ބާ ސިލިންޑަރުތަކަށް ބަދަލު ހޯދަން ފާސްކޮށްފި

މޯލްޑިވް ގޭހުގެ ޕިކަޕެއް ޑިސްއިންފެކްޓު ކުރަނީ. -ފޮޓޯ: މޯލްޑިވް ގޭސް ފޭސްބުކް

މޯލްޑިވް ގޭހުގެ ޕިކަޕެއް ޑިސްއިންފެކްޓު ކުރަނީ. -ފޮޓޯ: މޯލްޑިވް ގޭސް ފޭސްބުކް

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ނިޒާމް ހަރުދަނާކުރަން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ބާ އޮކްސިޖަން ސިލިންޑަރުތަކެއް ގެނައި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސިންގަޕޫރުގެ ދެ ކުންފުންޏެއް މެދުވެރިކޮށް މޯލްޑިވް ގޭހުން ޖުމްލަ 4،218 ސިލިންޑަރު ގެނެސްފައިވެ އެވެ.

އޭގެ ތެރެއިން ފުރަތަމަ 1،000 ސިލިންޑަރު ގެނައީ ސިންގަޕޫރުގެ އޭއެންޖީ ނަމަކަށް ކިޔާ ކުންފުނިންނެވެ. އަދި ބާކީ ހުރި ސިލިންޑަރު ގެނައީ ސިންގަޕޫރުގެ ޕްރޯބިޒް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށެވެ.

ގޭސް ސިލިންޑަރުތަކަށްް ޖުމްލަ 955،099 އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 300 ސިލިންޑަރު ޓެސްޓް ކުރުމަށާއި އެތަކެތި ލަންކާއަށް ފޮނުވުމަށް އިތުރު 15،038 ޑޮލަރު ވަނީ މޯލްޑިވް ހަރަދު ކޮށްފަ އެވެ.

ނަމަވެސް، ދެ ކުންފުނިންވެސް ފޮނުވާފައިވަނީ ބާ ސިލިންޑަރުތަކެކެވެ.

އެކަމާ ގުޅިގެން، ޕްރޯބިޒްގެ ސިލިންޑަރުތަކުން ބަދަލު ހޯދަން މޯލްޑިވް ގޭހުން މަސައްކަތް ކުރި ނަމަވެސް އޭއެންޖީން ފޮނުވި ސިލިންޑަރުތަކަށް ބަދަލު ހޯދަން މަސައްކަތް ނުކުރާ ކަމަށް އެ މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.

ހައިޑްރޯ ސްޓެޓިކް ސިލިންޑަރު ޓެސްޓްތައް ހަދައި އޭގެ ކޮލިޓީ ބަލައި ޔަގީންކުރުމަށް ފަހު މެނުވީ އެއްވެސް ސިލިންޑަރެއް ބޭނުން ނުކުރަން ފުޑް އެންޑް ޑްރަގު އޮތޯރިޓީން މޯލްޑިވް ގޭހަށް ވަނީ އަންގާފަ އެވެ.

މިގޮތުން، އެ އެންގުމާ އެއްގޮތަށް، މޯލްޑިވް ގޭހުގެ ގުދަނުގައި ހުރި 2،400 އެއްހާ ސިލިންޑަރުވެސް ޓެސްޓުތައް ނަހަދައި ބޭނުންނުކުރުމަށް އެ ކުންފުންޏަށް އެންގުމަށްވެސް ރިޕޯޓުގައިވެ އެވެ.

ސިލިންޑަރުތަކުގެ މުއާމަލާތްތައް ކުރެވުނުއިރު، މޯލްޑިވް ގޭސް ހިންގުމާ ހަވާލުވެ ހުންނެވި އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އެވެ.

ޕްރޯބިޒް ކުންފުނީގެ ހަރަދުގައި ސިންގަޕޫރަށް ދަތުރުކުރެއްވި ކަމަށް ކޮމިޓީގައި އިކްރާމް ވަނީ އެއްބަސްވެވަޑައިގެންފައި އެވެ.

ނަމަވެސް، އެ މައްސަލަ ބަލަމުންދަނިކޮށް އިކްރާމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އިކްރާމް އިސްތިއުފާ ދެއްވި ނަމަވެސް، ސިލިންޑަރުތަކުގެ މުއާމަލާތުގައި ޝާމިލުވާ މޯލްޑިވް ގޭހުގެ މުވައްޒަފުންގެ މައްސަލަތައް ބަލައި، އަވަސް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަންގަންވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ސިލިންޑަރުތަކުގެ މައްސަލާގައި މޯލްޑިވް ގޭހުގެ ބޯޑުން ފިޔަވަޅެއް އަޅާފައިނުވާތީ، މުސްތަގުބަލުގައި އެފަދަ މައްސަލަތަކުގައި އަވަސް ފިޔަވަޅު އަޅަން ބޯޑުގައި އެދެންވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެސްއޯއީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox