ރޯދަ އަށް ހުއްޓަަސް ފޮފާނާ އަށް މެޗު ކުޅެން ފުރުސަތު ދޭނެ

Apr 27, 2021, 8:39 AM
ލެސްޓާގެ ޑިފެންޑަރު ފޮފާނާ.

ލެސްޓާގެ ޑިފެންޑަރު ފޮފާނާ.

ލެސްޓާ (އޭޕްރީލް 27) - ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު ވެސްލީ ފޮފާނާ ރޯދަަ އަށް ހުއްޓަަސް އޭނާ އަށް މެޗުތަކުން ފުރުސަތު ދޭން ފަސްނުޖެހޭނެ ކަމަށް ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.

ފްރާންސްގެ މާސޭ އަށް އުފަން އުމުރުން 20 އަހަރުގެ ފޮފާނާ އަކީ މުސްލިމެކެވެ. މި ސީޒަނުގައި ލެސްޓާ އަށް ބަދަލުވުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޮފާނާ އަށް ދާދި ފަހުން މީހުންގެ ސަމާލުކަން ހުއްޓުނީ މި މަހު 18 ވަނަ ދުވަހު އެފްއޭ ކަޕް ސެމީ ފައިނަލުގައި ސައުތެމްޓަނާ ދެކޮޅަށް ލެސްޓާ ކުޅެން އޮތް މެޗު ފެށުމުގެ 15 މިނިޓް ކުރިން ރޯދަ ވިއްލައި އެ މެޗުގައި އެއްކޮށް ކުޅުމުންނެވެ.

އޭގެ ފަހުން މި މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމް އަތުން 3-0 އިން ލެސްޓާ މޮޅުވި މެޗުގެ ފުރަތަމަ ހާފަށް ފަހު ރޯދަ އަށް ހުރުމުން ފޮފާނާ ވަނީ ފުރަތަމަ ހާފަށް ފަހު ބަދަލުކޮށްފަ އެވެ. ރޭ ލެސްޓާ އިން ފަހަތުން އަރައި ކްރިސްޓަލް ޕެލަސް ބަލިކުރިއިރު އެ މެޗުގެ 34 ވަނަ މިނިޓްގައި ފޮފާނާ ވަނީ ދަނޑުމަތީގައި ހުރެފައި ރޯދަ ވިއްލައިފަ އެވެ. އެ ވަގުތު ކޮޅު ނަގާފައިވާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔެއް އަންނަނީ ދީނީ ކަންކަމަށް ފޮފާނާ ދޭ ސަމާލުކަމަށްޓަކައި އޭނާ އަށް ތައުރީފުކޮށްފަ އެވެ.

މެޗަށް ފަހު ފޮފާނާ ވަނީ މެޗުގެ މެދުތެރެއިން އޭނާ ރޯދަ ވިއްލަން ވަގުތު ދޭން ކްރިސްޓަލް ޕެލަސް އާއި ޕްރިމިއާ ލީގުން ފުރުސަތެއް ދިނީތީވެ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

"މިއީ ފުޓްބޯޅަ އަކީ އެންމެ ފުރިހަމަ ކުޅިވަރަށް ވާ ސަބަބަކީ" ފޮފާނާ ބުންޏެވެ.

ލެސްޓާގެ ކޯޗު ރޮޖާސް ވެސް ވަނީ ފޮފާނާ އަށް ތައުރީފުކޮށްފަ އެވެ.

"އޭނަގެ ހާލަތު ރަނގަޅު. އެއީ އަދި ޒުވާނެއް. އަހަރެން ބޭނުންވި ބެންޗުގައި އޭނަ އަށް ކާނެ އެއްޗެއް ބަހައްޓަން ވެސް. އެކަމަކު އޭނަ ބޭނުންވީ ރޯދަ ވިއްލައިގެން ވެސް މެޗު ކުޅެން. އަހަރެން ޒުވާން ކުޅުންތެރިއެއްގެ އެ ފަދަ ކޮމިޓްމަންޓަކަށް ބުރޫއަރާނެ ފަދަ ކަމެއް ކުރަން ނެތިން. ރޯދަ އަށް ހުއްޓަސް ފޮފާނާ ޕްރެކްޓިހާއި މެޗުތަކުގައި ކުޅުމުން ސާބިތުކޮށްދޭނަމަ މައްސަލައެއް ނެތް،" ރޮޖާސް ބުންޏެވެ.

"އަހަރެންގެ ކެރިއަރުގައި ރޯދަ ހިފައިގެން މެޗުތައް ކުޅެފައިވާ ކުޅުންތެރިންނާއި ރޯދަ އަށް ހުރެ ކުޅެން ބޭނުންވި ކުޅުންތެރިންނަށް ކޯޗުކަން ކޮށްދީފިން. މިއީ މައްސަލައެއް ދިމާވާނެ ކަމެއް ނޫން. މީގެ ބޭނުންވަނީ ކެވޭ ވަގުތުގައި ރަނގަޅަށް ކެއުން،"

ސެއިން އެޓިއެން ޔޫތު ސިސްޓަމުގެ ތެރެއިން އައިސް ސީނިއާ ޓީމަށް ވެސް ކުޅުނު ފޮފާނާ ގެންނަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ ވެސްޓް ހޭމް ޔުނައިޓެޑުންނެވެ. ލެސްޓާ އިން ފޮފާނާގެ ސޮއި ހޯދީ 36.5 މިލިއަން ޕައުންޑްގެ ފީ އެއް ދެއްކުމަށް ފަހު އެވެ. މި ސީޒަނުގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ފޮފާނާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox