އަސްތާ! އެ ބުނީ ކީކޭ؟

އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)

ދެ އަހަރު ވަންދެން ރާއްޖޭން ބޭރުގައި އުޅުމަށްފަހު އެނބުރި މާލެ އާދެވުމާއެކު އަހަރެން ކެތްމަދުވެފައިހުރީ "ވޯކް ފްރޮމް ހޯމް" އުސޫލު ދޫކޮށް ނިއުސްރޫމުގެ ކާރުބާރުބޮޑު މާހައުލަށް އެނބުރި ދިއުމަށެވެ. ހިތް އަވަސްވެފައި ހުރީ ގިނަ ދުވަސްތަކަކަށްފަހު ސްޓޫޑިއޯއެއްގެ އެތެރެ ބަލާލުމަށެވެ. ދަނޑިވަޅެއް ހޯދައިގެން ސައިކަލުގައި އޮފީސް ދޮރުމައްޗަށް ގާތްކޮށްލުމާއެކު އިށީންނާނެ ގަލެއް ނުބަލައި އުދުއްސައިގަނެވުނުކަމުގެ އިހުސާސް ކުރެވުނެވެ. ސައިކަލު ޕާކުކުރާނެ ތަނެއް ފެނޭތޯ ޓީވީއެމް ކޮށި ވަށާ މުގޯލި އަޅަނިކޮށް ޒުވާން ފުރައިގެ ކުއްޖަކު ހަނާއަޅާލާފައި "ދައްތާ މިތަނަށް ޖަހާ" މިހެން ބުނި އަޑަށް ސިއްސައިގެން ދިޔައީ ސަހަރޯއޭ މި ޒަމާނުގެ ކުދިން ރޯމާ ދުވާލުވެސް މީހުންނާ ފޮށެނީތާއޭ ހިތަށް އަރާފަ އެވެ. އައި ރުޅިން ދެބުމަ ގޮށްޖަހާފައި އެ ދިމާ ބަލާލިތަނާ ސައިކަލު ޕާކުކުރާނެ ޖާގައެއް ފެނުމުން އައިސްފައި ހުރި ރުޅި ވެސް މަޑުވެއްޖެ އެވެ.

މި ހާދިސާ ހަނދާން ނައްތާލަން ހިތުއަޅައިގެން އޮފީހަށް ވަދެ ރައްޓެހިންނާ ސަލާންގަލާން ކުރަން ފަށައިފީމެވެ. އަލަށް އެކުގައި މަސައްކަތްކުރަން ޖެހޭ ޓީމަށް ތައާރަފުވުމާއެކު ބާކީ ބައި ކޮފީއަކުން ކުރިއަށް ގެންދަން އެއްބަސްވެވިއްޖެ އެވެ. ވަރަށް ބޮޑު މަޝްވަރާއަކަށް ފަހު "އޮރެގާނޯއަށް އަރަން" ނިންމައިފި އެވެ. އަހަރެން ހިތަށްއެރި އެވެ. ވާނީ އުސް އިމާރާތަކަށެވެ.

އެ ހިސާބަށް ފޯރައި ދެ ބުރި އިމާރާތެއް ފެނުމުން އަހަރެންގެ ސުވާލު ގޯނީގެ ތުން މުހާލީމެވެ. ކަމަކު ދާކަށް ނެތެވެ. ޕާކަށް ޖެހުމާއި ކޮފީއަށް އެރުމަކީ ކޮބައިކަން އެނގުނީ އެ ހިސާބުންނެވެ.

ދައްކަން މި އުޅެނީ "އާބަން" ދިވެހީންގެ ވާހަކަ އެވެ. މިއީ ބައެއް ދިވެހިން އެހާ ދައްކަން ބޭނުން ވާހަކައެއް ނޫންކަމުގައި ވުން އެކަށީގެންވެ އެވެ. އެއް އުމުރުގެ ދިވެހިންނާއި "އޮފްލައިން" މާހައުލެއްގައި ވާހަކަ ނުދައްކާ ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެ ފަދަ އިބާރާތްތައް އަޑުއިވުމުން އެއީ ކުށް ގޮތެއް ކަމުގައި ހުދު އަހަރެންނަށް ވެސް ހީވި އެވެ. އެހެން ނަމަވެސް ހަގީގަތުގައި މިއީވެސް ބަހަވީ ވައްޓަފާޅިއެކެވެ. އާއްމު ގޮތެއްގައި މި ވައްޓަފާޅި އުފެދެނީ ވަކި ވަކި އިޖުތިމާއީ ގުރޫޕުތަކުގެ ތެރެއިންނެވެ. ގިނަ ފަހަރު ބޭނުންކުރަނީ ރަދީފުގައި ހުންނަ ލަފުޒުތަކެވެ. ތަފާތީ ބޭނުންކުރާ ހާލަތު ނުވަތަ ކޮންޓެކްސްޓެވެ. ލަފުޒީ މާނަ ނޫން އިތުރު މާނައެއް އުފަންވަނީ އެވެ. މި ފަދަ ބައެއް ލަފުޒުތަކާއި އިބާރާތްތަކާއި ބުނުންތައް އެ އުފެއްދި ގުރޫޕުން ބޭރުވެ އާއްމު މުއާމަލާތްކުރުމުގެ ތެރެއަށް އޮމާންކަމާއެކު ވަދެގެންދެ އެވެ. މަތީގައި މި ފާހަގަ ކުރި ދެ މިސާލަކީ އެ މޭރުމުން މިހާރު އާއްމުވެފައިވާ ދެ މިސާލެވެ.

އެހެން ނަމަވެސް މި ފަދަ ބައެއް އެހެން ލަފުޒުތަކާއި ބުނުންތައް ހާއްސަ ވަނީ ވަކި ވަކި ސޯޝަލް ގުރޫޕުތަކަށެވެ. މިސާލަކަށް، "މިއުޅެނީ ރޯދަ ވީއްލިގޮތަށް އަދި ޑާކު ނުފިލައިގެންނޭ" ބުނުމުން އެ ދެކެވެނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވާހަކަކަން އެކަން ނުކުރާ ގިނަ ބަޔަކަށް ނޭނގުން އެކަށީގެންވެ އެވެ. އަދި ޒުވާބެއްގެ ތެރެއިން "ހުޅި ޖަހާލަންވީހޭ" މީހަކު އަހާލުމުން، އެއީ އަތްއިސްކުރަން ޖެހިލުންނުވާނޭކަމުގެ އިންޒާރެއްކަން ދޭހަވާ ބަޔަކު އެހާ ގިނަ ނުވެދާނެ އެވެ.

އާބަން ލަފުޒުތަކާއި ބުނުންތައް ބައެއް އަދަބީ އުފެއްދުންތަކުންވެސް އުފަންވެ އެވެ. ކުރީގެ ބައެއް މަޖާޒާއި މިސާލުބަހުން ވެސް މިކަން ދޭހަވެ އެވެ. މިސާލަކަށް "ކުއްޅަވަށްފަލު ރަނިކަމަނާ" އޭ، "ކަޅިފުށީކަލޭގެ ޖެހި ކޮކަޑި"އޭ ބުނުމުން އެ ދޭހަވާ މާނަ ގުޅެނީ މަޝްހޫރު ވާހަކައަކާކަން އަހަރެމެންނަށް އެނގެ އެވެ. މިފަދަ ބައެއް ބުނުންތައް މިހާރުވެސް އުފެދެމުން އެބަދެ އެވެ. މި ދުވަސްވަރު ވައިގައި ހިފާފައިވާ މިފަދަ އެއް ބުނުމަކީ "ކޯރެއްގެ ކޯވަރެއް"ގެ ވާހަކައެވެ. "ލަޝްކަރެއް ނެތް ބާގީއެއް"، "ރަސްކަމެއް ނެތް ޔާމީނެއް" ފަދަ ބުނުންތައް މުސްތަގުބަލުގެ ފޮތްފޮތުން މިސާލުބަހުގެ ގޮތުގައި ފެނުން އެކަށީގެންނުވެއެކޭ ނުދެންނެވޭނެ އެވެ.

ދެން އުފެދޭ ސުވާލަކީ "އާބަން" ދިވެއްސާއި ބާޒާރުމަތީ ބަހުރުވައާއި ތަފާތެއް ވޭތޯ ކުރެވޭ ސުވާލެވެ. މި ސުވާލަށް ޖަވާބު ދިނުމަށް އަނެއްކާވެސް ބައެއް މިސާލުތަކަށް ބަލާލަމާތޯ އެވެ. ބަހުގެ ރަދީފުގައި އަދިވެސް "ސަޅި" މާނަކޮށްފައިވަނީ "ކަނޑާ ފޮނި" އަދި " ބޮޑާ" މި ދެގޮތަށެވެ. އެހެންނަމަވެސް މި ލަފުޒަކީ މިހާރު "ރީތި" މި މާނައިގައި ބޭނުންކުރެވޭ ލަފުޒެއް ކަމާމެދު ޝައްކެއް ނެތެވެ. "ބިޓު" މި ލަފުޒު އަދިވެސް ދިވެހި ރަދީފުގައި ނެތީ އެ ލަފުޒު ބޭނުންކުރާ މިންވަރު މަދުވެގެންނެއް ނޫނެވެ. މަންމަ ދަރިފުޅު ގާތު "ބިޓު" ކޮބައިތޯ އަހާލަނީ އެ ލަފުޒު ބާޒާރުމަތީ ލަފުޒަކަށް ނުވާތީ ތާއެވެ.

ރަދީފުގެ ވާހަކައަށް ބަލާއިރު ބައެއް ބަސްބަހުގެ އަހުލިވެރިން އާބަން ލަފުޒުތަކާއި އިބާރާތްތައް އަދި ބުނުންތައް ދެނެގަތުމަށް އާބަން ޑިކްޝަނަރީ" ތައް ގެންގުޅެ އެވެ. އަދި ބައެއް ބަސްބަހުގެ ރަސްމީ ރަދީފުގައި އެ ލަފުޒެއްގެ މާނައިގައި "ސްލޭންގް" ނުބަތަ "އާބަން" މާނަ ހިމަނާފައިހުރެ އެވެ. ދިވެހިބަހުގެ ވެސް "އާބަން ޑިކްޝަނަރީ" ތައް ވެސް ނުރަސްމީ ސިފައެއްގައި ޕޭޖްތަކާއި ސައިޓްތަކުން މަދުމަދުން ފެންނަކަމީ އުއްމީދީ ނިޝާނެކެވެ.

އަހަރެން ވެސް އަދިވެސް މި ދަސްކުރަނީ އެވެ. މިހެން ޑަމީވެފައި ހުރުމަކީ ވަރަށް ޕަޓަ ކަމެއްކަން އަހަރެން ބަލައިގެންފީމެވެ. ޒުވާން ކުދިންކޮޅެއް އަހަރެން ރޮއްޓަކަށް ހަދާލުމުގެ ކުރިން މިކަހަލަ ބައެއް ލަފުޒުތަކާއި އިބާރާތްތައް ދަސްކުރަން އެބަޖެހެއެވެ. އެހެންނޫނީ އުޓިފަ ހުރި ޕާޓޭއެކޭ މަށެކޭ އެއްވެސް ތަފާތެއް ނެތްކަން ގެރޭ އެވެ.

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox