ޔޫރޯ ސްކޮޑަށް އިތުރު ތިން ކުޅުންތެރިންގެ ޖާގައެއް

Apr 28, 2021, 5:11 AM
ވޯލްޑް ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން ޕޯޗުގަލްގެ ޖޮޓާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން ޕޯޗުގަލްގެ ޖޮޓާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނިޔޯން (އޭޕްރީލް 28) - މި ފަހަރުގެ ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ ސްކޮޑަށް އިތުރު ތިން ކުޅުންތެރިންގެ ޖާގައެއް ދޭން ޔުއެފާގެ ނެޝަނަލް ޓީމު ކޮމިޓީ އިން ނިންމައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން ގެންނަ ވަގުތީ ބަދަލެއްގެ ގޮތުގައި މި ބަދަލު ގެންނަން ނެޝަނަލް ޓީމު ކޮމިޓީން ނިންމި ނަމަވެސް މި ބަދަލު ފާސްކުރާނީ ޔުއެފާގެ އެގްޒެކިއުޓިވް ކޮމިޓީން މި ހަފްތާގައި ބާއްވާ ބައްދަލުވުމުގަ އެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރު ބާއްވަން ނިންމި ޔޫރޯ މި އަހަރަށް ފަސްކުރީ މިދިޔަ އަހަރު މުޅި ދުނިޔޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުންނެވެ. މި އަހަރުގެ ޖޫން 11 ވަނަ ދުވަހު ފަށާ ޔޫރޯ އަށް ޓީމުތައް ސްކޮޑު ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ ޖޫން 1 ވަނަ ދުވަހެވެ. ކޮވިޑާ ހެދި ޔޫރަޕްގެ ރަސްމީ މުބާރާތްތަކުގައި މިހާރު އަމަލުކުރަމުން އަންނަ މެޗެއްގެ ތެރެއިން ފަސް ބަދަލު ގެނެވޭ ގަވާއިދަށް ޔޫރޯގައި ވެސް އަމަލުކުރާނެ އެވެ.

އާންމު ގޮތެއްގައި ބޮޑެތި ގައުމުތަކުން ޔޫރޯ އާއި ވޯލްޑް ކަޕްގެ ސްކޮޑު ހުށަހަޅަން ދީފައިވާ ފަހުގެ މުހުލަތު ހަމަވުމުގެ ހަފްތާއެއްހާ ދުވަސްކުރިން ސްކޮޑު އިއުލާންކުރެ އެވެ. އެކަމަކު ރަސްމީކޮށް ހުށަހަޅަނީ ފަހުންނެވެ. އެއީ މީޑިއާ ޕްރެޝަރު ކަނޑުވާލައި ސްކޮޑަށް ގެންނަން ޖެހޭ ބަދަލުތަކަށް ވަގުތު ދެވޭ ގޮތް ހެދުމުގެ ގޮތުންނެވެ.

ރިޕޯޓްތައް ބުނާގޮތުން މެއި މަހުގެ 26 ވަނަ ދުވަހު އިންގްލެންޑާއި ފްރާންސް އަދި އިޓަލީގެ ޔޫރޯ ސްކޮޑު އިއުލާނުކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox