ވަޒީރު ރުއްސައިގެން ރަށު ތަރައްގީ ގެންނަ ޒަމާން މާޒީވެއްޖެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ނ.އަތޮޅު އަދި ރަށު ކައުންސިލް ކުރިއަށްދާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ބޭއްވި ހަފްލާގެ ތެރެއިން ނަޝީދު ވާހަކަ ދައްކަވަނީ:

ނ.އަތޮޅު އަދި ރަށު ކައުންސިލް ކުރިއަށްދާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ބޭއްވި ހަފްލާގެ ތެރެއިން ނަޝީދު ވާހަކަ ދައްކަވަނީ:

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސްވެރިއަކު ނުވަތަ ވަޒީރަކު ރުއްސައިގެން ރަށު ތަރައްގީ ގެނައި ޒަމާން މާޒީވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅު އަދި ރަށު ކައުންސިލް ކުރިއަށްދާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި ކަންތައް ހިނގަނީ މީގެ 12 އަހަރު ކުރިން 2009 ގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ކަންތައް ހިނގި ގޮތަށް ނޫން ކަމަށެވެ.

"ތިމަންނާމެންދެން މި ދަނީ ތިމަންނާމެންގެ ކަންކަން ނިންމާލާށޭ، ތިމަންނާއެއް ދެން ނެތީމޭ މާލެ އައިސް ވަޒީރު ގޭދޮށުގައި މަޑުކޮށްލާގެން ހުރެ ދެން އެ ލިބުނު މިންވަރު ހިފާގެންގޮސް ރަށުގައި ރައްޔިތުން ގާތުގައި ވިދާޅުވީ މިހެންނޭ ވިދާޅުވީ އެހެންނޭ އެވާހަކަ ދައްކާކަށް ތިމަންނާ ނެތީމޭ. ތިމަންނާއަކު ނެތީމޭ ސަރުކާރު ހިއްސާވާ ކުންފުންޏެެއްގެ މެނޭޖިން ޑިރެކްޓަރު އަރިހަށް ގޮސްގެން އޭނާއާއި އެކު ކޮފީއަކަށް އަރާލާގެން، އޭނާ ހިތްހަމަ ޖައްސާލާގެން، ވަޒީރުބޭފުޅަކު ރުއްސާލައިގެން ތިމަންނާގެ ރަށުގެ ކަންތައް ފުރިހަމަ ވާނީ. ނޫން އެ ޒަމާން ނިމިއްޖެ،" ނަޝީދު ވިދާޅުވިއެވެ.

Advertisement

އޭގެ އިތުރުން އެ ބައްދަލުވުމުގައި ނަޝީދު ވަނީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ވާހަކަ ދައްކައިފަ އެވެ. އެގޮތުން އެ ނިޒާމުން ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް އެ ރަށެއްގައި ތިބެގެން އެ ރަށެއްގެ ތަރައްގީއަށް މަސައްކަތް ކުރަން މަގުފަހިވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާން އެބަހުރި ނ. މާޅެންދޫ ގައި ވެސް އަދި އަތޮޅު ހުރިހާ ރަށެއްގައި ވެސް، ތެދުވެ ހަތަރު އަނގޮޅި ކަންމަތީގައި ބުނިން މި ރާއްޖެ މިދަނީ ބަލަވަމުންނޭ، ޒަމާނުންސުރެ ފަށައިގެން މި ރާއްޖޭގައި ވެރިކަން ކުރި ގޮތާއި، އަދި އެ ވެރިކަން ކުރި މީހުން މިދަނީ ބަދަލުވުމަށޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިއަދު މި ފެންނަނީ ބަދަލުވެފައިވާ "އަނެއް ދިވެހިރާއްޖެ" އެއް ކަމަށެވެ. އަދި މިފެނިގެންދާނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ނަޝީދު ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ފަހުރުވެރިކަމާއި އެކު ރައްޔިތުން އަމިއްލައަށް ހަލާލު މަސައްކަތްކޮށްގެން އަތޮޅެއް ކޮޅަށް ތެދުވާ މަންޒަރު ކަމަށެވެ.

"ކުޑަ ކުޑަ އޮށެއްގެ ސިއްރުން ވަރަށް ބޮޑު ބިޔަ ގަހެއް ފަޅުއްވާ، އޭގެ މާމެލާ މެލިން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ތަނަވަސްކަމާއި ފައިދާއާއި އުފާވެރި ދިރިއުޅުމެއް ހޯދޭނެ،" މި ހަފްލާ ނިންމާލަމުން ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންނަށް ވަޒީރުން ރުއްސަން ނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދައްކަވާފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ އަރިހުން ސަރުކާރު ކޯލިޝަންގެ ޕާޓީތަކަށް އަންގަވާފައި އޮއްވަ އެވެ.

ކެބިނެޓަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެ މަގާމުން ވަކިކޮށް އެ ވުޒާރާއަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހިމެނޭ ކަމަށްވެ އެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް އައްޔަން ކުރަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ކަމަށް ވެސް ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox