ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމުގެ ތުހުމަތާ އެކު މައްސަލަ ބަލަން ގޮވާލައިފި

Apr 28, 2021, 9:45 AM
އިދިކޮޅުން މާލޭގައި ރޭ ކުރި މުޒާހަރާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ: މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށް ބުނެ އިދިކޮޅުން ވަނީ ކަންބޮޑުވުންފާޅުކޮށްފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިދިކޮޅުން މާލޭގައި ރޭ ކުރި މުޒާހަރާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ: މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށް ބުނެ އިދިކޮޅުން ވަނީ ކަންބޮޑުވުންފާޅުކޮށްފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ބާއްވާ އެއްވުންތައް ހުއްޓުވަން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ބައެއް މީހުންނަށް ގަސްތުގައި އަނިޔާކުރަމުންދާ ކަމުގެ ތުހުމަތާ އެކު މައްސަލަ ބަލައިދޭން ކަމާބެހޭ އިދާރާތަކަށް އިދިކޮޅުން މިއަދު ގޮވާލައިފި އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށް ފަހު "ދޭތިން އެކައްޗަށް" ނަމުގައި ރޭ މާލޭގެ ދެ ސަރަހައްދަކަށް އެއްވި އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މަގުތަކަށް އެއްވުން މަނާކޮށްފައި ވަނިކޮށް ކުރި މުޒާހަރާ ހުއްޓުވައި ރޭ ބަޔަކު ހައްޔަރުކުރި އެވެ. އެ މީހުން ޖޫރިމަނާކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގައި ފުލުހުންގެ ފަރާތުން ރޭ ވެސް ފެނުނީ އަނިޔާވެރިކަމެވެ. ފުލުހުން މިގޮތަށް އަމަލުކުރާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަން އިދިކޮޅުން ވަނީ އެދިފަ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި ރައްޔިތުން ޝުއޫރުފާޅުކުރަން ބާއްވާ އިހްތިޖާޖްތަކާއި އެއްވުންތައް ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އެކި ވަރުގެ އަނިޔާދެނީ ގަސްތު އެވެ.

އިދިކޮޅުގެ މި ތުހުމަތާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޕީޕީއެމާއި ޕީއެންސީގެ އޮފީސް ހުންނަ ސަރަހައްދު ބަންދުކޮށް އޮފީހަށް ވަނުމުގެ ފުރުސަތު ނުދޭން ފުލުހުން ހިންގާ ކަންކަން ވެސް ބަލައި ނުގަންނަ ކަމަށް އިދިކޮޅުން ބުންޏެވެ. އެކަން ހުއްޓުވަން އިލެކްޝަންސް ކޮމިޝަނަށް ވަނީ ގޮވާލައިފަ އެވެ.

"ޑިމޮކްރަސީގެ އެއް އަސާސް ކަމުގައިވާ ހިޔާލުފާޅުކުރުމާއި އިހްތިޖާޖް ކުރުމުގެ ހައްގަށް ދިވެހި ސަރުކާރުން އަރައިގަނެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެ އެވެ.

ޕީޕީއެމާއި ޕީއެންސީގެ މުޒާހަރާތައް އަމާޒުކޮށް ވަނީ ޔާމީން މިނިވަންކުރަން ސަރުކާރަށް ޕްރެޝަރުކުރުމަށެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން އާއިލާ އިން ވެސް ވަނީ ސަރުކާރުގައި އެދިފަ އެވެ. އެކަމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުނިތާ ދެ ހަފުތާވެފައި ވިޔަސް އަދި ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox