ޕެންޝަނަށް ބޮޑެތި ބަދަލުތައް ގެންނަ އިސްލާހު އަނބުރާ ނަގައިފި

ރާއްޖޭގެ ރަށެއްގެ މަގެއްގައި އުމުރުން ދުވަސްވީ ބަޔަކު މަޑުކޮށްލައިގެން: ޕެންޝަނާބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ދަނީ ވިސްނަމުން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގެ ރަށެއްގެ މަގެއްގައި އުމުރުން ދުވަސްވީ ބަޔަކު މަޑުކޮށްލައިގެން: ޕެންޝަނާބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ދަނީ ވިސްނަމުން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ވަކި އިދާރާތަކުން ދޭ ޕެންޝަން ހުއްޓުމަކަށް ގެނައުން ފަދަ ބޮޑެތި ބަދަލުތަކެއް ގެންނަ ގޮތަށް ޕެންޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް އަނބުރާ ގެންގޮސްފި އެވެ.

ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ބިލުގައިވަނީ ދައުލަތުގެ ވަޒީފާތަކުގައި އުޅެ ރިޓަޔާކުރާ މީހުންނަށް އެ މީހުން އަދާކުރި ވަޒީފާއަށް ބަލައި އެ އިދާރާއަކުން ތަފާތު މިންގަނޑުތަކުން ދެމުން އަންނަ ޕެންޝަންތައް އުވާލުމަށެވެ.

ނަމަވެސް، އެކި މަގާމުތަކުގައި އުޅުމަށް ފަހު ރިޓަޔާވާ މީހުންނަށް އެ މީހުން އަދާކުރި މަގާމާ ގުޅޭ ގޮތުންް ތަފާތުވާ ގޮތުގައި ދޭ ޕެންޝަަންތައް ކަނޑާލުމުގައި ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުން އިސްތިސްނާވާނެކަމަށް ބިލުގައިވެ އެވެ.

އަދި ދައުލަތުގެ މަގާމެއް އަދާކުރުމަށް ފަހު ރިޓަޔާކޮށްފައިވާ މީހަކު އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރާ މަގާމަކަށް އަންނަ ހިސާބުން ފެށިގެން، އޭނާއަށް ޕެންޝަން ލިބުނުން ހުއްޓޭ ގޮތަށް ހިމަނާފައިވުމަކީ ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅި އެންމެ ފާހަގަކޮށްލެވޭ އިސްލާހެވެ.

ފާޑުކިޔުން ބޮޑު

އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި އިދިކޮޅު މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއިރު، އެމްޑީޕީ ބައެއް މެމްބަރުން ވެސް ވަނީ އެ ބިލާމެދު ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ޕެންޝަނަރުންނަކީ ރާއްޖެ މިހާރު މިއޮތް ހިސާބަށް ގެނައުމުގައި ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ކަަމަށެވެ. ނަމަވެސް، މިއަދު އެންމެ ނިކަމެތި ބަޔަކަށް ވެފައި ވަނީ އެ މީހުން ކަމަށް ވިދާޅުވި އެވެ.

fff
fff

ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން މަޖިލީހުގެ ޖަލްސާއެއް ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހާރޫނު ވިދާޅުވީ އެ ބިލުގައި އޮތީ ވަކި ބަޔަކަށް އިނާޔާތްދޭން ކަމަށާއި އޭގައި ހަމަހަމަކަމެއް ނެތް ކަމަށެވެ.

މިގޮތުން، ކަސްޓަމްސް ސާވިސްއަކީ ސަލާމަތީ ހިދުމަތެއް ކަމަށްވާއިރު، ފުލުހުންނާއި ސިފައިންނާއެކު އެ މުއައްސަސާ އިސްތިސްނާކޮށްފައިނުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސްގެ ވަގުތު އަދި ނުވާއިރު، އެ ބިލު ސަރުކާރުން އަނބުރާ ގެންގޮސްފައިވާކަމަށް މެމްބަރު ޝިޔާން ވަނީ ޔަގީންކޮށް ދެއްވައިފަ އެވެ.

"ސަރުކާރުން އޭޖީ އޮފީސް މެދުވެރިކޮށް ނޫންތޯ ބިލުތައް ހުށަހަޅަނީ. ސަރުކާރުން އެދުނީ އެ ބިލު ނަގައިދޭން،" ޝިޔާން މިއަދު "އަދަދު"އަށް ވިދާޅުވި އެވެ.

ނަމަވެސް، ބިލު އަނބުރާ ނެގި ސީދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ޝިޔާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox