އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުވާ ލިސްޓު މަޖިލީހަށް ފޮނުވައިފި

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ހިޔާނާތުން މަންފާވި ލިސްޓު ވަނީ މަޖިލީހަށް ފޮނުވާފައި. ފޮޓޯ/މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ހިޔާނާތުން މަންފާވި ލިސްޓު ވަނީ މަޖިލީހަށް ފޮނުވާފައި. ފޮޓޯ/މަޖިލިސް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތަށް ތުހުމަތުކޮށް، ތަހުގީގީ އިދާރާތަކުން އެކުލަވާލާފައިވާ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ކުރީގެ ސަރުކާރުގައި މުޅި ދައުލަތުގެ ބައިވެރިވުން ހިމެނޭ ގޮތަށް ހިންގި ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުވާ 276 މީހުންގެ ލިސްޓެއް އެކުލަވާލީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ.

ތަހުގީގީ އިދާރާތަކުން މި ލިސްޓު މަޖިލީހަށް މިއަދު ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުންނެވެ. އެމަނިކުފާނު އެދިވަޑައިގަތް ގޮތަށް، ހިޔާނާތުން މަންފާވި މީހުންނާއި ތަހުގީގު ގޮސްފައިވާ ހިސާބާ ގުޅޭ މައުލޫމާތު ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުންޏެވެ.

މަޖިލީހުން ކަމާބެހޭ އިދާރާތަކުގައި އެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސް މަގާމްތަކުގައި މިހާރު ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުންގެ ލިސްޓު ފޮނުވައިދޭށެވެ.

އަދި އެމްއެމްޕީއާރުސީ ހިޔާނާތް މަޑުޖެހިފައި އޮތް ސަބަބާއި މިހާތަނަށް ތަހުގީގު ކުރިއަށް ގެންދެވިފައިވާ މިންވަރު ވެސް އޮޅުންފިލުވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ކަމަށް މަޖިލީހުން އޮތީ އަންގައިފަ އެވެ.

ހިޔާނާތުން މަންފާވި ލިސްޓެއް އޮތް ކަން ހާމަކުރީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން އޮކްޓޯބަރު، 24، 2019 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީގެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ބުނެ އެވެ.

ހިޔާނާތުން މަންފާ ވި ކަމަށް ފުލުހުން އާއްމުކުރި ލިސްޓު

- މަޖިލީހުގެ ކުރީގެ 44 މެމްބަރުން

- މަޖިލީހުގެ މިހާރުގެ 16 މެމްބަރުން

- ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުން

- ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.

- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން

- ފަސް ފަނޑިޔާރުން

- ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން

މަޖިލީހުން ކަމާބެހޭ އިދާރާތަކުގައި ހިޔާނާތުގެ ތަފްސީލަށް އެދުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ނުފޮރުވޭނެ ކަމަށާއި ބާރާއި ނުފޫޒު ގަދަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަސް، ވަޒީރުންނާއި އަމީރެއް ވިޔަސް ރައްޔިތުންނަށް ފަޅާއަރުވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައި ވަނިކޮށެވެ. ހިޔާނާތް ބަލަން މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން ހުރަސްއެޅޭ ކަމުގެ ކަންބޮޑުވުން ވެސް އެމަނިކުފާނު ވަނީ ފާޅުކުރައްވައިފަ އެވެ.

ނަޝީދު މިއަދު ވަނީ ބޭރުގެ މާހިރަކާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހިޔާނާތުގެ މައްސަލަ ބެލުމުގެ ރުހުން ދިނުމަށް އެދި ގައުމީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވަން ނިންމަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިޔާނާތުން ފައިދާ ވި މީހުންނާއި ދައުލަތަށް ގެއްލުނު ފައިސާ ހޯއްދަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox