ޖީއެސްޓީ އާމްދަަނީގެ 93 ޕަސެންޓު ލިބެނީ މާލެއިން

މާލޭ އުތުރު ފަރާތު މަލަމަތި: ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ %40.8 ދިރިއުޅެނީ މާލޭގައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭ އުތުރު ފަރާތު މަލަމަތި: ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ %40.8 ދިރިއުޅެނީ މާލޭގައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭގައި ވިއްކާ މުދަލުން ނަގާ އާންމު ޖީއެސްޓީ ދާއިރާއިން ނިމުނު އަހަރު ދައުލަތަށް ލިބުނު އާމްދަނީގެ 93 ޕަސެންޓު ލިބުނީ މާލެ ސިޓީން ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފި އެވެ.

މިދިޔަ އަހަރު ދައުލަތަށް ޖީއެސްޓީން 2.1 ބިލިއަން ރުފިޔާ ލިބުނު އިރު، ޓޫރިޒަމް ޖީއެސްޓީން ލިބުނީ 2.3 ބިލިއަން ރުފިޔާ އެވެ. އަދިި ވިޔަފާރި ފައިދާއިން ނަގާ ބީޕީޓީން 2.4 ބިލިއަން ރުފިޔާ ލިބުނެވެ.

މިއީ ނިމުނު އަހަރު ޓެކްސް އާމްދަނީން ދައުލަތަށް ލިބުނީ 8.6 ބިލިއަން ރުފިޔާގެ އާމްދަނީގެ 80 އިންސައްތައާ ގާތްކުރާ އަދަދެކެވެ.

މާލެ ސިޓީން ޖީއެސްޓީއަށް 1.9 ބިލިއަން ރުފިޔާ

ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތަކުގެ މައި ހަބަކީ ވެރި ރަށް މާލެ އެވެ. މައި ބަނދަރާއި ހުރިހާ ވިޔަފާރި ހަރަކާތެއް ކަހަލަ ގޮތަކަށް ފެށެނީ މާލެއިން ނޫނީ ކައިރިން އޮންނަ ހުޅުލޭ އެއާޕޯޓުންނެވެ. މީގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔެއް ދިރިއުޅެނީ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް މާލެ ސިޓީގަ އެވެ.

ގައުމީ ސްޓެޓިސްޓިކްސް ބިއުރޯގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މާލޭގައި 227،486 މީހުން ދިރިއުޅެ އެވެ. މިއީ ރާއްޖޭގެ އާބާދީގެ 40.8 ޕަސެންޓެވެ. މިދިޔަ އަހަރު މާލެ ސިޓީން ޖީއެސްޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބުނެވެ.

މާލެ ނަގާފައި ދެން އެންމެ ގިނައިން ޖީއެސްޓީ ދެއްކީ ރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީންނެވެ. އައްޑޫ ސިޓީ އެ އަހަރު ޖީއެސްޓީއަށް ލިބުނީ 42.3 މިލިއަން ރުފިޔާ އެވެ.

މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ހދ. އަތޮޅާއި ފުވައްމުލައް ސިޓީ އަދި ގދ. އަތޮޅާއި ކ. އަތޮޅުން 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ޖީއެސްޓީ ދާއިރާއިން ލިބުނެވެ.

ޖީއެސްޓީ އާމްދަނީން އެންމެ ކުޑަ އަދަދެއް ލިބުނު އަތޮޅަކީ ރާއްޖޭގައި އެންމެ މަދު އަދަދެއްގެ މީހުން ދިރިއުޅޭ ވ. އަތޮޅެވެ. އެންމެ 2،600 މީހުން އުޅޭ އަތޮޅުން ޖީއެސްޓީއަށް ލިބުނީ 121،822ރ. އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ ޖީއެސްޓީ އާމްދަނީ އާއި އާބާދީގެ އަޅާކިޔުންތަކުން ފާހަގަވާ ގޮތުގައި ޖީއެސްޓީ އާމްދަނީ އޮންނަނީ އާބާދީއާ ވަރަށް ބޮޑަށް ގުޅިފަ އެވެ.

މިގޮތަށް އާބާދީ އާއި ޖީއެސްޓީ އާމްދަނީގެ ގުޅުން ނުފެންނަނީ ކ. އަތޮޅުންނެވެ. އެގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ކ. އަތޮޅުން ޖީއެސްޓީއަށް ލިބުނު އަދަދާ، ނިސްބަތުން އާބާދީ ކުޑަ ގދ. އަތޮޅާއި ފުވައްމުލައް ސިޓީން ލިބުނު އަދަދާ ދާދީ އެއްހަމަ އެވެ.

ޓީޖީއެސްޓީ އާމްދަނީގެ ބޮޑު އިންސައްތައެއް ކ. އަތޮޅުން

ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ހުންނަނީ، މާލެ ސިޓީ ނުހިމެނޭ ގޮތަށް، ކ. އަތޮޅުގަ އެވެ. ދައުލަތަށް ޓީޖީއެސްޓީ އާމްދަނީގެ ބޮޑު އިންސައްތައެއް މި އަތޮޅުން ލިބެނީ އެހެން ވެއެވެ.

މިދިޔަ އަހަރު ކ. އަތޮޅުން ޓީޖީއެސްޓީން 771 މިލިއަން ރުފިޔާ ލިބުނެވެ. މިއީ އަހަރުގެ ތެރޭގައި ޓީޖީއެސްޓީން ލިބުނު އާމްދަނީގެ 32.6 ޕަސެންޓެވެ.

ދެވަނައަށް ޓީޖީއެސްޓީ އެންމެ ގިނައިން ލިބުނީ ބ. އަތޮޅުންނެވެ. އެ އަތޮޅުން ޓީޖީއެސްޓީން 294 މިލިއަން ރުފިޔާ ލިބުނެވެ.

އޭގެ އިތުރުން މާލެ ސިޓީ އަދި ނ. އަތޮޅުން 200 މިލިއަނަށް ވުރެ މަތިން ޓީޖީއެސްޓީ އާމްދަނީ ލިބުނެވެ. އަދި އދ. އަތޮޅުން އިތުރު 184 މިލިއަން ރުފިޔާ ލިބުނެވެ.

އެންމެ ކުޑަ އަދަދެއް ޓީޖީއެސްޓީއަށް ލިބުނީ ފުވައްމުލައް ސިޓީންނެވެ. ރާއްޖޭގައި އެންމެ ރަށެއް އޮންނަ ހަމައެކަނި އަތޮޅުން ޓީޖީއެސްޓީއަށް ލިބުނީ 247،127ރ. އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބުނު ޓީޖީއެސްޓީ އާމްދަނީ ގުޅެނީ ރިސޯޓު، ހޮޓާ އަދި ގެސްޓްހައުސް ހުންނަ އަދަދުތަކާ އެވެ. އަދި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިސްޓް އެކޮމޮޑޭޝަން އެންމެ ގިނައިން ހުންނަ އަތޮޅުތަކުންނެވެ.

މިދިޔަ އަހަރު އިގުތިސޯދަށް އައި ލޮޅުމުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށެވެ. އެގޮތުން ޖީއެސްޓީ އަދި ޓީޖީއެސްޓީ އާމްދަނީއަށް އެކަނި ބެލި ނަމަވެސް އޭގެ ކުރީ އަހަރާ ބަލާއިރު އާމްދަނީ ތިން ބިލިއަން ރުފިޔާ ދަށްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox