މުހިއްމު ބިލުތަކެއް ނިންމައި މަޖިލިސް ޗުއްޓީއަށް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މުހިއްމު ބިލުތަކެއްގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.

މިއަދު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ ދައުރުގައި ނުނިމިހުރި 24 ބިލަކާއި މި ދައުރުގެ ހުށަހެޅުނު ބިލުތަކާއެކު ޖުމްލަ 35 ބިލެއްގެ މަސައްކަތް ކުރެވުނު ކަމަށެވެ.

އޭގެ ތެރެއިން މި ދައުރުގެ ތެރޭގައި އަށް ބިލެއްގެ މަސައްކަތް ނިންމާފައިވާކަމަށް ވިދާޅުވަމުން، ނަޝީދު ވަނީ ސިފައިންގެ ގާނޫނަށް ގެނުވުނު އިސްލާހުގެ ބިލުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ގާނޫނަށް ގެނުވުނު އިސްލާހާއި މަތީ ތައުލީމުގެ ބިލު އާއްމު ސިއްހަތުގެ ބިލު ފާހަގަކުރައްވައިފަ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުރީ ދައުރުގައި ނުނިމިހުރި ގަރާރުތަކާއެކު 14 ގަރާރެއްގެ ތެރެއިން މި ދައުރުގެ ތެރޭގައި ފަސް ގަރާރުގެ މަސައްކަތް ނިންމުނު ކަމަށެވެ.

އަދި ސަރުކާރުން ހުށަހެޅި 13 ކަމެއްގެ ތެރެއިން 10 ކަމެއް ނިންމާފައިވާއިރު، ރިޔާސަތުން ހުށަހެޅުނު ހަތް ކަމެއްގެ ތެރެއިން ފަސް ކަމެއް ނިމިފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ފުރަތަމަ ދައުރުގެ އެހެން ބައެއް އުސްއަލިތައް

  • ކުއްލި މައްސަލަ - 10
  • މެމްބަރުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ނިންމުނު - 6
  • ކޮމިޓީތައް - 324 ބައްދަލުވުމަކަށް 272 ގަޑިއިރު
  • ޖަލްސާތައް - 37 ޖަލްސާއެއްގައި ޖުމްލަ 96 ގަޑިއިރު
  • ރިޔާސަތަށް ލިބުނު ސިޓީ - 347 ސިޓީގެ ތެރެއިން 263 ކޮމިޓީތަކަށް ފޮނުވިފައި

އޭގެ އިތުރުން ވަޒީރުންނާ ސުވާލުކުރުމަށް މެމްބަރުން ހުށަހަޅުއްވާ މައްސަލަތަކުގެ ތެރެއިން ކުރީ ދައުރުގެ އަށް ސުވާލާއެކު މި ދައުރުގެ ތެރޭގައި 17 މައްސަލަ ހުށަހެޅުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ތެރެއިން ނިމުނީ 19 މައްސަލަ. އަދި ހަ ވަޒީރަކު އައްސޭރީގައި އެބަ ތިއްބެވި،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ގަވައިދަށް ގެނައި އިސްލާހާއެކު މަޖިލިސް މިފަހަރު ދަނީ ކުޑަ ބަންދަކަށެވެ.

އެގޮތުން، މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.

އާއްމު ކޮމިޓީން މަޖިލިސް ޗުއްޓީއަށް ދުވަސްތަކަށް ބަދަލުގެނެސްފައިވަނީ މިހާރު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓް މަހަށް ބަދަލު ކުރުމުން މަޖިލީހުގެ ޗުއްޓީއާއި ދިރާސީ އާ އަހަރުގެ ޗުއްޓީއާ ދިމާނުވާ ކަމަށް ބުނެ އެވެ.

މިގޮތުން މަޖިލީހުން މިއަދު ބަދަލުގެނެސްފައި ވަނީ މަޖިލީހުގެ ދެވަނަ ދައުރާއި ތިންވަނަ ދައުރު ހިނގާ ދުވަސްތައް ބަދަލު ކުރުމަށެވެ.

އެ އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ ދެވަނަ ދައުރު ދެން ހިނގާނީ އަންނަ މަހުގެ 17 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

އަދި މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox