ސާންތީގެ ޑިވެލޮޕްމަންޓް ޕްލޭނާއި ސިފަތަށް ޔޫވީ އަށް ގެންނަނީ

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ).-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ).-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ފުޓްބޯޅައިގައި އުޅޭ ބައެއް މީހުން، އޭނާ އަކީ ހަަމައެކަނި ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުގައި މުހާތަބުކުރާތީ އެކަމާ އެއްވެސް ފަރުވާލެއް ނެތެވެ. ފުޓްބޯޅައިގައި ހަވާލުވާ ކޮންމެ ޕްރޮޖެކްޓެއްގައި ވެސް އޭނާ ޑިވެލޮޕްމަންޓަށް އިސްކަންދީގެން މަސައްކަތްކުރަނީ ވަރަށް ކުރާހިތުންނެވެ. މިއީ މިހާތަނަށް ވެސް މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ބަދަލުނުވެ އޮތް ވިސްނުމެވެ.

އީގަލްސްއާ 2013 ވަނަ އަހަރު ހަވާލުވިއިރު، ވެސް ޑިވެލޮޕްމަންޓްގެ މަސައްކަތް ފެށީ ދުރުރާސްތާ އަށް ވިސްނައިގެންނެވެ. މި ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗުކަމާ ހަވާލުވެ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ދޫވެފައި އޮތް ސާންތީގެ ހިތް އެ ކަމުން ވަކިނުވާކަން ޔަގީންވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނަތީޖާ އަށް ފަރުވާލެން ބެހެއްޓުމެއް ނެތި ވެސް ޑިވެލޮޕްމަންޓްގެ ވާހަަކަ ދައްކަމުން ދިއުމުންނެވެ.

"ވަރަށް ގިނަ ބަޔަކު ބުނޭ ޔޫތު ޑިވެލޮޕްމަންޓް ކޯޗެކޭ އަޅުގަނޑަކީ. އެއީކީ މުޅިން ދޮގު ވާހަކައެއް ނޫން. އަޅުގަނޑު ވަރަށް ކުރާހިތުން ކުރާ މަސައްކަތެއް ޑިވެލޮޕްމަންޓާ ގުޅޭ ކަންކަމަކީ،" ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ބުންޏެވެ.

ސާންތީ މި ސީޒަން ފެށީ ހުސްކޮށް ހުންނާތީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ފްރީލާންސްކޮށް ޓްރެއިނިން އަށް އެހީތެރިވާ މީހެއްގެ ގޮތުގަ އެވެ. އޭރު ޔުނައިޓެޑް ވިކްޓްރީގެ ކޯޗަކަށް ހުރީ މުހައްމަދު އާދަމް އެވެ. ފުރަތަމަ ހަ މެޗަށް ފަހު މުހައްމަދަށް ޔުނައިޓެޑް ވިކްޓްރީގެ ހާލަތު ބަދަލުނުކުރެވުމުން އެ ޓީމުން އޭނާ އިސްތިއުފާ ދިނެވެ. އޭރު އެ ޓީމު ލީގުގެ އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ.

މުހައްމަދު ވަކިވުމާ އެކު ޔުނައިޓެޑް ވިކްޓްރީގެ ކޯޗެއްގެ ޒިންމާ ނެގީ ސާންތީ އެވެ. ފުރަތަމަ ނިންމީ މި ސީޒަނުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރާށެވެ. އެކަމަކު ސާންތީ ފަހުން ވަނީ ޔުނައިޓެޑް ވިކްޓްރީގައި އެ އަށް ވުރެ ދިގު މުއްދަތަކަށް މަޑުކުރަން މެނޭޖްމަންޓްގެ ހުށަހެޅުމެއް އެބައޮތް ކަމަށް ބުނެފަ އެވެ.

ސާންތީ (ކ) އާއި ވެލެންސިއާގެ ގޯލްކީޕަރު ކޯޗު ހަސަން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާންތީއާ އެކު މެޗަކަށް ފަހު މެޗެއް ޔުނައިޓެޑް ވިކްޓްރީން ދިޔައީ ކުޅުން ރަނގަޅުކުރަމުންނެވެ. އެކަމަކު ފުރަތަމަ ފަސް މެޗުން ވީ ބައްޔެވެ. އޭރު ވެސް އޭނާ ބުނަމުން ދިޔައީ ބަލިވަމުންދާ "އެ ދުވަސްތައް" ނިމޭނެ ކަމަށެވެ. އަދި ޔުނައިޓެޑް ވިކްޓްރީ މެޗަކުން މޮޅެއް ހޯދާ ދުވަހުން ފެށިގެން ދެން ކަންތައްތައް މުޅިން ހެން ބަދަލުވެގެންދާނެ ކަމުގެ އިތުބާރު ސާންތީ އަށް އޮތެވެ.

ކަންތައްތައް ދިޔައީ ވެސް އެހެނެވެ. ޔުނައިޓެޑް ވިކްޓްރީން ދެ ވަނަ ބުރު ނިންމާލީ ޖެހިޖެހިގެން ތިން މޮޅާ އެކު އެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބް ވެލެންސިއާ އަތުން ޖެހިޖެހިގެން ޔުނައިޓެޑް ވިކްޓްރީން މި ހޯދި ތިން މޮޅަކީ ޕްރިމިއާ ލީގު ކުޅެން ފެށި ފަހުން ޔުނައިޓެޑް ވިކްޓްރީ ޖެހިޖެހިގެން ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

"މި ޓީމު މި އަށް ވުރެ ވެސް އަދި ރަނގަޅުކުރެވޭނެ. އެ މަސައްކަތް އަޅުގަނޑު މިހުރީ ކުރަން،" ދެ ވަނަ ބުރުގައި ސަސް އަތުން މޮޅުވި މެޗަށް ފަހު ސާންތީ ބުންޏެވެ.

ގާތްގާތުގައި މެޗުތަކުން ބަލިވަމުން ދިޔައިރު ސާންތީ ފާހަގަކުރި އަނެއް ކަމަކީ ސިލްސިލާއެއް ގޮތަށް މޮޅެއް ނުލިބި ދުވަސްތައް ގުނަންޖެހިފައިވާތީ ނަފްސާނީ ގޮތުން ވެސް ކުޅުންތެރިންނަށް ހުރި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާކަން ކަމަށެވެ. ޓްރެއިނިންތަކަށް ބަދަލެއް ގެނެސްގެން ނަތީޖާތައް ރަނގަޅުކުރެވޭނެ ކަމަށް ވެސް ބުންޏެވެ. އެގޮތުން ޓީމު ރޫހު ރަނގަޅުކުރަން ތަޖުރިބާކާރު ދެ ކުޅުންތެރިން ކަަމަށްވާ އިސްމާއިލް އީސާ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ)ގެ ބޭނުންހިފި އެވެ. ޓްރެއިނިން ތެެރެއިން ރަނގަޅުކުރަން ކުރެވޭނެ ކަންތައްތައް އަމިއްލަ ސިކުނޑިން ކުރަހާލި އެވެ.

"ކޮންމެވެސް ވަރަކަށް ޓްރެއިނިން އަށް ގެނައި ބަދަލުތަކެއް ވެސް އުޅޭނެ. މި ހާފް ފީލްޑް މި ލިބެނީ. ދެން ކޮންމެވެސް ވަރެއްގެ ހިންޓެއް ދެންޏާ ހާފް ފީލްޑެއްގައި ވެސް ނުކުޅެ. އެ އަށް ވުރެ ވެސް ތަންކޮޅެއްގައި ކުޅެން ފެށީ. އެހެން ކުޅެން ފެށީމަ ކަމަށް އަޅުގަނޑު މި ލަފާކުރަނީ މި ހެން ގޯލާ މި ކަންތައްތަކަށް މި އައީ،" ޔުނައިޓެޑް ވިކްޓްރީގެ ޓްރެއިނިން އަށް ގެނައި ބަދަލުތަކާ ބެހޭގޮތުން ސާންތީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކިޔައިދިނެވެ.

"އެއް ގޮތަކަށް ވެސް ބޮޑުކޮށް ނުކުޅެނީ އަޅުގަނޑު މިހާރު. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް ޕްރެޝަރުގައި ކުޅެފައި ގޯލު ޖަހަން އަބަދުވެސް ޕްރެޝަރުގައި އިންޓެންސިޓީ ތަންކޮޅެއް ހައިކޮށް އަބަދުވެސް ޓްރެއިނިން އިންނާނީ. އެހެންވީމަ މީގެ ސަބަބުން ފެންނަން ފަށައިފި ގޯލާ ކައިރީގައި ކުޅެފައި ޖަހާލެއް ގިނަވާނެ. ބޮޑުވާ ވަރަކަށް ގޯލަށް ޖަހާލެއް މަދުވާނެ. އެބައި ބައި އިތުރުވެގެން ފެނިގެން އެ ދިޔައީ. ވެދާނެ މިއީ ވެސް އެއް އަސްލެއް ކަމަށް."

ޓްރެއިނިން އަށް ގެނައި ބަދަލާ އެކު ޔުނައިޓެޑް ވިކްޓްރީން ޑިފެންސްކުރާގޮތާއި އެޓޭކިން ހާފްގައި ޕާސް ޖަހާ ގޮތަށް ބަދަލުތަކެއް އަ އެވެ. ފަހު ތިން މެޗުން ޔުނައިޓެޑް ވިކްޓްރީ މޮޅުވިއިރު، އެ ޓީމުން 12 ގޯލު ޖެހި އެވެ. ބައިކޮޅަށް ވަނީ ތިން ގޯލެވެ.

އީގަލްސްގައި ކުރި މަސައްކަތް ޔޫވީގައި ސާންތީ އަށް ތަކުރާރު ކުރެވިދާނެތަ؟

އީގަލްސް އިން 2012 ވަނަ އަހަރު ބޮޑު ހަރަދުކޮށް ތަށްޓެއްގައި އަތްނުލެވުމުން އޭގެ ޖެހިގެން އައި އަހަރު ސާންތީއާ ޓީމު ހަވާލުކުރީ ލަސްވެގެން 2017 ވަނަ އަހަރު ތަށްޓެއް ހޯދުމުގެ ޓާގެޓްގަ އެވެ. އެކަމަކު 2013 އިން ފެށިގެން އީގަލްސްގައި ޓީމެއް ބިނާކުރަން ކުރި މަސައްކަތުގައި ބޮޑު ކުރިއެރުންތަކެއް ފެނި އީގަލްސް އިން 2016 ވަަނަ އަަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އެވެ. އެ ހިސާބަށް ދިއުމުގެ ކުރިން އީގަލްސް އިން ވަނީ ޔޫތު ފުޓްބޯޅަ މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދުމަށް ފަހު އީގަލްސްގެ ކުޅުންތެރިން ސާންތީ އުފުލާލައިގެން.-- ފޮޓޯ: މިހާރު

"އަޅުގަނޑުމެން ވެސް 2013 ވަނަ އަހަރު އެގޮތަށް (ދުރުރާސްތާގެ އަމާޒުގައި) ފެށި ޕްރޮޖެކްޓެއް މިއީ. އެންމެ ފުރަތަމަ ސާންތީ ގެނައުމުން މީހުން ފާޑުކީ. އެކަމަކު މިއަދު މިއޮތީ އެއީ ރަނގަޅު ނިންމުމެއްކަން ސާބިތުވެފައި. މި މަސައްކަތުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ސާންތީ އަށް. ކުޅުންތެރިން ތަމްރީންކޮށް، ކުޅުންތެރިންގެ ހުނަރު ނެރެދީ ޓީމެއް ބިނާކޮށް ތަށްޓަކާ ހަމަޔަށް ގެނެސްދިނީ ސާންތީ. ސާންތީއާ އެކު ނިމާ (އަހުމަދު ނިމާ) އާއި ޝާކިއްޓޭ (އަހުމަދު ޝާކިރު) ވެސް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްދީފައި." 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ކާމިޔާބަށް ފަހު އީގަލްސްގެ އޭރުގެ ޖެނެރަލް ސެކްރެޓަރީ އަދި މިހާރު ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) ވިދާޅުވި އެވެ.

ދާދި ފަހުން ޔުނައިޓެޑް ވިކްޓްރީގައި އޭނާ މަޑުކޮށްފިނަމަ ޔޫތަށް ހާއްސަކޮށް ފަށަން ނިންމާފައިވާ ޕްރޮގްރާމްތަކަށް ސާންތީ ވަނީ އަލިއަޅުވާލައިފަ އެވެ.

ވެލެންސިއާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ބުނީ ރޯދަ ނިމުމުން ޔުނައިޓެޑް ވިކްޓްރީގެ ޔޫތު ގެ މަސައްކަތް ފަށާނެ ކަމަށާއި އެކަޑަމީ މެދުވެރިކޮށް 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ޓީމު ހެދުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.

"ރަނގަޅު ޔޫތު ސިސްޓަމެއް އޮވެއްޖިއްޔާ ޔޫވީ ވެސް މުސްތަގުބަލުގައި ރަނގަޅު ފުޓްބޯޅަ ބްރޭންޑަކަށް ވާނެ،" ސާންތީ ބުންޏެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ އިތުރުން ދާދި ފަހުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި ސާންތީގެ އަނެއް ހާއްސަ ކަމަކީ ރަށްރަށުން އޭނާ އަށް ފޯރުކޮށްދޭ ކުޅުންތެރިންގެ ބޭނުން ހިފުމެވެ. އެ ގޮތުން މި ފަހަރު ޔުނައިޓެޑް ވިކްޓްރީން ސީޒަންގެ މެދުތެރެއިން ގެނައި ބ. ފެހެންދު އަށް އުފަން ޒުވާން ކުޅުންތެރިޔާ މުހައްމަދު ރީހާން އަކީ ވެސް އޭގެ ހެއްކެކެވެ. ފުރަތަމަ ބެންޗުން އަރާ ކުޅުންތެރިއެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކާތީ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ދިނީ އެވެ.

ސާންތީ ބުނީ އޭނަ އަކީ އެ ގޮތަށް ރަށްރަށުން ލިބޭ ރަނގަޅު ކުޅުންތެރިން ދޫކޮށްލާ މީހެއް ނޫން ކަމަށާއި އެ ކުޅުންތެރިއަކު ކުރިއަށްދާން ހުރި މިންވަރަކުން ފުރުސަތު ފަހިކޮށްދޭނެ ކޯޗެއް ކަމަށެވެ.

"އަޅުގަނޑުމެން ތިން ހަތަރު ކުޅުންތެރިއަކު މިހާރު ވެސް ހަމަ އެބަ ބަަލަން. ވާގޮތަކީ އަޅުގަނޑަކީ ޔޫތު ވަރަށް ޒުވާން ކުޅުންތެރިންނަށް އިސްކަންދޭ މީހެއް އެހެންވީމަ ގިނަ ފަރާތްތަކުން ރަށްރަށުން ގުޅާފައި މިރަށުގައި މިވެނި ކުއްޖެއް އެބަހުއްޓޭ ބުނޭ. ދެން އަޅުގަނޑަކީ އެ ގޮތަށް ފުރުސަތެއް ލިބިއްޖިއްޔާ ދޫކޮށްލާ މީހެއް ނޫން. އަޅުގަނޑު އެ ކުޅުންތެރިއަކު ގެންނާނަން. ގެނެސްފައި ބަލާފައި ރަނގަޅިއްޔާ އެ ކުޅުންތެރިޔާ ބޭނުންކުރާނަން،" ދާދި ފަހުން ބ. އޭދަފުށީ ޓީމުގެ ކޯޗަކަށް ވެސް މަަސައްކަތްތަކެއް ކުރި ސާންތީ ބުންޏެވެ.

"މި ކަހަލަ ފުރުސަތުތަކެއް ހުރީމަ މި ޓާގެޓް ކުރަނީ މަދުވެގެން 10 ވަރަަކަށް ކުޅުންތެރިން އަތޮޅު ތެރެއިން ހޯދަން. ދެން 10 އަކަށް ޓާގެޓް ކޮށްފިއްޔާ އަޅުގަނޑު ބޭނުންވާވަރު ލިބޭނީ ފަހެއް ވަރު. އެހެންވީމަ އެ މަަސައްކަތް ވެސް ކުރަމުން މިދަނީ."

ފުރަތަމަ ޑިވިޝަނުގައި މިހާތަނަށް ޔުނައިޓެޑް ވިކްޓްރީ ގޮވައިގެން އެންމެ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވަނީ ވެލެންސިއާގައި މިހާރު ހުރި ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. އާތީގެ ކޯޗުކަމުގައި ޔުނައިޓެޑް ވިކްޓްރީން ވަނީ 2016 ވަނަ އަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނި އެ ފަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރުނެވެ.

އާތީ ބުނީ އޭނާގެ ނަޒަރުގައި ޔުނައިޓެޑް ވިކްޓްރީ އަކީ މެނޭޖްމަންޓަށް ބަލާއިރު ވަރަށް ހަމަޖެހިލައިގެން މަސައްކަތްކުރެވިދާނެ ބައެއް ކަމަށާއި ސާންތީ ބޭނުންވާ ކަންތައް އެ ޓީމުގައި ހާސިލްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ސާންތީ އަކީ ފުޓްބޯޅައިގެ އެކި މަސައްކަތްތައް އެކުގައި ކޮށްފައިވާ މީހެއް ކަމަށާއި އޭނާއާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އާތީ ބުންޏެވެ.

"ސާންތީ ކޯޗާ އެކު ޔުނައިޓެޑް ވިކްޓްރީ އަށް މަސައްކަތް ކުރެވިއްޖެ ކަމަށް ވެއްޖިއްޔާމު ހަމަ ރަނގަޅު ޓީމެއް ބިލްޑް ކުރެވޭނެ. އީގަލްސް އެ އިނީ ބިލްޑްވެފައި. އެހެން ގޮސް ޖޫނިއާ ޓީމުތައް ވެސް ފެނިއްޖެ ބިލްޑް ވި ތަން. އަނެއްކާ މިހާރުގެ ރިޒަލްޓަށް ބަލާއިރު ގަބޫލުކުރަންޖެހޭ ރިޒަލްޓެއް އެ ފެންނަނީ،" އާތީ ބުންޏެވެ.

"ފުރަތަމަ ކަމަކީ ކަމަކާ ހަވާލުވެ ކޮންފިޑެންސެއް ނޫނީ ޑްރީމެއް އޮތުން ދެން އެ އަށް ވޯކްކުރުން. އެހެންވެއްޖިއްޔާ ފުޓްބޯޅަ ވިޔަސް ނޫނީ އެހެންކަމެއް ލައިފްގައި ވިޔަސް އެޗީވްކުރަން މަސައްކަތް ކޮށްފިއްޔާ އެއީ ކުރެވޭނެ ކަމެއް."

އެނގިފައިވާ ގޮތުގައި ސާންތީ ޔުނައިޓެޑް ވިކްޓްރީގައި މަޑުކުރަން ނިންމީ އީގަލްސް އިން މި ސީޒަނުގައި ކޯޗުން ބަދަލުވިއިރު، އެ ކްލަބާ ގުޅެން ހުށަހެޅުމެއް ލިބިފައިވަނިކޮށެވެ. ސާންތީއާ އެކު ޔުނައިޓެޑް ވިކްޓްރީން ދުރުރާސްތާ އަށް ވިސްނައިފިނަމަ މިހާތަނަށް ފެނުނު މަންޒަރުތަކަށް ބަލާއިރު ރަނގަޅު ނަތީޖާތަކެއް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ނެރެވިދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox