ޝިފާ އާއި އަކްރަމްގެ ބަހުގެ ހަމަލަތަކުން މާލެ ރައީސްގެ ގޮނޑި "ހޫނުވެއްޖެ"!

ޝިފާ އާއި އަކްރަމް: މާލެ ދާއިރާއަށް ދެ ބޭފުޅުން ކުރިމަތިލައްވައި މާލެ ދާއިރާ ރައީސްގެ ވާދަވެރިކަން ވަނީ ބޮޑުވެފައި.

ޝިފާ އާއި އަކްރަމް: މާލެ ދާއިރާއަށް ދެ ބޭފުޅުން ކުރިމަތިލައްވައި މާލެ ދާއިރާ ރައީސްގެ ވާދަވެރިކަން ވަނީ ބޮޑުވެފައި.

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މާލެ ދާއިރާގެ ރައީސަކަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި މާލެ ދާއިރާގެ ރައީސަކަށް މިހާރު ވެސް ހުންނެވި އަކްރަމް ކަމާލުއްދީން ކުރިމަތިލައްވަން ނިންމަވައި ވާދަވެރިކަން ބޮޑުވެ، ބަހުގެ ހަމަލާތައް އަމާޒުވެއްޖެ އެވެ.

އިންތިހާބުގައި ޝިފާ ވާދަކުރައްވަން ނިންމެވުމާ އެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ޝިފާއަށް ތާއީދު އޮތް ކަން ސޯޝަލްމީޑިއާގައި ހާމަކުރެއްވި އެވެ. އޭގެތެރޭގައި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އެތެރޭގެ އިންތިހާބުގައި ލީޑަޝިޕުން ވަކި ބޭފުޅަކަށް ތާއީދުއޮތް ކަން ފާޅުގައި ހާމަކުރުމަކީ އިންސާފުން އެއްކިބާވުން ކަމުގެ ކަންބޮޑުވުން ބައެއް އާއްމު މެމްބަރުން ފާޅުކުރަމުން ދަނިކޮށް، މާލެ ދާއިރާގެ ގޮނޑި ކަށަވަރު ކުރައްވަން އަކްރަމް ނުކުންނެވުމުން ފެށުނީ މުޅިން އެހެން ބަހުސެކެވެ.

އަކްރަމަށް ތުހުމަތު އަމާޒުވީ، މާލެ ދާއިރާގެ ރައީސްކަމުގައި ހުންނަވައިގެން ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގެއްލުމުގެ ޒިންމާ އޭނާ ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އަކްރަމް ވިދާޅުވަނީ އޭނާ ކެމްޕޭނުން "އެކަހެރިކޮށް، ފުރުސަތު ނުދިން" ކަމަށެވެ.

ނިމިދިޔަ އިންތިހާބާ ހަމައަށް، މާލޭގެ ސިޓީ ކައުންސިލްގެ ސާފު އަގުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ. އެކަމަކު މި އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ލީޑަޝިޕަށް ދިން ވަރުގަދަ މެސެޖަކުން މާލޭގެ މޭޔަރުގެ ގޮނޑިއާ އެކު އަގުލަބިއްޔަތު ދިނީ ޕީޕީއެމަށެވެ.

މި މާޔޫސްކަމުން އަރައިނުގަނެވި ޕާޓީ ތެރޭގައި ބަހުގެ އަރައިރުންތަކެއް ދަނިކޮށް ފެށުނު ގައުމީ މަޖިލީހުގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސްގެ ގޮނޑި ޕާޓީއަށް ވަރަށް މުހިއްމެވެ. އެއް ކަމަކަމަށް، މާލެ ދާއިރާގެ ރައީސަކީ، ޝަކުވާތައް ބޮނޑިކޮށްގެން ހިތްހަމަނުޖެހިފައި ތިބި އެ ދާއިރާގެ މެމްބަރުންނާއި ޕާޓީއާ އާއި ސަރުކާރާ ގުޅުން ބަދަހިކޮށްދެވޭނެ މީހަކަށް ވުމެވެ.

އެ ބަދަލުގައި އަކްރަމް "ފެއިލްވެވަޑައިގެންފައިވާ" ކަމަށް ޝިފާ ވިދާޅުވުމުން އަކްރަމް ދައްކަވަނީ ޕާޓީގެ ލީޑަޝިޕްގެ މައްސަލަތަކެވެ. އަދި ވަކި ބަޔަކު ހޮވަން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވާ ކަމުގެ ތުހުމަތާ އެކު ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ.

ޝިފާ ދެކެވަޑައިގަންނަވާ ގޮތުގައި މާލެ ދާއިރާ ބަދަލުވާން ޖެހޭ

ޝިފާ "އަދަދު"އަށް ވިދާޅުވީ އެމްޑީޕީގެ އޮނިގަނޑު ރޭވިފައި އޮންނަ ގޮތުން އިންތިހާބުތަކުގައި ޕާޓީއަށް ކާމިޔާބީ ހޯދައިދޭން ދާއިރާ ރައީސުންގެ ވެސް ޒިންމާއެއް އޮންނަ ކަމަށެވެ. ދާއިރާގެ ކަންބޮޑުވުންތައް ޕާޓީގެ ލީޑަޝިޕާ ހަމައަށް ގެންގޮސް ހައްލު ހޯދައިދިނުމާއި ގުޅުން ބަދަހިކޮށް ބޭއްވުމަކީ އެ ރައީސެއްގެ ވަރަށް ބޮޑު ޒިންމާއަކަށްވާ އިރު މި އިންތިހާބުގައި އެކަން ނުފެނުނު ކަމަށް ވިދާޅުވި އެވެ.

"މާލެ ގެއްލުމުގައި ހަގީގަތުގައި ދާއިރާ ރައީސްގެ ވެސް ޒިންމާ ނެތެކޭ ނުދެންނެވޭނެ، އެއީ ދާއިރާގެ މަސްއޫލިއްޔަތުތަކެއް ދީފައި ހުންނާތީ،" ނުސީދާކޮށް އަކްރަމަށް ރައްދު ދެއްވަމުން ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި އޭނާ މަސައްކަތްކުރަމުން އަންނަނީ ފެށުނީއްސުރެން ވެސް އެމްޑީޕީގެ ކަންކަމުގައި ނުކުމެ ގްރާސްރޫޓާ އެކުގަ އެވެ. މި އިންތިހާބުގައި ޕާޓީއަށް މާލެ ގެއްލުނު ފިލާވަޅުން ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށާއި މުހިއްމު އެއް ކަމަކީ ޕާޓީއަށް އިހްލާސްތެރި މީހުންނަށް ޖާގަ ދިނުން ކަމަށް ވިދާޅުވި އެވެ.

ޕާޓީގައި އުޅޭތާ އެއް އަހަރުވީ މީހުންނަށް މަގާމްތަކަށް ކުރިމަތިލެވޭ ގޮތަށް އޮތުން ފަދަ ގައުމީ ހިންގާ ކޮމިޓީން ރޭ ގެނައި ބަދަލުތަކާ މެދު ޝިފާ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް، ޕާޓީއާ ގުޅޭ މީހުންނަށް އޮތް ފުރުސަތު ބަންދުވެ، ޕާޓީގެ މެމްބަރުންނަށް ޖާގަ ކަށަވަރުވެގެންދާނެ އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުންނާ ގުޅިގެން ނުކުމެ ޕާޓީގެ ގުޅުން ބަދަހިކުރެވޭނީ އިހްލާސްތެރި ފަރާތްތަކަށެވެ.

އަކްރަމްގެ ހިތްހަމަނުޖެހުން: ބޭނުންވަނީ ވަކި ބަޔަކު ހޮވަން

މާލެ ދާއިރާ އެމްޑީޕީއަށް ގެއްލުމުގައި އޭނާގެ ޒިންމާއެއް އޮތް ކަމަށް ކުރާ ތުހުމަތުތަކުން އަކްރަމް ދިފާއުވެވަޑައިގެން ދެއްކެވީ އެމްޑީޕީގެ ލީޑަޝިޕްގައި ހުރި މައްސަލަތަކެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އޭނާ ހުންނެވީ ވަރަށް ބޮޑަށް އެކަހެރިކޮށްފައި ކަމަށެވެ. އަމަލީ ގޮތުން އުޅުއްވުމުގެ ފުރުސަތަށް އެދިވަޑައިގަތުމުން އެކަމަށް އިއުތިރާޒް ކުރައްވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ފުރުސަތު ނުދެއްވީ ކަމުގެ ތުހުމަތު ކުރެއްވި އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދިޔައީ އެމްޑީޕީގެ އެހެން އިންތިހާބުތަކާ ހިލާފަށް ކަމަށާއި އާއްމު މެމްބަރުންނާ ހަމައަށް މެސެޖް ފޯރުކޯށްނުދެވޭ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ދެން ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވަކި މެމްބަރުންތަކެއް ހޮވަން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން އިންތިހާބަށް ޝަރުތުތައް ކަނޑައެޅިއިރު ވެސް ވަކި ބަޔަކަށް ކުރިމަތިލެވޭ ގޮތަށް އަދި އަނެއް ބަޔަކު ކަޓުވާލެވޭ ގޮތަށް ގަރާރު ހުށަހަޅާފައިވާ ކަމުގެ ކަންބޮޑުވުން އަކްރަމް ފާޅުކުރެއްވި އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ފާސްކުރި ގަރާރުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ހިމެނިއިރު ކޮރަޕްޝަންގެ ތުހުމަތު ކުރެވި މައްސަލަ އޭސީސީއަށް ފޮނުވާފައިވާ މީހުންނަށް ވާދަ ކުރެވެންވީ ކީއްވެތޯ އަކްރަމް ސުވާލު އުފެއްދެވި އެވެ. އަކްރަމް އެ އިޝާރާތް ކުރެއްވީ އޭސީސީން ތަހުގީގުކުރި ޝިފާއަށް ތުހުމަތުކުރި ހިޔާނާތުގެ މައްސަލައަށެވެ. އެ މައްސަލައިގައި ދައުވާނުކުރަން ނިންމައި ޕީޖީން ވަނީ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އޭސީސީން ނެރުނު ރިޕޯޓުގައި އެސްއޯއެފްގެ އެކައުންޓުން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީގެ ތަހުގީގީ ރިޕޯޓުން އެނގެ އެވެ. އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން އޮތީ ނިންމައިފަ އެވެ.

އަކްރަމް މިއަދު ވެސް ވިދާޅުވީ އެއީ ހިންގެވި ޑޮލަރުގެ މުއާމަލާތުގެ ފައިސާ ކަމަށެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ނަޝީދުގެ ވިސްނުންފުޅަކީ ބަރުލަމާނީއަށް ތާއީދުނުކުރާ މީހެއް ނަމަ އިންތިހާބުން ފުރުސަތު ގެއްލުވާލުމެވެ. އެކަމަކު އަޅުގަނޑު ނަޝީދަށް ދަންނަވާލަން ބޭނުން ވަނީ "ބޭހާއި ނުކުޅޭތި ބަޑި، ނޭނގި ހުއްޓައި އަނދައިދާނެ، ގޭމަކޮޔާ ފިހިދާނެ" ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދުގެ ބަރުލަމާނީ ވިސްނުންފުޅަށް ތާއީދެއް ނުކުރައްވާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތައް އެތައް ގުނައެއް ރަނގަޅު ކަމަށާއި ގައުމުގެ ހަމަޖެހުމަށް އެމަނިކުފާނުގެ ދެ ވަނަ ދައުރެއް މި ގައުމަށް މުހިއްމު ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެއީ، އަކްރަމް ވިދާޅުވި ގޮތުގައި، އެންމެ ގޮވައިގެން އުޅެން އެނގިވަޑައިގަންނަވާތީއާ ހަސަދަވެރިކަމާއި ނަފްރަތު ކުރިއަށް ނުނެރުއްވާތީ އެވެ.

އިންތިހާބުގައި، ނަޝީދު ޝިފާއަށް ތާއީދު ކުރެއްވުމާއި އަކްރަމަށް ރައީސް ސޯލިހާ އެކުގައި ހުންނެވިކަން ހާމަކުރުމުން އެ ގޮނޑީގެ ވާދަވެރިކަން އޮތް މިންވަރު އެނގެ އެވެ. އެއާއެކު މި ގޮނޑި ގޮސް ފިތެނީ ވަރުގަދަވަމުން އަންނަ ބަރުލަމާނީ ކޯޅުމުގެ ތެރޭގައި ކަން ސާފެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox