ރޯދަ އަށް ހުރެ ޕޮގްބާ ދެއްކި ކުޅުމަށް ތައުރީފުކުރަނީ

Apr 30, 2021, 12:54 PM
ރޯދަ އަށް ހުރެ ޕޮގްބާ ދެއްކި ކުޅުމަށް ތައުރީފުކުރަނީ

މެންޗެސްޓާ (އޭޕްރީލް 30) - ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ރޭ ރޯދަ އަށް ހުރެ މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ދެއްކި ކުޅުމަށް ގިނަ ބަޔަަކު ތައުރީފުކޮށްފި އެވެ.

ދީނީ ކަންކަމަށް ލޯބިކުރާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަަގަކުރެވޭ ޕޮގްބާ ރޭ ރޯމާ އަތުން 6-2 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ވަނީ ދެ ވަނަ ހާފުގައި ޔުނައިޓެޑަށް ގޯލެއް ޖަހައިދީފަ އެވެ. ދެ ވަަނަ ހާފުގެ މެދުތެރެއިން ރޯދަ ވިއްލުމަށް ފަހު ޕޮގްބާ މުޅި މެޗު ފުރިހަމަކުރި އެވެ.

އުމުރުން 28 އަހަރުގެ ޕޮގްބާއާ ބެހޭގޮތުން އިނގިރޭސި މީޑިއާ، ބީޓީ ސްޕޯޓްސްގެ ޕްރެޒެންޓަރު ރެޝްމިން ޗޯދުރީ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރޯމާ މެޗަށް ޕޮގްބާ ނުކުތީ ރޯދަ އަށް ހުރެ ކަމަށާއި މެޗަށް ފަހު ކެއުމަށް ފަހު އިންޓަވިއުދޭން ޕޮގްބާ އައީ އެނާޖީ ޑްރިންކެއް ބޮމުން ކަމަށެވެ. އަދި ރޯދަ އަށް ހުރެ މެޗު ކުޅެނީ ކިހިނެއްތޯ ރެޝްމިން ސުވާލުކުރުމުން ޕޮގްބާ ޖަވާބުގައި ބުނީ "ﷲ ވަނީ އަހަރެމެންނާ އެކުގައި" މިހެނެވެ.

ޔުނައިޓެޑް އިން ކޮށްފައިވާ ޕޮގްބާގެ ޕޯސްޓް.

ރެޝްމިންގެ މި ޓްވީޓަށް ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ވަނީ ރިޕްލައިކޮށް މިއީ ރަނގަޅުކަމެއްކަން ފާހަގަކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވަނީ ރޯދަ އަށް ހުރެ ޕޮގްބާ ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލް އަދި ޕްރެޝަރު މެޗެއްގައި ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ. އަދި ޔުނައިޓެޑްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް ވަނީ އެކަން ފާހަގަކޮށް ޕޮގްބާ ދެއްކި ހިތްވަރަށް ތަރުހީބު ދީފަ އެވެ.

ގިނީގެ ދެމަފިރިއަކަށް ފްރާންސުގައި 1993 ވަނަ އަހަރު އުފަންވި ޕޮގްބާ އަކީ އާންމުކޮށް ފުޓްބޯޅަ ސީޒަން ނިންމާލުމަށް ފަހު އުމްރާ އެއް ވުމަށް ސައުދީ އަރަބިއްޔާ އަށް ދާ ކުޅުންތެރިއެކެވެ.

މި ދުވަސްކޮޅުގައި ޔޫރަޕްގެ ފުޓްބޯޅަ ސީޒަންގެ މުހިއްމު މެޗުތައް ކުރިއަށްދާތީ ގިނަ ކުޅުންތެރިންތަކެއް އަންނަނީ ރޯދަ އަށް ހުރެ މެޗު ކުޅެމުންނެވެ. އެގޮތުން ދާދި ފަހުން ލެސްޓާ ސިޓީގެ ޑިފެންޑަރު ވެސްލީ ފޮފާނާ ރޯދަ ވިއްލަން ވެގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ވަނީ ވަގުތު ކޮޅަކަށް ހުއްޓާލައިފަ އެވެ. މިއީ މި ގޮތަށް ދެ ޓީމު އެއްބަސްވެގެން ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ރޯދަ ވިއްލަން ކުޅުންތެރިއަކަށް ވަގުތު ކޮޅެއް ދިން ފުރަތަމަ ފަަހަރެވެ. ފޮފާނާ ވަނީ އޭނާ އަށް އެ ފުރުސަތު ދިނީތީވެ އެ މެޗުގައި އިދިކޮޅަށް ކުޅުނު ކްރިސްޓަލް ޕެލަސް އާއި ލީގަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox