މަޖިލީހަށް މަލީހު ހެއްދެވީ ދޮގު، އެކަމަކު ފިޔަވަޅު ނާޅާން ނިންމައިފި

ކުރީގެ ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު މަޖިލީހަށް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: މަޖިލިސް

ކުރީގެ ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު މަޖިލީހަށް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: މަޖިލިސް

ކުރީގެ ކޮމިޔުނިކޭޝަން އަދި ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހުގައި އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވާފައިވީ ނަމަވެސް، އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނާޅަން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީން މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި މަޖިލީހަށް ޖަވާބުދާރީވަމުން އޭނާ ވަނީ މަޖިލީހުން ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވީ ވެސް އެކަމުގެ ސަބަބުން ކަމަށް މަލީހު އެ ދުވަހު ވިދާޅުވި އެވެ.

މަލީހުގެ އިތުބާރުނެތް ކަމަށް ފާސްކޮށް އޭނާ ވަކި ކުރުމަށްފަހު، އޭނާ ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ބަލަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފެށި އެވެ.

މިދިޔަ މާޗް މަހު މަލީހު ކޮމިޓީއަށް ހާޒިރުކުރުމުން، މަޖިލީހުގައި ދެއްކެވި ގޮތަށް މަލީހު އެ ދުވަހު ވެސް ދެއްކެވީ ހިޔާލުފާޅުކުރުމަށް ގާނޫނު އަސާސީން ލިބިދޭ ހައްގުގެ ވާހަކަ އެވެ.

ކޮމިޓީން ނިންމި ކަމަށް ބުނާ ރިޕޯޓުގައި ވަނީ މަލީހު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށްފަހު މެމްބަރުން ކުރެއްވި ސުވާލުތަކަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވެފައި ނުވާ ކަމަށެވެ.

އެހެންކަމުން އޭނާ މަޖިލީހަށާއި ކޮމިޓީއަށް ގަސްދުގައި އޮޅުވާލާފައިވާކަމަށް ބުރެވޭވެ ކަމަށް ރިޕޯޓުގައި ބުންޏެވެ.

އިމްތިޔާޒު ގާނޫނުގައި ބުނަނީ މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްދުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށާއި، އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

ކޮމިޓީ އިއްތިފާގުން ނިންމި ރިޕޯޓުގައި ބުނީ މަލީހު މަޖިލީހުގައި ދެއްކެވީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ނަމަވެސް، އެ މައްސަލަ ފައިލް ކުރާ ކަމެއް ނުވަތަ އިތުރު ފިޔަވަޅެއް އަޅާ ކަމެއް އެ ރިޕޯޓުގައި ސާފުކޮށް ބުނެފައެއް ނުވެ އެވެ.

މިއަދުގެ ޖަލްސާއަށް ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފު އެ ރިޕޯޓް ހުށަހެޅުއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު އެދިވަޑައިގަތީ ކޮމިޓީގެ ނިންމުން އަލުން ތަކުރާރުކޮށް ދެއްވުމަށެވެ.

ކޮމިޓީ ރިޕޯޓުގައި މައްސަލަ ފައިލް ކުރާ ވާހަކައެއް ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، ޔާސިރު ވިދާޅުވީ ކޮމިޓީން ނިންމާފައިވަނީ މަލީހު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބަލައި، މައްސަލަ ފައިލް ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މީޑިޔާގަ އާއި އަދި އާއްމުންގެ ތެރޭގައި މި ރިޕޯޓާ ގުޅޭ ގޮތުން އޮޅުން އަރާފައި ވާކަން. އަަޅުގަނޑު ހިތުން މިހާރު އެ އޮޅުން ސާފުވެގެންދާނެ،" ޔާސިރުގެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން މަލީހުގެ މައްސަލާގައި ކޮމިޓީން ނިންމި ގޮތަށް ރިޕޯޓު ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ ތެރެއިން 48 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ރިޕޯޓާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ވެސް ތިއްބެވި އެވެ.

އިތުބާރުނެތް ކަމަށް ފާސްކުރި ފަހުން، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި މަލީހު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

މަލީހު މިހާރު ގެންދަވަނީ ސަރުކާރަށާއި ހާއްސަކޮށް މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox