އިންޑިއާ ޓޫރިސްޓުން މީހުން ދިރިއުޅޭ ރަށްރަށް ދިއުން މަނާކޮށްފި

ތުލުސްދޫގައި ފަތުރުވެރިންތަކެއް: އިންޑިއާ ޓޫރިސްޓުންނަށް ގެސްޓުހައުސްތައް ވަނީ މަނާކޮށްފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ތުލުސްދޫގައި ފަތުރުވެރިންތަކެއް: އިންޑިއާ ޓޫރިސްޓުންނަށް ގެސްޓުހައުސްތައް ވަނީ މަނާކޮށްފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެން، އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ގެސްޓުހައުސްތަކާއި ސިޓީ ހޮޓާތަކުގައި ނުތިބެވޭ ގޮތަށް ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.

މިގޮތުން، މިމަހުގެ މެދު ތެރެއިން ފެށިގެން އިންޑިއާގައި ކޮންމެ ދުވަހަކު ވެސް 200،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ. މި ހަފްތާގައި އެ އަދަދު ވަނީ 300،000 އަށް ވުރެ މަތިވެފަ އެވެ. ކޭސްތަކާއެކު މަރުވާ މީހުންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.

އެއާއެކު ރާއްޖޭން ވަނީ ޓޫރިސްޓުންގެ ގޮތުގައި އަންނަ މީހުން ފިޔަވައި، އިންޑިއާއިން އަންނަ އެހެން މީހުން ގޭގައި ކަރަންޓީނުވުމަށް އަންގައިފަ އެވެ.

ނަމަވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ރާއްޖެއަށް އިންޑިއާއިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.

މިގޮތުން، ކޮވިޑު ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، އިންޑިއާއިން އަންނަ ހުރިހާ މީހުން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް އޮންނަންޖެހޭ ގޮތަށް ހަދައިފަ އެވެ.

އޭގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ މީހުން ހިމެނޭނެ އެވެ.

އަދި ކޮވިޑު ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއެކު ކުރިން އޮތް ގޮތަށް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭނެ އެވެ.

އަދި މިފަދަ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވްވުމުން ކަމަށް ވެސް އުސޫލު މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

އިންޑިއާ ޓޫރިސްޓުންނަށް ވަރުގަދަ ފިޔަވަޅުތަކެއް

ނަމަވެސް، މިއަދު އިންޑިއާއަށް ހަރުކަށި ކުރި ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ވަރުގަދަ ފިޔަވަޅެއް އަޅާފައިވަނީ އެގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންނަށެވެ.

މިގޮތުން، އަންނަ އަންގާރަ ދުވަހުން ފެށިގެން އިންޑިއާއިން އަންނަ ފަތުރުވެރިން ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާ ތަކުގައި ނުތިބެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ތެރެއިން އިސްތިސްނާވަނީ މީހުން ދިރިއުޅޭތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް އެކަންޏެވެ.

އަދި މި ފިޔަވަޅުގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިން ހިމެނޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ނަމަވެސް މިހާރު ގެސްޓުހައުސްތަކަށް ޗެކްއިން ވެފައި ތިބި އިންޑިއާއިން ދަތުރުކޮށްފައިވާ ފަތުރުވެރީންނަށް ބުކިން ހަދާފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށް އުސޫލުގައިވެ އެވެ.

މީގެ އިތުރުން، އިންޑިއާއިން އަންނަ ފަތުރުވެރިން ރާއްޖޭން ފުރުމުގެ ކުރިން ޑިޕާޗާ ޕީސީއާރު ޓެސްޓެއް ހަދަން ވެސް އާ އުސޫލުގައި ވަނީ ލާޒިމުކޮށްފަ އެވެ.

ކޮވިޑާ ގުޅޭ ގޮތުން ބޯޑަރު ބަންދު ކުރުމަށްފަހު، އަލުން ހުޅުވާލިފަހުން އެންމެ ގިނައިން ރާއްޖެއަށް އަންނަމުން ދަނީ އިންޑިއާ ޓޫރިސްޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox