އީގަލްސް އަސްލު މަގާމަށް ގެންދަން ބޭނުން: ޝާޒް

އީގަލްސްގެ ކޯޗު ޝާޒް (ކ) އެ ޓީމުގެ ރަޝިއާ ފޯވާޑް ކޮރްމިޝިންއާ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސްގެ ކޯޗު ޝާޒް (ކ) އެ ޓީމުގެ ރަޝިއާ ފޯވާޑް ކޮރްމިޝިންއާ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އިން މިހާރު ހޯދަމުން އަންނަ ކުރިއެރުމުގެ ބޭނުންހިފައި ދެން ބޭނުންވާ ކަމަކީ އެ ޓީމުގެ އަސްލު މަގާމަށް ގެންދިއުން ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ޝާޒް އީގަލްސްއާ ހަވާލުވިއިރު، އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ޝާޒްއާ އީގަލްސް ހަވާލުކުރުމަށް ފަހު އެ ޓީމުގެ މެނޭޖްމަންޓުން އޭނާ އަށް ދިން ޓާގެޓަކީ ގަދަ ހައެއްގައި އޮތުމެވެ. އެންމެ ފަހުން ޓީސީ އަތުން މޮޅުވި މެޗަށް ފަހު އީގަލްސް ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނަ ބުރުގައި އީގަލްސް އަށް ބާކީ އޮތް ދެ މެޗުން މާޒިޔާ އާއި ވެލެންސިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވެގެން ނޫނީ އެ ޓީމަށް މި ބުރުގައި ހަތަރު ވަނަ ނުގެއްލޭނެ އެވެ.

ޝާޒް ބުނީ މެނޭޖްމަންޓުން އެ ޓާގެޓް ދިން ނަމަވެސް އީގަލްސްގައި ތިބި ކުޅުންތެރިންނާއި މިދިޔަ އަހަރުތަކުގައި އެ ޓީމުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އެ އަށް ވުރެ ދުރަށް ދާން ވެސް ކުޅުންތެރިންގެ އިތުރުން އޭނާ ވެސް ބޭނުންވާ ކަމަށެވެ. މިދިޔަ ތިން އަހަރު އީގަލްސް އޮތީ ލީގުގެ ގަދަ ތިން ޓީމުގެ ތެރޭގަ އެވެ. އެ ޓީމަކީ މިދިޔަ އަހަރު ލީގުގެ ރަނަރަޕް އެވެ.

"އީގަލްސްގައި އެ ތިބި ކުޅުންތެރިންނާއި ހުރިހާ އެންމެނަށް ވެސް ގަބޫލުކުރެވޭ އެ އަށް (ހަތަރު ވަނަ) ވުރެ ރަނގަޅު ހިސާބަކަށް ދެވޭނެކަން. އަދި ޓާގެޓް މެނޭޖްމަންޓުން ކަނޑައަޅާފައި އޮތަސް އީގަލްސްގެ ތިބި ކުޅުންތެރިން ބޭނުންވޭ ވަރަށް ބޮޑަށް ކުރިއަށް ދާން. އީގަލްސްގައި މިހާތަނަށް ރިޒަލްޓަށް ބަލައި ކުޅުންތެރިންނަށް އެހާ ބޮޑަކަށް ހިތްހަމަޖައްސާލައިގެން ނުތިބެވޭނެ ކަންނޭނގެ ގަދަ ހައެއް އެކަނި،" ޕްރޯ ލައިސަންސް ކޯޗު ޝާޒް ބުންޏެވެ.

ލީގުގެ ގަދަ ހައެއްގެ ވާދަވެރިކަން ވަރަށް ބޮޑެވެ. މި ވަގުތު ލީގުގެ ޓޭބަލަށް ބަލާއިރު ހަތަރު ވަނައިގައި އޮތް އީގަލްސް އިން ފެށިގެން އަށް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. އީގަލްސް އަށް 12 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ވިކްޓްރީ އެންމެ ފުލުގައި އޮތީ 14 މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ބުރުގައި ބާކީ އޮތީ އީގަލްސްގެ ދެ މެޗެވެ. އެއީ މާދަމާރޭ ވެލެންސިއާއާ ކުޅޭ މެޗާއި އަންނަ އާދިއްތަ ދުވަހު މާޒިޔާއާ ބައްދަލުކުރާ މެޗެވެ.

"ގަދަ ހައެއްގެ ތެރޭގައި ތިއްބަސް ގަބޫލުކުރަން ޖެހޭ ވަރަށް ކައިރީގައި ޓީމުތައް މި އޮތީ. ހަމަ މެޗެއްގެ ތަފާތެއް މިހުރި. ތިން ވަނަ ބުރަށް ނުކުންނައިރު މި ދެ މެޗަކީ (ވެލެންސިއާ އާއި މާޒިޔާ މެޗު) އީގަލްސް އަށް ވަރަށް މުހިއްމު ދެ މެޗު ރޭހުގެ ކުރީކޮޅުގައި ފައިޓްކުރަން ޗާންސް ލިބޭނެ އަދި ގަދަ ހައެއްގައި ހަރުލަން ވެސް މި ދެ މެޗުގެ ރިޒަލްޓް ގުޅިފައި އޮންނާނީ،" ޝާޒް ބުންޏެވެ.

މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން އީގަލްސް އިން ސީޒަން ފެށީ ޗެރިޓީ ޝީލްޑް އުފުލާލައިގެންނެވެ. އެކަމަކު ލީގުގައި އެ ޓީމުގެ ނަތީޖާތަކަށް ވަރަށް ބޮޑަށް އަސަރުކޮށް ފަހުން މޯހަން އެ ޓީމު ދޫކޮށްލީ އެވެ. އޭގެ ފަހުން އަހުމަދު ނިމާދު (ނިމާ) ވެސް ވަނީ ވަގުތީ ކޯޗެއްގެ ގޮތުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ޝާޒް ހަވާލުވި ފަހުން އޭއެފްސީ ކަޕާއި ލީގާ އެކު އީގަލްސް އިން ކުޅުނު ހަ މެޗުގައި ވެސް ބަލިވެފައިނުވެ އެވެ.

"ވަރަށް މުހިއްމު ކަމެއް އީގަލްސް އަށް މި ފޯމުގައި ކުޅުމާއި މިގޮތަށް ބޭންދުން. އީގަލްސްގައި ތިބި ކުޅުންތެރިން ވަރަށް ބޮޑަށް މޯޓިވޭޓްވެފައި ކުޅުންތެރިންގެ ރޫހު ވަރަށް ބޮޑު. ފުރަތަމަ ބުރުގައި އެ ގޮތަށް އޮވެފައި ދެ ވަނަ ބުރުގެ މި ވަރުގެ ނަތީޖާއެއް މި ނެރެވުނީ އީގަލްސް ކުޅުންތެރިންގެ ވަރަށް މަސައްކަތުން. ދެން ލީޑުކުރަން ތިބި ސީނިއާ ކުޅުންތެރިން އެކައްޗެއް ކިޔައިގެން އެ މީހުން ވަރަށް ބޮޑު މަސައްކަތެއް މި ކުރީ. ފާހަގަކޮށްލަން ކެޕްޓަން ކުރޯ (ހުސެއިން ސިފާއު)ގެ މަސައްކަތް،" ޝާޒް ބުންޏެވެ.

ލީގުގައި މާދަމާރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ ވެލެންސިއާ އަކީ ޝާޒް ދެކޭގޮތުގައި ނަތީޖާ ނެރުމަށް ބަލާއިރު ލީގުގައި ތަފާތު ދައްކާފައިވާ ޓީމެކެވެ. ކޮންމެ ގޮތަކަށް މެޗުގެ އޮއެވަރު ދިޔަ ކަމުގައި ވިޔަސް ވެލެންސިއާގެ ސީނިއާ ކުޅުންތެރިންގެ ބޭނުންހިފައި އެ ޓީމުން މެޗުތަކުގެ ނަތީޖާ އަނބުރާލާނެކަމަކީ އީގަލްސް އިން ވިސްނާނެ ކަމެއް ކަމަށް ޝާޒް ބުނެފައިވެ އެވެ.

"ކޮންމެ ހިސާބެއްގައި ރިޒަލްޓް އަނބުރާލުމުގެ ކެޕޭސިޓީ ވެލެންސިއާގައި އެބަހުރި. އެ ވަރުގެ ސީނިއާ ޕްލޭޔަރުން އެ ޓީމުގައި އެބަތިބި. ވެލެންސިއާގައި އެންމެ އުނދަގޫ ކަމަކަށް ދިމާވާނީ އެ ކަންތައް. އެކަމަށް އީގަލްސް ތައްޔާރުވާނެ،" މި ފަހަރު ލީގުގައި ޓީސީއާ ހަވާލުވެ ހުރެ ވެލެންސިއާއާ 1-1 އިން އެއްވަރުކުރި ޝާޒް ބުންޏެވެ.

"ވެލެންސިއާ އަކީ ލީގުގެ އެންމެ މޮޅު އެއް ޓީމު. ވެލެންސިއާއާ އެކު ކުޅޭއިރު އެހާ ފަސޭހައެއް ނުވާނެ. އެއް ކަމަކީ ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުން ބަލިވެފައި އޮތުން. އަނެއް ކަމަކީ އެ ޓީމަކީ ލީގުގެ އެ ރޭހުގައި ހިފަަހައްޓައި ލީގަށް ވެސް ވާދަކުރާ ބައެއް. އެ ގޮތަށް ބަލާއިރު އެ މީހުންނަށް ވެސް މި މެޗު މުހިއްމު،"

އެންމެ ފަހުން އީގަލްސް އިން ކުޅުނު މެޗުގައި ބިދޭސީ ދެ ފޯވާޑުން ކަމަށްވާ ރަޝިއާގެ ވްލަޑިސްލާވް ކޮރްމިޝިން އާއި މިސްރުގެ ފޯވާޑް މުހައްމަދު އުސާމާ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. ޝާޒް ބުނީ ރިސްކެއް ނަަގައިގެން އަނިޔާގައި އެ ކުޅުންތެރިން ތިއްބައި ކުޅުވަން ބޭނުންނުވާ ކަމަށެވެ. އޭގެ ބަދަލުގައި އީގަލްސްގައި ފިޓްކޮށް ތިބި ކުޅުންތެރިންގެ ބޭނުންހިފައި ބިދޭސީ ކުޅުންތެރިން ފިޓްވަންދެން ބެހެއްޓުން އެއީ މާ ރަނގަޅު ނިންމުމެއްގެ ގޮތުގައި ޝާޒް އަށް ގަބޫލުކުރެވެ އެވެ.

"އީގަލްސްގެ ހުރިހާ ޑިޕާޓްމަންޓަކަށް ބެލިޔަސް ރަނގަޅު. ކުރިން ދުވަހު އިންމަގެ ކުޅުން ފާހަގަކުރިހެން. އަދި މިހާރު ޒައިން، ނާއިމް ދެން ހަންނަގެ ކުޅުމަށް ބެލިޔަސް އަދި ވެސް އެބަތިބި ވަރަށް ރަނގަޅު ކުޅުންތެރިން. އެޓޭކިންގައި ވެސް މިޑްފީލްޑްގައި ވެސް އެބަތިބި ރަނގަޅު ކުޅުންތެރިން. އެޓޭކިން ހުނަރު ތިބި ކުޅުންތެރިން މިއީ. އީގަލްސް އަކީ ބޯޅައާ ވަރަށް ފަރިތަ ކުޅުންތެރިން ތިބި ޓީމެއް. އެކި ގޮތަށް އެކި ޕޮޒިޝަންތަކަށް ކުޅުވޭ ކުޅުންތެރިން ތިބި ޓީމެއް. މިއީ ހަގީގަތުގައި ހިތްހަމަޖެހުމެއް އަދި އެޑްވާންޓޭޖެއް،" ޝާޒް ބުންޏެވެ.

ބިދޭސީ ކުޅުންތެރިންގެ ތެރެއިން އީގަލްސް އިން އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި ގެނައި ކުޅުންތެރިންގެ ތެރެއިން ލެބަނަން ކީޕަރު މުހައްމަތު ތޯހާގެ ކުޅުން ޝާޒް ވަނީ ފާހަގަކޮށްފަ އެވެ.

އީގަލްސް އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox