑް ފެސިލިޓީ ހުޅު ހަފްލާގައި ވެސް މި ވަނީ އަލި އަޅުވާލައިފަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ގިނަ ޒުވާނުންގެ ޝައުގުވެރިކަން ހުރީ ފުޓްބޯޅަ އަށް ކަމަށްވާތީ އެ އަށް ކުރެވޭ މަސައްކަތް ވެސް ގިނަވާނެ ކަމަށެވެ.

"ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ފުޓްބޯޅަ ކުޅޭތީވެ އަޅުގަނޑުމެން އެންމެ ފުރަތަމަ ރަށަކަށް ދިޔައީމަ. އެންމެ ފުރަތަމަ އެ މީހުން އެދޭ ކަމަކީ ފުޓްބޯޅަ ދަނޑުގެ ކަންކަން. އެހެންވީމަ އަޅުގަނޑުމެން އެކަން ވެސް ކޮށްދެނީ. ކޮށްދޭ ކަންތައް ހަގީގަތުގައި ގިނަވުމުގެ ނަތީޖާ އަކީ ފެންނަ ފުޓްބޯޅަ ދަނޑުތަކުގެ އަދަދު ގިނަވީމަ ނޫނީ ފުޓްސަލް ދަނޑުގެ އަދަދު ގިނަވީމަ ކުރެވެނީ ޝަކުވާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގެ ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކުން ފާހަގަކުރާ އެއް ކަމަކީ ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ކުޅެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ވެސް އޮތީ ގަލޮޅު ދަނޑު ކަމަށާއި އެކަން ބަދަލުވާން ޖެހޭނެ ކަމަށެވެ. ދާދި ފަހުން މިނިސްޓަރު މަހުލޫފް ވަނީ ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގަލޮޅު ދަނޑުގެ މަރާމާތުގެ ކަންތައްތައް ކައިރި މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. ޕްލޭނިން މިނިސްޓްރީގެ އެސެސްމަންޓަކަށް ފަހު ގަލޮޅު ދަނޑުގެ ދެ ފަޅިއެއް އޮތީ ބަންދުކޮށްފަ އެވެ.

މި ސަރުކާރުން ވަނީ ފަސް އަހަރު ތެރޭ 100 ޓާފް ދަނޑު އަޅަން އަމާޒުހިފައިފަ އެވެ. އެއީ 2023 ވަނަ އަހަރު އެފްއޭއެމުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ލީގު ކުރިއަށްގެންދަން ޕްލޭންތައް ހަދަމުންދާ މަސައްކަތަށް ވެސް ލިބޭނެ ފަސޭހައެކެވެ.

މި ސަރުކާރުން ކުޅިވަރު އިންފްރާސްޓްރަކްޗާތައް ތަރައްގީކުރަން ކުރާ މަސައްކަތްތައް ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއީ ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އަށް ބަލާއިރު އެންމެ ބޮޑެތި ތަރައްގީ ގެންނަ އަހަރު ކަމަށް އެސޯސިއޭޝަންތަކުން ވަނީ ބުނެފަ އެވެ.

"މިކަން އެންމެ ބޮޑަށް މިކުރެވޭ އެންމެ ބޮޑު ސަބަބަކީ ރައީސުލް ޖުމްހޫރިއްޔާ (އިބްރާހިމް މުހައްމަދު ސޯލިހް) ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ކުޅިވަރަށް އަހައްމިއްޔަތުކަން ދެއްވާ. ކުޅިވަރު އެނގިވަޑައިގަންނާ ބޭފުޅެއްވީމަ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާ. އެކަމަށްޓަކައި ރައީސް ކޮށްދެއްވާ މަސައްކަތަށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މަހްލޫފު ވަނީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގައުމީ ކުޅިވަރު އެތުލީޓުން އަދި އެ މީހުންގެ ބެލެނިވެރިން ގުޅިގެން ކުޅިވަރުގެ ކުރިއެރުމަށް ކުރާ މަސައްކަތަށް ޝުކުރުއަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox